27 އޭޕުރިލް 2017 | ބުރާސްފަތި | ބުރުނު 6 | 1 ޝައުބާން 1438 | ފަތިސް: 04:41

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ: އެމްޕީ ފައްޔާޒް

  • އިރާދަ ކުރެއްވިއްޔާ ވަރަށް އަވަހަށް ވެރިކަން ބަދަލުވާނެ
  • މިހާރު ވެރިކަމުގައި ތިބި ފަރާތްތަކާ މެދު ފިޔަވަޅު އަޅާނަން
  • ގިނަ ބަޔަކު ގަދަކަމުން ޕީޕީއެމަށް ވައްދައި، ވަޒީފާގެ ބިރުދައްކައިގެން ތިބިކަން އެނގޭ

| | | raajje.mv | |ލ. ގަމުގައި އެމްޑީޕީން ބޭއްވި ޖަލްސާގައި އެމްޕީ ފައްޔާޒް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ:ރާއްޖެ އެމްވީ

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައަށް ބޭނުންވާ 42 ވޯޓު ހަމަވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެއެވެ.


ފައްޔާޒް ވިދާޅުވީ، ރޯލްކޯލަކަސް އެހެން ކޯލަކަސް، ހަށިގަނޑުގެ ކޮންމެ ގުނަވަނެއް ބޭނުންކޮށްގެން ނަގާ ވޯޓަކަސް މި ވޯޓު މިފަހަރު ކާމިޔާބު ކުރައްވާނެ ކަމަށެވެ.

ފައްޔާޒް މިހެން ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަ ކުރާ އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ލ.ގަމުގައި ބުދަ ދުވަހުގެރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ފައްޔާޒު ވިދާޅުވީ ވޯޓެއް ކުރިމަތިވީމާ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައިގެން ވޯޓު ހޯދަން އެމްޑީޕީން މަސައްކަތް ނުކުރާނެ ކަމަށާއި، އެމްޑީޕީއަކީ އިޤްތިޞާދީ ކަންކަން ކުރިޔަށް ގެންދާނޭ ގޮތް އެނގޭ ޕާޓީއެއް ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ވެރިކަމާ ހަވާލުވެ، ގައުމަށް ގެންނަންވާ އިޤްތިޞާދީ ކުރިއެރުން ގެނެސް މިހާރު ވެރިކަމުގައި ތިބި ފަރާތްތަކާ މެދު ފިޔަވަޅުއަޅާނޭ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.

“އަޅުގަނޑުމެންނަށް އިނގޭ އިޤްތިޞާދީ ކަންކަން ކުރިޔަށް ގެންދާނޭ ގޮތް. އަޅުގަނޑުމެންނެއް ނޫޅެން އެއް ދުވަހު ކާބޯތަކެތީގެ އަގުބޮޑުކޮށްފަ ވޯޓެއް އައިމާ އަނެއްކާ އެ އަގުކުޑަކޮށްލާފާ، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާލައިގެންނެއް ކޮންމެހެން އޮޅުވާލައިގެން މިކަންކަން ކުރާކަށް. ވަރަށް ސާފުކޮށް މި ދަންނަވަނީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅަށް އިނގޭ އިޤްތިޞާދު ހިންގަން”. ފައްޔާޒު ވިދާޅުވިއެވެ.

އެމްޑީޕީގެ ލީޑަރޝިޕްގެ ގިނަ އަދަދެއްގެ ބޭފުޅުންނާއި، ގަމު ދާއިރާގެ ގިނަ އަދަދެއްގެ އާންމު މެންބަރުން ބައިވެރިވި މި ޖަލްސާގައި ފައްޔާޒު ވިދާޅުވީ ލ. އަތޮޅުގެ ވެސް އަދި ދިވެހިރާއްޖޭގެ އެތައް ތަނެއްގެ ރައްޔިތުން ވެސް ގަދަކަމުން ޕީޕީއެމަށް ވައްދައި، ވަޒީފާގެ ބިރުދައްކައިގެން ތިބިކަން އެނގިވަޑައިގަންނަވާ ކަމަށާއި، ކަނޑާލާ ކޮންމެ ވަޒީފާއަކަށް އެމްޑީޕީން ވެރިކަމާ ހަވާލުވުމަށްފަހު 10 ވަޒީފާ އުފައްދާނޭ ކަމަށެވެ.

އެންމެ ފަހުގެ
ކޮމެންޓް