17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

ގދ.ފިޔޯރީ އިންޖީނުގޭގައި ރޯވެ މީހަކު މަރުވެއްޖެ

  • ފިޔޯރީ އިންޖީނުގޭގައި ރޯވި ސަބަބެއް ނޭނގޭ
  • މަރުވީ ޗިޗަންޑާގޭ، ނާޒިދު އަބްދުﷲ
  • ރޯވި އަލިފާންގަނޑު ވަނީ ނިއްވާލާފައި

| | 21 އޭޕުރިލް 2017 | ހުކުރު 13:32 | RiznaZareer | |ފިޔޯރީ އިންޖީނުގޭގައި އަލިފާން ރޯވެ މުޅިން އަނދާފައި -- ފޮޓޯ:ރާއްޖެ އެމްވީ

ގދ.ފިޔޯރީ އިންޖީނުގޭގައި ރޯވެ މީހަކު މަރުވެއްޖެ އެވެ. 

 

ރާއްޖެއެމްވީއާއި ވާހަކަދައްކަވަމުން ކައުންސިލް މެމްބަރު ސައީދު މުހައްމަދު ވިދާޅުވީ  މިހާދިސާ ހިނގާފައިވަނީ ހުކުރު ވަގުތު ކަމަށާއި މި ހާދިސާގައި ނިޔާވީ އިންޖީނުގޭގެ ޑިއުޓީއަށް އެރަށު ޗިޗަންޑާގޭ އުމުރުން 26 އަހަރުގެ ނާޒިދު އަބްދުﷲ ކަމަށެވެ 

 

"ހާދިސާ ހިނގި ސަބަބެއް ނޭނގޭ. ހުކުރަށް ތިއްބަވައި، ވަރަށް ބާރު އަޑުފައްގަނޑުތަކެއް އުވުނީ. ހުކުރު މީހުން ދިޔައިރު ހުރީ އަލިފާން ރޯވެފައި. އަލިފާންގަނޑު ތެރޭގައި ނާޒިދު އޮތީ،" ސައީދު ވިދާޅުވި އެވެ. 

 

ރޯވި އަލިފާންގަނޑު މިހާރު ނިއްވާލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ނާޒިދުގެ ހަށިގަނޑު މިހާރު އޮތީ ސިއްހީ މަރުކަޒަށް ގެންގޮސްފައި ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. 

 

ސައީދު ވިދާޅުވީ އެ ރަށުގައި ހަމައެކަނި ހުރީ އެންމެ ޖަނަރޭޓަރެއް ކަމަށާއި، އެ ޖަނަރޭޓަރު ގޮވުމުން، އެ ރަށުން ކަރަންޓް ކެނޑިފައިވާ ކަމަށެވެ. 

 

"މިރޭ ވެސް ކަރަންޓް ލިބޭނެ ކަމެއް ނޭނގޭ، އެންމެ ޖަނަރޭޓަރެއް ހުރިއިރު އެ ޖަނަރޭޓަރު މިވަނީ ގޮވާފައި. މިރޭ ވެސް ތިބެންޖެހޭނީ ކަނު އަނދިރީގައި،" އޭނާ ވިދާޅުވި އެވެ. 

 

އިންޖީނުގޭގައި ރޯވި މައްސަލަ ފުލުހުން ދަނީ ތަހްގީގުކުރަމުންނެވެ. 


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް