27 އޭޕުރިލް 2017 | ބުރާސްފަތި | ބުރުނު 6 | 1 ޝައުބާން 1438 | ފަތިސް: 04:41

ގާސިމް ހައްޔަރުކުރީ ރާއްޖޭގެ ހަމަޖެހުން ނަގާލުމަށް: ނަޝީދު

  • ގާސިމް ހައްޔަރު ކުރީ އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަން ގެއްލުވާލުމަށް

| | | thahavahyd | |



ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ:ރާއްޖެ އެމްވީ

ޖުމްހޫރީ ޕާޓީގެ ލީޑަރު  ގާސިމް އިބްރާހީމް އަނެއްކާވެސް ހައްޔަރު ކުރީ އިންޑިއާ ކަނޑުގެ ސުލްހަ މަސަލަސްކަން ގެއްލުވާލާ ރާއްޖޭގެ ހަމަޖެނުހުން  އުފެއްދުމަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.  

ނަޝީދު މިހެން ވިދާޅުވީ އެމަނިކުފާނު ހުކުރު ދުވަހުގައި ކުރެއްވި ޓްވީޓެއްގައެވެ. 

ގާސިމް މިމަހުގެ ހަވަނަ ދުވަހުވެސް ފުލުހުން ހައްޔަރު ކުރުމާއި ގުޅިގެން ނަޝީދު ވަނީ  ހައްޔަރުކޮށް އެހެން ބެހެއްޓުމަކީ، އޭނާއަށް ދެވޭ ވަރަށް ބޮޑު އަނިޔާއެއް ކަމަށާއި މިއީ ލަދުވެތިކަމެއް ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ.

ނަޝީދު ވިދާޅުވެފައިވަނީ، ގާސިމް އަކީ ރާއްޖޭގެ މިނިސްޓަރުކަން ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެމަނިކުފާނަކީ އެހީ ބޭނުންވާ ފަރާތްތަކަށް ގިނަ ގުނަ އެހީތެރިކަން ފޯރުކޮށްދެއްވަމުން ގެންދަވާ ބޭފުޅެއް ކަމަށް ނަޝީދު  ވަނީ ވިދާޅުވެފައެވެ.

ޤާސިމް ހައްޔަރުކުމަށް ނެރިފައިވާ ކޯޓު އަމުރުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ނަިއބް ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ވެއްދުމަށް 42 މެމްބަރުންގެ ސޮއި ހޯދުމަށް ޤާސިމް އިބްރާހިމް މަޖިލީހުގެ އެކި މެމްބަރުންނަށް ނުފޫޒު ފޯރުވަމުންގެންދާކަމަށެވެ. އަދި ޤާސިމް އިބްރާހިމް ޤާނޫނާއި ހިލާފަށް މަސައްކަތްތަކެއް ކުރާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުއްބާރީ ޔޫސުފް ސޮއިކުރެއްވާފައިވާ ކޯޓު އަމުރުގައި އިތުރަށް ބުނެފައިވަނީ، ރާއްޖޭގެ ސަލާމަތީ ބާރުތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި، ފަނޑިޔާރުންނަށް ނުފޫޒު ފޯރުމަށް ޤާސިމް އިބްރާހިމް މަސައްކަތްކުރައްވާކަމަށް ތުހުމަތުކުރެވޭ ކަމަށެވެ. އަދި ރައްޔިތުންގެ މެދުގައި ފިތުނައާއި، ބިރުވެރިކަން އުފެއްދުމަށް މަސައްކަތްކުރަމުންދާކަމަށް ތުހުމަތުކުރެވޭތީ އާއި، ޤާސިމް އިބްރާހިމް އިސްވެ ހުންނައިގެން މ. ކުނޫޒުގައި ސިލްސިލާކޮށް ބާއްވަމުންދާ ޖަލްސާތަކުގައި އެކަންކަމަށް ބާރު ލިބޭގޮތަށް ވާހަކަދައްކަވަމުންގެންދަވާކަމަށެވެ.

ކޯޓު އަމުރުގައި ބުނެފައިވަނީ، އެ މައްސަލަތަކަކީ މިހާރު ތަހުޤީޤްކުރަމުންގެންދާ މައްސަލަތަކަކަށްވާއިރު، ޤާސިމް އިބްރާހިމް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މައްސަލައިގެ ތަހުޤީގަށް ހުރަސްއެޅޭނެކަމެއް ކަމަށެވެ. އަދި ޤާސިމް އިބްރާހިމް މުޖުތަމައުއަށް ދޫކޮށްފައި ބަހައްޓިފިނަމަ ނަމަ ހެކި ފޮރުވުމަށް މަސައްކަތްކޮށް، ހެކިދޭންތިބި މީހުންނަށް ނުފޫޒު ފޯރުވުމަށް މަސައްކަތްކޮށްފާނެ ކަމަށެވެ. އޭގެއިތުރުން ޤާސިމް އިބްރާހިމް މުޖުތަމައުއަށް ދޫކޮށްފައި ބެހެއްޓުމަކީ މުޖުތަމައުގެ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.

އެންމެ ފަހުގެ
ކޮމެންޓް
ޔަޤީން

5 ދުވަަސްކުރިން

އިޞްލާޙްކުރަން ތި އުޅެނީ ކޮންކަމެއްކަން ބުނެދީބަލަ!؟

0
0
ކޮބާ

5 ދުވަަސްކުރިން

ކޮމެންޓް ލިބިއްޖެ ؟

0
0
ރ ހަސަވެރކަ

5 ދުވަަސްކުރިން

ރައީސް ވިދާޅުވީ "އަޅުގަނޑުމެންގެ ހަސަދަވެރި ދައުލަތެއް ނޯންނާނެ. އަޅުގަނޑުމެންނާއި ހަސަދަވެރިވާ ދައުލަތެއް ވެސް އޮވެގެން ނުވާނެ." ކަމަށެވެ!؟

0
0
އިސް!ހާސިލް؟

5 ދުވަަސްކުރިން

ސިޔާސީ އިދިކޮޅު ފިކުރުތަކުގެ މީހުން އެއްބައިވެގެން އުޅެނީ ޙަސަދައިގެ ސަބަބުން! ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށްކަމަށެވެ! އަދި އެކަމުގައި ރައްޔިތުންނަށް ކަމުނުދާކަމެއް އޮތްނަމަ އެކަމެއް ދޫކޮށްލައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ! ތަރައްޤީކުރައްވައި، ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުއްދަވައިދެއްވުމަށް ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅުތަކަށް އެއްވެސް ފަރާތަކުން އުނދަގޫ ކުރިމަތިނުކުރުމަށް!؟

0
0