17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގައި ހުރި އެންމެ ބޮޑު މިސްކިތަށް ޒިޔާރަތް ކުރައްވައިފި

  • ނައިބު ރައީސް ޕެންސް ޒިޔާރަތް ކުރެއްވި މިސްކިތަކީ މުޅި ދެކުނު އިރުމަތީ އޭޝިޔާގައި ވެސް ހުރި އެންމެބޮޑު މިސްކިތް

| | 21 އޭޕުރިލް 2017 | ހުކުރު 12:41 | IamAhmedAnoosh | |އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯ އާއި ވަނީ ބައްދަލު ކުރައްވާފަ -- ފޮޓޯ:ރޮއިޓާސް

އެެމެރިކާގެ ނައިބު ރައީސް އިންޑޮނީޝިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެގައުމުގައި ހުންނަ އެންމެ ބޮޑު މިސްކިތަށް ބުރާސްފަތި ދުވަހު ޒިޔާރަތް ކުރައްވައިފިއެވެ.

ނައިބު ރައީސް ޕެންސް މި ދަތުރުފުޅުގައި ވިދާޅުވެފައި ވަނީ އިންޑޮނީޝިއާ އިން މެދުމިނުގެ އިސްލާމް ދީނަށް ތަބާވާ ކަމަށާއި އެކަަމަކީ މުޅި ދުނިޔެއަށް ލިބިގެން ދާ ހިތްވަރެއް ކަމަށެވެ.

އިންޑޮނީޝިއާގެ ވެރިރަށް ޖަކާޓާގައި ހުންނަ އިސްތިގްލާލް މިސްކިތަކީ މުޅި އިންޑޮނީޝިއާ ގައިވެސް ހުންނަ އެންމެ ބޮޑު މިސްކިތަށްވާއިރު ނައިބު ރައީސް ޕެންސް ޒިޔާރަތް ކުރެއްވި މިސްކިތަކީ މުޅި ދެކުނު އިރުމަތީ އޭޝިޔާގައިވެސް ހުރި އެންމެބޮޑު މިސްކިތެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އިންޑޮނީޝިއާ އަށް ކުރައްވާ މިދަތުރުފުޅުގައި، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްލާމީ ދުނިޔެއާ ގުޅޭ ގޮތުން ދައްކަވާފައިވާ ބައެއް ވާހަަކަފުޅުތަކާއި ގުޅިގެން، އިސްލާމީ ދުނިޔެ އާއި އެމެރިކާ އާއި މެދު އުފެދިފައިވާ ނުތަނަވަސްކަމަަށް ފިނިކަމެއް ގެނައުމަށް މަސައްކަތް ކުރައްވާނެއެވެ.

އިންޑޮނީޝިއާއަކީ ދުނިޔޭގެ ހަތަރުވަނައަށް އެންމެބޮޑު ގައުމެކެވެ. އަދި އެގައުމަކީ ދުނިޔޭގެ މުސްލިމުންގެ އާބާދީ އެންމެބޮޑު ގައުމުވެސް މެއެވެ.

އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް އޭޝިއާ އަށް ކުރައްވަމުން ގެންދަވާ ދިހަ ދުވަހުގެ ދަތުރުފުޅުގައި އިންޑޮނީޝިއާ އަށް ބުރާސްފަތި ދުވަހު ވަޑައިގެން ވަނީ އެގައުމުގެ ރައީސް ޖޯކޯ ވިޑޯޑޯ އާއި ނައިބު ރައީސް ޔޫސުފް ކަލްލަ އާއި ބައްދަލު ކުރައްވައި ތަފާތު އެކި މައުޟޫތަކަށް މަޝްވަރާތައް ބާއްވަވާފައެވެ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް