16 ޖެނުއަރީ 2018 | އަންގާރަ | 11 އުތުރަހަޅަ

ފަލަސްތީނުގެ ޓްރަކް ޑްރައިވަރު ގައިގައި ތަޅައިގަތް އިޒްރޭލު ފުލުސްމީހާ ވަޒީފާއިން ވަކިކޮށްފި

  • ފުލުސް މީހާގެ ވީޑިއޯ އާންމުވުމާއެކު އިޒްރޭލުގެ ފުލުހުން ވަނީ ފުލުސް މީހާ ސަސްޕެންޑް ކޮށްފައި

| | 21 އޭޕުރިލް 2017 | ހުކުރު 12:30 | IamAhmedAnoosh | |އިޒްރޭލުގެ ފުލުހުންތަކެއް -- ފޮޓޯ:ރޮއިޓާސް

ފަލަސްތީނުގެ ޓްރަކް ޑްރައިވަރެއްގެ ގައިގައި ތަޅައިގަތް އިޒްރޭލުގެ ފުލުސް މީހާ ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

އިޒްރޭލު ފުލުހުން މިކަން ބުރާސްފަތި ދުވަހު ހާމަކޮށްފައިވާއިރު، މިދިޔަ މަހު މިހާދިސާ ހިނގީ އިޒްރޭލުން ހިފާފައިވާ އިރުމަތީ ގުދުސްގެ ވާދީ ޖޫޒްގައި ހުންނަ އިޒްރޭލުގެ ދާޚިލީ ވުޒާރާ ކައިރީގައި އޮތް ޕާކިން ޒޯނެއްގައެވެ.

ފުލުސް މީހާ ވަޒީފާ އިން ވަކިކުރުމާ ގުޅިގެން އިޒްރޭލު ފުލުހުން ނެރުނު ބަޔާނެއްގައި ބުނީ ވަޒީފާއިން ވަކިކުރަން ނިންމިކަން އެ އޮފިސަރަށް މިހާރު އަންގާފައިވާނެ ކަމަށާއި، އެ ނިންމުމަށް 14 ދުވަހުގެ ތެރޭގައި އަމަލުކުރަން ފަށާނެ ކަމަށެވެ.

އިޒްރޭލު ފުލުހުންގެ މީހާ ފަލަސްތީނު ޑްރައިވަރު މީހާ ގައިގައި ތަޅަމުންދިޔަ މަންޒަރު އެ ސަރަހައްދުގައި ހުރި ފަލަސްތީނު މީހަކު ވިޑިއޯކޮށްފައިވާ އިރު އެ ވީޑިއޯގެ ކޮޕީއެއް އިޒްރޭލުގެ ނޫސްވެރިންނަށް އޭނާ ދީ ސޯޝަލް މީޑިއާ އާންމު ކުރުމުގެ ސަބަބުން އެތައް ބަޔެއްގެ ނުރުހުން އިޒްރޭލު ފުލުސްމިހާ ގެ އަމަލަށް އަމާޒުވެގެން ދިޔައެވެ.

ފުލުސް މީހާގެ ވީޑިއޯ އާންމުވުމާއެކު އިޒްރޭލުގެ ފުލުހުން ވަނީ، ފަލަސްތީނު ޑްރައިވަރުގެ ގައިގައި ތެޅި ފުލުސް މީހާ ސަސްޕެންޑްކޮށް އޭނާ ހިންގި އަމަލު ކުށްވެރި ކޮށްފައެވެ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް