27 އޭޕުރިލް 2017 | ބުރާސްފަތި | ބުރުނު 6 | 1 ޝައުބާން 1438 | ފަތިސް: 04:41

ޔޫރޮޕާ ލީގް: އިތުރުވަގުތު ކުޅެ ރަޝްފޯޑް ލަނޑުން އަންޑަލެކްޓް ބަލިކޮށް ޔުނައިޓެޑް ކުއާޓާއަށް

  • އަންޑަލެކްޓް އަތުން ޔުނައިޓެޑް މޮޅުވީ 2-3 ގެ އެގްރިގޭޓް ނަތީޖާއަކުން
  • ޔުނައިޓެޑް މޮޅުވި ލަނޑު ކާމިޔާބުކޮށްދިނީ މާކަސް ރަޝްފަޑް

| | | MrLeevaan | |



އަންޑަލެކްޓް ކޮޅަށް ލަނޑު ޖެހުމަށްފަހު ރަޝްފޯޑް އުފާފާޅުކުރަނީ -- ފޮޓޯ:ޓުވިޓާރ

ޔޫރޮޕާ ލީގުގައި އިތުރުވަގު ކުޅެ މާކަސް ރަޝްފޯޑް ކާމިޔާބުކުރި ލަނޑުން ބެލްޖިއަމްގެ އަންޑަލެކްޓް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

 

ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗު އަންޑަލެކްޓްއާ ވާދަކޮށް ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ އިތުރުވަގުތު ކުޅެ 1-2 ގެ ނަތީޖާއަކުންނެވެ. މި ދެޓީމު ބައްދަލުކުރި ފުރަތަމަ ބައްދަލުކުރި ލެގު ނިމުނީ 1-1 ގެ ނަތީޖާއިން އެއްވަރުވެގެންނެވެ. މެޗުގައި އިތުރުވަގުތު ކުޅެން ޖެހުނީ ދެވަނަ ލެގުގެވެސް ފުރިހަމަ ވަގުތު ހަމަވިއިރު، 1-1 ގެ ނަތީޖާއިން އެއްވަރުވުމުން އެގްރިގޭޓް ނަތީޖާ 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން ނަތީޖާ ނެރުމަށެވެ.

ޔުނައިޓެޑް ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޔުނައިޓެޑުންނެވެ. މި ލަނޑު މެޗު ފެށިގެން 10 ވަނަ މިނެޓުގައި ކާމިޔާބުކުރީ މިކިތާރްޔަން އެވެ.

މި ލަނޑަށްފަހުވެސް ޔުނައިޓެޑަށް ވަނީ ލީޑު ފުޅާކުރަން ފުރުސަތުތަކެއް ލިބިފައެވެ.  އަންޑަލެކްޓް އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 32 ވަނަ މިނެޓުގައި ހަންނި ކާމިޔާބުކުރި ލަނޑުންނެވެ.

މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޔުނައިޓެޑުން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅުކޮށްފައިވާއިރު، އަންޑަލެކްޓްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ވަނީ ތަނަވަސްކޮށްފައެވެ. އެހެންނަމަވެސް އަންޑަލެކްޓްގެ ވަރުގަދަ ޑިފެންސާއެކު ޔުނައިޓެޑަށް ވަނީ ލަނޑު ޖެހުމަށް އުނދަގޫތަކާ ކުރިމަތިލާންޖެހިފައެވެ.

 

މެޗުގެ ފުރިހަމަ ވަގުތު ދެޓީމު އެއްވަރުވެގެން ނިންމާލަންޖެހުނުއިރު، ނަތިޖާ ނެރުމަށް ދެން ކުޅުނީ 15 މިނެޓުގެ ދެހާފެވެ. އެގޮތުން އިތުރުވަގުތުގެ ފުރަތަމަ ހާފްގައި ޔުނައިޓެޑުން ވަނީ މެޗުގެ ލީޑު އަނބުރާ ހޯދާފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ރަޝްފަޑްއެވެ. ރަޝްފަޑް ވަނީ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައިވެސް ލަނޑު ޖަހާފައެވެ.

 

އެންމެ ފަހުގެ
ކޮމެންޓް