23 އޮކްޓޯބަރ 2017 | ހޯމަ | 6 ހެއި

ރައީސް ޔާމިންގެ ސަރުކާރަށް ރައްޔިތުން ހޯހޯ ގޮވާ، މިި ސަރުކާރު ބަލިކުރާނަން: ރޮޒެއިނާ

  • ރައީސް ޔާމިންގެ އެންމެ އަރިހުގައި ތިއްބެވި ބޭފުޅުން މިހާރު ތިއްބެވީ އިދިކޮޅު ފަރާތްތަކާއި އެކުގައި
  • "ޔަޤީން" ބަސްވެސް އަޑު އަހަން ރައްޔިތުން ބޭނުމެއް ނުވޭ

| | | RiznaZareer | |



އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް -- ފޮޓޯ:ރާއްޖެ އެމްވީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ރައްޔިތުން ކޮށްދެންވީ ކަމަކީ އިރު އަރާތަނުން ނުކުމެ މި ސަރުކާރަށް ނޫނެކޭ ބުނެ ވޯޓްލުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެ އެވެ.

 

އެމްޑީޕީން ލ. ގަމުގައި ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ މިސަރުކާރަށް ވެސް އަދި ރައީސް ޔާމިނަށް ވެސް ޔަޤީންކަން ދޭން ބޭނުންވާ އެއް ކަމަކީ ރައީސް ޔާމިންގެ ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތް ކަން ކަމަށެވެ.

 

އެގޮތުން ރައީސް ޔާމިން ވެރިކަމަށް ވަޑައިގެންނެވި އިރު އެމަނިކުފާނުގެ އެންމެ އަރިހުގައި ތިއްބެވި ހުރިހާ ބޭފުޅުން މިހާރު ތިއްބެވީ އިދިކޮޅު ފަރާތްތަކާއި އެކުގައި ކަމަށާއި މިއީ ވެސް މިސަރުކާރަށް ތާއީދު ނެތް ކަން ހާމަކޮށް ދޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.  މިއަދު މި ސަރުކާރަށް ލ. އަތޮޅުން ވެސް ތާއީދު ނެތްކަން އެނގިގެން ހިނގައްޖެ ކަމަށާއި އެގޮތުން ރާއްޖޭގެ ތުރާކުނުން ފެށިގެން އައްޑޫއާ ހަމައަށް ތާއީދު އޮތީ އެމްޑީޕީއަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

 

މިސަރުކާރުން ބުނާ ޔާޤީން ކަންތައްތަކަށް އަލިއަޅުވާލައްވައި ވާހަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ކަރަންޓް ޔަޤީނޭ ބުނާއިރު ކަރަންޓްގެ އަގު ބޮޑުވެ ކަރަންޓްގެ ހިދުމަތް ލިބެނީ ބައި ގަޑިން ބައި ގަޑިން ކަމަށެވެ.

 

ކާޑުގެ ސަބްސިޑީސް ކަނޑާލައި ކާޑުގެ އަގު ދެގުނައަށް ބޮޑުވެފައިވާ ކަމަށާއި ބައްތި ފޯނުން ވެސް ޓެކްސް ނަގަން ފެށުމާއި މަސްވެރިންނަށް ދޭން ބުނި ބެޔަސް ނުބެޔަސް ދިހަ ހާސް ރުދިޔާ ނުލިބޭކަން ޔަޤީންވާ ކަމަށް ރޮަޒައިނާ ވިދާޅުވިއެވެ. އަދި ދަނޑުވެރިންނަށް ދޭން ބުނި އަށްހާސް ރުފިޔާ ވެސް ނުލިބޭކަން ޔަޤީން ކަމަށް ވިދާޅުވިއެވެ.

 

މީގެ އިތުރުން މިސަރުކާރުގައި ވަޒީފާގެ ބިރުވެރިކަން އޮތް ކަން ޔަޤީންވާ ކަމަށާއި ޤާނޫނު އަސާސީއާއި ޤާނޫނު ތަކާއި ހިލާފަށް އެތައް ޝަރީއަތްތަކެއް ކޮށްފައިވާ ކަން މިސަރުކާރުގެ ޔަޤީން ލިސްޓުގައި ހިމެނޭ ކަމަށް ރޮޒެއިނާ ފާހަގަކުރެއްވި އެވެ.

 

"މިއަދު އަޅުގަނޑުމެން އުޅޭން ޖެހުނީ ކަރަންޓް ކެނޑޭތީ ފެން ނުވަރާ، އިސްތިރި ނުކުރެވިފައި، މިއަދު އަޅުގަނޑުމެންނަށް ކަރަންޓް ޔަގީންވެއްޖެ. މަސްވެރިންނަށް ދަނޑުވެރިްނަށް އިނާޔަތް ލިބޭކަން ޔަގީން އަދި ކަދުރުކޮޅު ކާލިކަން ވެސް ޔަގީން. ރަށްތަކާއި ފަޅުތައް ވިއްކައިފިކަން ޔަގީން، ޔަގީން ބަސްބޭނުންކުރުމުން ރައްޔިތުން މިހާރު ބުނަނީ ތި ޔަގީން ބަސް ހުއްޓާލުމަށް" ރޮޒެއިނާ ވިދާޅުވި އެވެ.

 

މިސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްޗަށް އަލިއަޅުވާލައި ވާހަކައްކަވަމުން ރޮޒެއިނާ ވިދާޅުވީ ރައްޔިތުންގެ ފާއިސާއިން 3.5 ބިލިއަން ރުފިޔާ ވަގަށް ނަގާފައިވާ ކަން ޔަޤީންވާ ކަމަށާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ތިއްބެވި ބޭފުޅުން ދައްކަވާ ވާހަކަތަކުން މިބޭފުޅުންނަށް ތަންދޮރު ނޭނގޭކަން ވެސް ޔަޤީން ވެފައިވާ ކަމަށެވެ.

 

އެހެންކަމުން މިސަރުކާރުން މިކިޔާ ޔަޤީން މިބަސް ބުނެލާއިރަށް ރައްޔިތުން މިހާރު ހޯހޯ ގޮވާ އެ ޔަޤީން ބަސް ވެސް އަޑު އަހަން ބޭނުން ނުވާ ކަމަށް ރޮޒެއިނާ ވިދާޅުވި އެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ



ހ މ ޒ

6 މަސް ކުރިން

ރަނގަޅު އަދިކިރިޔާ ތަރައްޤީ ފެށުނީ! ސިޔާސީ އިދިކޮޅު ފިކުރުތަކުގެ މީހުން އެއްބައިވެގެން އުޅެނީ ޙަސަދައިގެ ސަބަބުން! ކިތައްމެ ފައިސާއެއް !ހުޓަސް ގާނޫނައް ވުރެމައްޗަކައް ނޭރޭނެ! ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށްކަމަށެވެ! ކަމެއް ހާސިލް ކުރުމަކީ ފަސޭހަކަމެއް! އެތައް އަހަރެއް ވަންދެން ކާމިޔާބީ ދެމެހެއްޓު!؟=ތެދުފުޅެއް

0
0
ކޭޝިއަރ

6 މަސް ކުރިން

( އާނ ހަމަ ތެދެއް. އަޅުގަނޑަށް ވެސް އަޅުގަނޑުގެ މެނޭޖަރ އިބރާހިމް ހަސަން ލ.ގަން އެސް.ޓީ.އޯ ފާމަސީގެ ބިރުދައްކާފަވޭ. މި ކޮމަންޓް ޖަހާލަދޭތި

0
0