23 އޮކްޓޯބަރ 2017 | ހޯމަ | 6 ހެއި

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

  • ހަމަސްދުވަހު ހިލޭ ޑޭޓާ ލިބޭނެ
  • ދިރާގު ވެބްސައިޓް  www.dhiraagu.com.mvމެދުވެރިކޮށް ޕްރީބުކް ކުރެވޭނެ

| | | RiznaZareer | |



ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 -- ފޮޓޯ:ޓުވިޓާރ

ސެންމަންގްގެ އެންމެ ފަހުގެ ފްލެގްޝިޕް ސްމާޓްފޯން ސީރީޒް ކަމަށްވާ ސެމްސަންގް ގެލެކްސީ S8 އަދި ގެލެކްސީ +8S ދިރާގު ވެބްސައިޓް މެދުވެރިކޮށް ހުޅުވާލަން ދިރާގުން ނިންމައިފި އެވެ.

ދިރާގުން ބުނީ ހުކުރު ދުވަހުން ފެށިގެން ޕްރީ ރެޖިސްޓަރ ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާނެ ކަމަށެވެ.

ދިރާގު މެދުވެރިކޮށް ފޯނު ގަންނަ ފަރާތްތަކަށް ހަ މަސްދުވަހު ހިލޭ ޑޭޓާ ލިބޭނެ ކަމަށް ވެސް ބުންޏެވެ.

ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަ ފޯރުކޮށްދިނުމުގެ ގޮތުން، އިންސްޓޯލްމެންޓަށް ފައިސާ ދައްކާގޮތަށް ފޯނުގަތުމުގެ ފުރުސަތު ދިރާގުން ވަނީ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ހުޅުވާލާފައެވެ.

ސެމްސަންގް ގެލެކްސީ  S8 ދެ ކުލަޔަކުން ލިބެން ހުންނާނެއެވެ. އެއީ މިޑްނައިޓް ބްލެކް އަދި މޭޕަލްގޯލްޑްއެވެ. ސެމްސަންގް ގެލެކްސީ +8S ލިބެން ހުންނަ  ކުލަތަކަކީ މިޑަނައިޓް ބްލެކް، މޭޕްލް ގޯލްޑް އަދި ކޮރަލް ބްލޫ އިންނެވެ.

ސެމްސަންގް ގެލެކްސީ  S8 އަދި +8S ގަންނަން ޝައުގުވެރިވާ ފަރާތްތަކުން ހުކުރު ދުވަހުން ފެށިގެން ދިރާގު ވެބްސައިޓް  www.dhiraagu.com.mv މެދުވެރިކޮށް ޕްރީބުކް ކުރުމުގެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ