27 އޭޕުރިލް 2017 | ބުރާސްފަތި | ބުރުނު 6 | 1 ޝައުބާން 1438 | ފަތިސް: 04:41

އޭޝިއަން ގްރޯން ޕްރީގައި ވާދަކުރުމަށް ސާއިދް ޗައިނާއަށް ފުރައިފި

  • މުބާރާތުގެ 3 ލެގުގައިވެސް ސާއިދް ވާދަކުރާނީ 100މ ދުވުމުގެ ބައިގަ
  • މިއީ ދިވެހި އެތުލީޓަކަށް މި މުބާރާތުގައި ވާދަކުރުމަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރު

| | | AbdhullahZiyan | |އޭޝިއަން ގްރޯން ޕްރީގައި ވާދަކުރުމަށް ސާއިދް ޗައިނާއަށް ފުރުމުގެ ކުރިން ނަގާފައިވާ ފޮޓޯއެށް -- ފޮޓޯ:ޓުވިޓާރ

ޗައިނާ އަދި ޓައިވާން ގައި ބާއްވާ އޭޝިއަން ގްރީން ޕްރީގައި ބައިވެރި ވުމަށް ރާއްޖޭގެ އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދް، އަދި ކޯޗް އަހުމަދު ފާޢިލް ބުރާސްފަތު ދުވަހު ޗައިނާއަށް ފުރައިފިއެވެ.

އޭޝިއަން ގްރޯން ޕްރީ އަކީ އޭޝިއާގެ މަތީފަންތީގެ އެތުލީޓުންނަށް ދަޢުވަތު ދީގެން ކޮންމެ އަހަރަކުވެސް އޭޝިއަން އެތުލެޓިކްސް އެސޯސިއޭޝަނުން ބާއްވަމުން އަންނަ މުބާރާތެކެވެ.

އެތުލެޓިކްސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މައުލޫމާތުދޭ ގޮތުގައި، މި މަހުގެ 24، 27، އަދި 30 ވަނަ ދުވަހު ބާއްވާ ގޮރޯން ޕްރީގެ 3 ލެގު ގައިވެސް ސާއިދް ވާދަކުރާނީ 100މީޓަރުގެ ދުވުމުގައެވެ.

މި މަހުގެ 24 ވަނަ ދުވަހު މުބާރާތުގެ ފުރަތަމަ ލެގު ކުރިއަށްދާނީ ޗައިނާގެ ޖިންހުއާގަ އެވެ. 27 ވަނަ ދުވަހު 2 ވަނަ ލެގު ޗައިނާގެ ގިއަޒިންގ ގައި ކުރިއައްދާގޮތަށް ހަމަޖެހިފައި ވާއިރު، 3 ވަނަ ލެގު ކުރިއައްދާނީ މިމަހުގެ 30 ވަނަ ދުވަހު ޓައިވާންގެ ޓައިޕޭގަ އެވެ.

ރާއްޖޭގެ އެއްވަނަ ދުވުންތެރިޔާ ހަސަން ސާއިދް މި މުބާރާތުގައި ވާދަކުރުމަށް ޗައިނާއަށް ފުރާފައި ވާއިރު، މިއީ މި މުބާރާތުގައި ރާއްޖޭގެ އެތުލީޓަކު ވާދަކުރުމަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރުކަންވެސް ފާހަގަ ކޮށްލެވެ އެވެ.

މި މުބާރާތުގައި އޭޝިއާގެ ޖުމްލަ 19 ގައުމަކުން ވާދަކުރާނެއެވެ. އެގޮތުން ސާއިދް ވާދަކުރާ 100މ މީޓަރު ދުވުމުގައި، 10 ގައުމަކުން 12 އެތުލީޓުން ވާދަކުރާނެއެވެ.

އެންމެ ފަހުގެ
ކޮމެންޓް