27 އޭޕުރިލް 2017 | ބުރާސްފަތި | ބުރުނު 6 | 1 ޝައުބާން 1438 | ފަތިސް: 04:41

ފާރިސްގެ މައްޗަށް ދައުވާކުރަން ޕީޖީއަށް ފޮނުވައިފި

  • ތުޙުމަތު: ދައުލަތުން ކޮށްފައިވާ ޚަރަދެއް ފާރިސް އަނބުރާ ނުދެއްކުން
  • މިއީ ތީމުގޭގެ ޚަރަދުތަކާއި ގުޅުންހުރި މައްސަލައެއް
  • މިއީ ފާރިސްއާއި ގުޅުންހުރި، ފާރިސް ޒިންމާވާންޖެހޭނެ މައްސަލައެއް ނޫންކަމަށް ރައީސް މައުމޫނު ވިދާޅުވެފައިވޭ

| | | @IxmaealNaail | |ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ފާރިސް މައުމޫން -- ފޮޓޯ:މުހައްމަދު ޝަރުހާން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމްގެ ދަރިކަލުން އަޙުމަދު ފާރިސް މައުމޫންގެ މައްޗަށް ދަޢުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފުލުހުން މައްސަލަ ފޮނުވައިފިއެވެ.

 

ބުރާސްފަތި ދުވަހުގެރޭ ދަންވަރު ޓްވިޓަރ މެދުވެރިކޮށް ފުލުހުން ބުނެފައިވަނީ، ދައުލަތުން ކޮށްފައިވާ ޚަރަދެއް ފާރިސް އަނބުރާ ނުދައްކަވާ ކަމަށް ތުޙުމަތުކޮށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ފުލުހުންނަށް ތަހުގީގު ކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މައްސަލައިގެ ތަހުގީގު ނިންމައި މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

 

 

މައްސަލައާއި ގުޅޭ އިތުރު ތަފްޞީލެއް ފުލުހުން ހާމަކޮށްފައި ނުވާއިރު، މަޢުލޫމާތު ލިބިފައިވާ ގޮތުގައި އޭސީސީން ބަލާފައިވާ މި މައްސަލައަކީ ރައީސް މައުމޫންގެ ވެރިކަމުގެ ދުވަސްވަރު އޭރުގެ ރިޔާސީ ގަނޑުވަރު، ތީމުގެއިން ކޮށްފައިވާ ޚަރަދުތަކަކާއި ބެހޭ މައްސަލައެކެވެ.

 

މި މައްސަލއިގެ ތަޙުޤީޤަށް މީގެ ކުރިން ފާރިސް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފައިވާއިރު، މިއީ ފާރިސްއާއި ގުޅުންހުރި، އަދި އެއްވެސް ހައިސިއްޔަތަކުން ފާރިސް ޒިންމާވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ މައްސަލައެއް ނޫންކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް ވަނީ ވިދާޅުވެފައެވެ.

 

ފާރިސްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާކަން ފުލުހުން ހާމަކޮށްފައިވާނީ ފާރިސް އާއި އެކު އިދިކޮޅު ސިޔާސީ ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ކުއްލި ގޮތަކަށް ހައްޔަރުކޯށް ދޫނިދޫއަށް ގެންދިޔަތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.

އެންމެ ފަހުގެ
ކޮމެންޓް
ގައްލޭ

5 ދުވަަސްކުރިން

ފުލުހުން ތިކުރައްވާ މަސަތްތަކައް އައްސަރިބަހާއި ސާބަސް

0
0