17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

އިމްތިހާނު ތަކުގައި މަކަރު ހެދުމަކީ ގައުމު ފަނާވާން މަގުފަހިވެދާނެ ނުރައްކާތެރިކަމެއް: ރައީސް ޔާމީން

  • ދަރިވަރުން އިމްތިހާނު ތަކުގައި މަކަރު ނުހެދޭނެ ގޮތަކަށް ޓީޗަރުން މަސައްކަތް ކުރުން ވަރަށް މުހިއްމު ކަމަށް ރައީސް ޔާމީން ވިދާޅުވި
  • މަޖީދިއްޔާ ލިބިފައިވާ ފަހުރުވެރި މަގާމު ދެމެހެއްޓުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފަ
  • އެއާރޕޯޓްގެ ތަރައްގީގެ މަޝްރޫއުއަކީ އެއް ބިލިއަން ޑޮލަރުގެ މަޝްރޫއެއް، ގިނަ ވަޒީފާތަށް ދިވެހިންނަށް ލިބިގެންދާނެ

| | 21 އޭޕުރިލް 2017 | ހުކުރު 01:44 | phaxyn | |ރައީސް ޔާމީން މަޖީދިއްޔާ ސްކޫލްގެ އަހަރީ ދުވަހުގެ ހާއްސަ ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ:ރައީސް އޮފީސް

ސްކޫލްތަކުގެ އިމްތިހާނުތަކުގައި މަކަރު ހެދުމަކީ ގައުމު ފަނާވާން މަގުފަހިވެދާނެ ނުރައްކާތެރި ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

 

މަޖީދިއްޔާ ސްކޫލަށް 90 އަހަރު ފުރުމުގެ މުނާސަބަތުގައި ބުރާސަފަތި ދުވަހުގެ ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ، ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ސްކޫލްތަކުގެ އިމްތިހާނުތަކުގައި މަކަރުހެދުމުގެ ސަބަބުން ދަރިވަރުންނަށާއި، ގައުމަށް ލިބިދާނެ ގެއްލުމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފަ އެެވެ. އެގޮތުން ރައީސް ޔާމީން ވިދާޅުވީ، އިމްތިހާނު ތަކުގައި މަކަރު ހެދުމަކީ ގައުމު ފަނާވާން މަގުފަހިވެދާނެ ނުރައްކާތެރި ކަމެއްކަމަށެވެ.

 

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ ދަރިވަރުންގެ ކިބައިން ނެރެވޭނީ އެކުދިންނަށް ކިޔަވައިދޭ އެއްޗެއް ކަމަށާއި ދަރިވަރުންނަށް ކިޔަވާދިނުމަށް ގާބިލް ޓީޗަރުން އެފެއްދުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި ދަރިވަރުންގެ ފެންވަރު މަތިކުރުމަށް ޓީޗަރުން ފެންވަރު މަތިކުރުމަކީ މުހިއްމު ކަމެއްކަމަށްދެކި ރާއްޖޭގެ ޓީޗަރުންގެ ފެންވަރު އެންމެ ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ޓީޗަރުންނަށް ހެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ރައީސް ޔާމީން ވިދާޅުވި އެވެ.

 

ދަރިވަރުންނަށް ތައުލީމާއި ތަމްރީނު ދިނުމުގައި ބެލެނެވެރިންނާއި މުދައްރިސުން ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށާއި ދަރިވަރުން އިމްތިހާނުތަކުގައި މަކަރު ހެދުން ހުއްޓުވާ، ދަރިވަރުންގެ ފެންވަރު މަތިކުރުމަށް އިސްކަންދިނުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފަ އެވެ.

 

ރައީސް ޔާމީން ވިދާޅުވީ ދިވެހި ރާއްޖޭ ދަނީ އާދަޔާ ހިލާފަށް ކުރިއަރަމުން ކަމަށާއި ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން ކަމަށެވެ. މިކުރިއެރުމާއެކު ގައުމުގެ އެކި ދާއިރާތަކުގައި ހިދްމަތް ކުރަން ތިއްބަވަންޖެހޭނީ ދިވެހި ދަރިންކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.

 

ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި މިވަގުތު ހިންގާ އެންމެބޮޑު ތަރައްގީގެ މަޝްރޫއުއަކީ އެއް ބިލިއަން ޑޮލަރުގެ އެއާރޕޯޓް ތަރައްގީގެ މަޝްރޫއުކަމަށާއި އެމަޝްރުއޫ ނިމުމުން އެއާރޕޯޓްގައި ގިނަ ވަޒީފާތައް އުފެދި، އެވަޒީފާތަށް ދިވެހިންނަށް ލިބިގެންދާނެ ކަމަށެވެ.

 

ރައީސް ޔާމީން ވަނީ މަޖީދިއްޔާ މީގެކުރިން ހޯދަމުންދިޔަ ކާމިޔާބީތައް ދެމެހެއްޓުމަށް ގަދައަޅާ މަސައްކަތްކުރުމަށް ގޮވާލައްވާފަ އެވެ. އަދި މަޖީދިއްޔާ ސްކޫލަކީ ފަހުރުވެރި އެތައް ދަރިންނެއް އުފެއްދި މުއައްސަސާއެއްކަމަށް ވިދާޅުވެ ރައީސް ޔާމީން ވިދާޅުވީ ރާއްޖޭގައި އެންމެ ފަހުން ވެރިކަންކުރި ހަތަރު ރައީސުންނަކީ ވެސް މަޖީދިއްޔާ ސްކޫލްގެ އިސްދަރިވަރުން ކަމަށާއި މަޖީދިއްޔާ ސްކޫލްގެ ދަރިވަރަކަށް ވުމުގެ ފަހުރު އެމަނިކުފާނަށް ލިބިލެއްކަމީ އެމަނިކުފާނު ފަހުރުވެރިވެވަޑައިގަންނަވާ ކަމެއް ކަމަށެވެ.

 

މި ހާއްސަ ރައްމިއްޔާތުގައި މަޖީދިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް އަދި ދައުލަތަށް ގިނަ ދުވަހު ހިދްމަތް ކުރެއްވި އިއްޒަތްތެރިއެއް ކަމަށްވާ އުމަރު ޒާހިރުގެ އިތުރުން ސަރުކާރުގެ މިނިސްޓަރުންނާއި މަޖީދިއްޔާ ސްކޫލަށް އެކިގޮތްގޮތުން ހިދްމަތް ކުރެއްވި އަދި ހިދްމަތް ކުރައްވަމުން ގެއްދަވާ ގިނަ އަދަދެއްގެ ބޭފުޅުން ވަނީ ބައިވެރިވެ ވަޑައިގަންނަވާފަ އެވެ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

އައްބެ

9 މަސް ކުރިން

ބަލަ ވައްކަން ކުރުމާއި ކޮރަޕްޝަނަށް އޯކޭ ދީފައި "މަކަރު" ހެދުން އޯކޭ ނުވާންވި ސަބަބެއް ނުވިސްނޭ.

0
0