23 ސެޕްޓެންބަރ 2018 | އާދީއްތަ | 03 އަތަ
13 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ދިރާގު އަހަރީ އާއްމު ޖަލްސާ

ހިއްސާއަކަށް 14.37 ރުފިޔާ، ޖުމްލަ 1.1 ބިލިއަން ރުފިޔާ ހިއްސާ ފައިދާގެ ގޮތުގައި ދިރާގުން ދޫކުރަނީ

  • ދިރާގަށް 2016 ވަނަ އަހަރު ފައިދާގެ ގޮތުގައި 840 މިލިއަން ޑޮލަރުވަނީ ލިިބިފައި
  • އާމްދަނީގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ ވަނީ ލިބިފައި
  • ދިރާގުން ހިއްސާގެ ފައިދާގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ވަނީ ދީފަ
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 21 އޭޕުރިލް 2017 | ހުކުރު 04:10 | |

މަގުބޫލް

  1. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  2. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  3. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. މާފުށި ކައުންސިލްގެ ނައިބު ރައީސާ ނަޝީދާ އެމްޑީޕީއަށް ސޮއިކުރައްވައިފި
  6. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!
  7. ވަގުތެޔޮ ސްޕެޝަލް ގެ މައްސަލަ ފުލުހަށް ހުށައެޅީ އިލެކްޝަންސް އިން!
  8. ރައްޔިތުންގެ ނިންމުން ތަންފީޒު ކުރަން ފުލުހުން ފަސްނުޖެހުމަށް އަރީފު އިލްތިމާސް ކުރައްވައިފި


ދިރާގު 28 ވަނަ އަހަރީ އާއްމު ޖަލްސާ -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

ދިރާގުގެ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް ޖުމްލަ 14.37ރ. ބަހަން ފާސްކޮށްފި އެވެ.

ބުރާސްފަތި ދުވަހުގެ ރޭ ނޭޝަނަލް އާރޓް ގެލެރީގައި ބޭއްވި އެ ކުންފުނީގެ 28 ވަނަ އަހަރީ އާއްމު ޖަލްސާގައި ފާސްކުރި ގޮތުގައި ހިއްސާގެ ފައިދާގެ ގޮތުގައި މިފަހަރު ޖުމުލަ 1.1 ބިލިއަން ރުފިޔާ ބަހާނެ އެވެ. މި ޖަލްސާގައި ޑިރެކްޓަރުން ރިޕޯޓާއި އޮޑިޓެޓް ފައިނޭޝަލް ސްޓޭޓްމެންޓް ވަނީ ފާސްކޮށްފަ އެވެ. އަދި އެކްސްޓާނަލް އޮޑިޓް ކުންފުންޏަކަށް ކޭޕީއެމްޖީ ކުންފުނި އިތުރު ފަސް އަހަރަށް ވަނީ ހޮވާފަ އެވެ. 

އަހަރީ އާއްމު ޖަލްސާގައި ވާހަކަ ދައްކަވަމުން ދިރާގުގެ ޗެއަރޕާސަން ވަނީ މިއަހަރު ދިރާގަށް ފާހަގަކޮށްލެވޭ ފަދަ ބަދަލުތަކެއް ފެނިގެންދާނެ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ދިރާގުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަގަޅުކޮށް،ކަސްޓަމަރުންނަށް ފަސޭހަ ހިތްހަމަޖެހޭނެ ހިދުމަތްތަކެއް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

ދިރާގުގެ މިދިޔަ އަހަރުގެ ތަފާސް ހިސާބުތަކަށް ބަލާ އިރު 2016 ވަނަ އަހަރު އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 2.5 ބިލިއަން ރުފިޔާ އެވެ. 2015 ވަނަ އަހަރު މި އަދަދު އުޅެނީ 2.2 ބިލިއަން ރުފިޔާ އެވެ. އެހެންކަމުން މިއީ 10 އިންސައްތައިގެ ކުރިއެރުމެކެވެ.

އެކުންފުނީގެ ސާފު ފައިސާ 2016 ވަނަ އަހަރު 840 މިލިއަން ރުފިޔާގައި ހުރި އިރު 2015 ވަނަ އަހަރު އެދަދު އުޅެނީ 725 މިލިއަން ރުފިޔާގަ އެވެ. މިއީ ގާތްގަނޑަކަށް 16 ޕަސެންޓްގެ ކުރިއެރުމެކެވެ.

ދިރާގުގެ އަހަރީ އާއްމު ޖަލްސާއަށް ހާޒިރުވެފައިވަނީ އެ ކުންފުނީގެ 33 ހިއްސާދާރުންނެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަހުމަދު މުހުސިނު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް