19 ސެޕްޓެންބަރ 2018 | ބުދަ | 14 އުތުރަ
09 މުޙައްރަމް 1439
އިޝާ 19:17
މަޣްރިބް 18:06
އަސްރު 15:06
މެންދުރު 12:04
އިރުއަރާ 05:55
ފަތިސް 04:44

ބޭންކް އޮފް މޯލްޑިވްސް

ބީއެމްއެލް އަށް އެއް ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

  • 2016 ވަނަ އަހަރަކީ ބީއެމްއެލްގެ " އެންމެ ކާމިޔާބު އަހަރު"
  • 150 މިލިއަން އިންވެސްޓްކޮށްފައިވޭ
ރިޒުނާ ޒަރީރު | RiznaZareer

| 21 އޭޕުރިލް 2017 | ހުކުރު 00:27 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫއަށް ތާއިދުކޮށްފި
  5. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  6. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  7. ސިވިލް ސަރވިސްގެ މުވައްޒަފުން އެއްވެސް ސިޔާސީ ހަރަކާތެއްގައި ބައިވެރިނުވުމަށް އިލްތިމާސްކޮށްފި
  8. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި


ބޭންކް އޮފް މޯލްޑިވްސް -- ޓްވިޓަރ

ބޭންކް އޮފް މޮލްޑިވްސް (ބީއެމްއެލް) އަށް 2016 ވަނަ އަހަރު 1.02 ރުފިޔާގެ ފައިދާއެއް ލިބިއްޖެ ކަމަށް އެކުންފުނިން ހާމަކޮށްފި އެވެ.

 

އެ ބޭންކުގެ މިދިޔަ އަހަރުގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކްސަށް ކެނޑުމަށްފަހު މިދިޔަ އަހަރު 61 އިންސައްތައިގެ ކުރިއެރުމެއް ވަނީ ލިބިފައެވެ. ބޭންކުން ލޯނު ދޫކުރެވުނު ނިސްބަތް އިތުރުވުމާއެކު އުފެއްދުންތެރި ނޫން ލޯނުގެ ނިސްބަތް ނުވަ އިންސައްތަށް ދަށްކުރެވިފައިވާ ކަމަށް ބޭންކުން ބުނެއެވެ.

 

ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ޖުމްލަ 108 މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، އެއީ ހިއްސާއަކަށް 20 ރުފިޔާ އެވެ. އެއީ 2015 ވަނަ އަހަރާ އަޅާބަލާއިރު 18 އިންސައްތަ އިތުރު އަދަދެއް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

 

ބޭންކަށް ލިބޭ ފައިދާ އަނބުރާ ދިވެހި މުޖުތަމައަށް އިންވެސްޓްކުރުމުގެ މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށާއި ޚިދުމަތްތައް ފުޅާކުރުމަށާއި، އުމްރާނީ ތަރައްޤީއަށާއި ސީއެސްއާރު ހަރަކާތްތަކަށް މިދިޔަ އަހަރު 150 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށް ބޭންކުން ބުނެއެވެ. އަދި މިދިޔަ އަހަރު ތެރޭ ހަތަރު ބްރާންޗާއި 10 ސެލްފް ސާވިސް ބޭންކިން ސެންޓަރު އަލަށް ގާއިމްކޮށްފައިވާ ކަމަށް ބީއެމްއެލް އިން ބުނެއެވެ.

 

2016 ވަނަ އަހަރަކީ "ބޭންކަށް ފަޚުރުވެރި އަހަރެއް" ގެ ގޮތުގައި ސިފަކުރައްވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ އެންޑްރޫ ހީލީ ވަނީ އިންވެސްޓްމަންޓްތައް ކުރިޔަށް ގެންދަވާނެކަމަށް ވައުދުވެވަޑައިގެންފައެވެ. 

 

ބޭންކުން ޚިދުމަތް ފޯރުކޮށްދޭ ރައްޔިތުންނަށާއި ވިޔަފާރިތަކާއި މުޖުތަމަޢުތަކަށް އެހީވުމަށް މިހާތަނަށް ނުކުރާ ވަރުގެ ބޮޑު އިންވެސްޓްމަންޓެއް 2016 ވަނަ އަހަރުކޮށްފައިވާކަން ފާހަގަކުރަމުން މިދިޔަ އަހަރު މާލީ ގޮތުން ލިބުނު ކުރިއެރުމާއެކު އަދި ޚާއްސަކޮށް ލޯނު ދޫކުރުމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރެވުމަކީ 2017 ވަނަ އަހަރު ގިނަ އިންވެސްޓްމަންޓްތަކެއް ކުރުމަށް ލިބުނު ރަނގަޅު ފުރުސަތެއް ކަމަށް ހީލީ ވިދާޅުވި އެވެ.

 

މިއަހަރު ތެރޭ ބީއެމްއެލް އިން ގިނަ ބްރާންޗްތަކާއި، ސެލްފް ސާވިސް ބޭންކިން ސެންޓަރުތަކާއި ބިޒްނަސް ސެންޓަރުތަކެއް ހުޅުވިގެންދާނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް