22 އޯގަސްޓު 2017 | އަންގާރަ | މާ 12

އާދިއްތަ ދުވަހު ބާއްވަން އޮތް ރިޔާޒުގެ ޝަރީއަތް ކުއްލި ގޮތަކަށް މިރޭ ބާއްވަނީ!

  • އާދިއްތަ ދުވަހުގެ މެންދުރު ބާއްވަން އޮތް އަޑުއެހުމެއް
  • ތާވަލު ހެނދުނު ނެރުނު އިރު އަޑުއެހުމެއް ނެތް
  • މިރޭގެ އަޑުއެހުމުގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީވުން

| | | azmoon_ahmed | |



އަބްދުﷲ ރިޔާޒް ޝަރީއަތުގެ ފުރަތަމަ އަޑުއެހުމަށް ވަޑައިގެން ކޯޓުގެ ދޮރުމަތީގައި -- ފޮޓޯ:ރާއްޖެ އެމްވީ

ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތް ކުއްލި ގޮތަކަށް މިރެއަށް ތާވަލުކޮށްފި އެވެ.

 

މިއަދު ހެނދުނު ކްރިމިނަލް ކޯޓުގެ ތާވަލު ނެރުނު އިރު ވެސް ރިޔާޒުގެ ޝަރީއަތުގެ އަޑުއެހުން ހިމަނާފައެއް ނުވެ އެވެ. ނަމަވެސް، ކުއްލިއަކަށް ތާވަލުގައި އެ ޝަރީއަތުގެ އަޑުއެހުމެއް ހިމަނައި، ރިޔާޒުއަށް ވަނީ އަޑުއެހުމަށް ހާޒިރުވުމުގެ އަމުރު ފޮނުވާފަ އެވެ.

 

ކިނބިދޫ ދާއިރާގެ މެންބަރު ރިޔާޒުގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުން މިމަހުގެ 13 ވަނަ ދުވަހު ބޭއްވި އިރު، އެ އަޑުއެހުން ނިންމަވާލައްވަމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވެފައިވަނީ މައްސަލައިގެ އަޑުއެހުމެއް ދެން ބާއްވާނީ މިމަހުގެ 23 ވަނަ ދުވަހުގެ މެންދުރު 3:00 ގައި ކަމަށެވެ.

ފުރަތަމަ އަޑުއެހުމުގައި ދައުވާ އިއްވުމުން ރިޔާޒް ވަނީ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. އެހެންކަމުން މިރޭ 8:00 އަށް ތާވަލުކޮށްފައިވާ އަޑުއެހުމުގައި އޮންނާނީ ދައުވާއަށް ޖަވާބުދާރީވުމެވެ.

 

އެ އަޑުއެހުމުގައި ޝަރީއަތް ނިމެންދެން ރިޔާޒް ބަންދުކޮށްދިނުމަށް ދައުލަތުން އެދުމުން، ގާޒީ ވަނީ މިވަގުތަށް އެފަދަ އަމުރެއް ނެރެވެން ނެތް ކަމަށް ކަނޑައަޅުއްވާފަ އެވެ.

 

ކިނބިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރައްވާ ރިޔާޒުގެ މައްޗަށް ކޮށްފައިވާ ދައުވާގައި ބުނެފައިވަނީ ރިޔާޒްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން މާޗް މަހުގެ 27 ވަނަ ދުވަހުގެ ރޭ 9:39 ހާއިރު ކޯޓް އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ފޯނުގައި ހުރި މައުލޫމާތުތައް ބެލުމަށް ފޯނުގެ ލޮކް ކޯޑް ދިނުމަށް އެދުމުން ލޮކް ކޯޑް ދިނުމަށް އިންކާރުކޮށް ފުލުހުންގެ ވާޖިބަށް ހުރަސް އަޅާފައިވާތީ، ގާނޫނު ތަންފީޒްކުރާ މުވައްޒަފެއްގެ މަސައްކަތަށް ގަސްދުގައި ހުރަސްއެޅުމުގެ ކުށުގެ ދައުވާ އުފުލާ ކަމަށެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ



ދަފަރާ

4 މަސް ކުރިން

މީ ހަމަ އިއްތިފާގު

0
0