22 އޯގަސްޓު 2017 | އަންގާރަ | މާ 12

އެމެރިކާގެ ސިޓީއެއް އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރު ކޮރެއާ އިން ދައްކާލައިފި

  • މީ ފުރަތަމަ އިންޒާރެއް ނޫން

| | | Ahmed_Fairoox | |



އެމެރިކާގެ ސިޓީއެއް ގޮވާލާ ގޮތުގެ ވީޑިއޯއެއް -- ފޮޓޯ:ގޫގުލް

އެމެރިކާގެ އެންމެ ބޮޑު ސިޓީތަކުގެ ތެރެއިން ސިޓީއަކަށް ހަމަލާދީ އަންދާ އަޅިއަށް ހަދާލާތަން ދައްކުވައިދޭ ވީޑިއޯއެއް އުތުރުކޮރެއާ އިން އާންމުކޮށްފިއެވެ.

 

އެމެރިކާއާ އުތުރުކޮރެއާގެ މައްސަލަ ދޮންބޮޑުވެފައިވާ ދަނޑިވަޅެއްގައި އުތުރު ކޮރެއާއިން މި ވީޑީއޯ އާންމުކުރީ އެގައުމުގެ ބާނީ ކިމް އިލް ސަންގެ 105 ވަނަ އުފަން ދުވަހާ ދިމާކޮށް ބޭއްވި ރަސްމީ ހަފްލާއެއްގައެވެ.

 

މި ރަސްމިއްޔާތުގައި އާންމުކޮށް ދައްކާލި ވީޑިއޯގައި ފެންނަނީ އުތުރު ކޮރެއާއިން އެމެރިކާއަށް ފޮނުވާލާ މިސައިލް ހަމަލާތަކެއް ގޮވާމަންޒަރެވެ.

 

އުތުރު ކޮރެއާގެ މި މިސައިލްތައް ގޮވުމަށްފަހު އަލިފާން ބޯޅައަކަށް ބަދަލުވެއެވެ. އަދި އެމެރިކާގެ ބޮޑު ސިޓީއެއް އަނދާ އަޅިއަށް ވެގެންދާއިރު ވީޑިއޯ ނިމެނީ އެމެރިކާގެ ދިދަ އަންދާލާ މަންޒަރުންނެވެ.

 

މި ވިޑިއޯ ދައްކާ ނިމުމުން އުތުރު ކޮރެއާ ލީޑަރު ކިމް ޖޮން-އުން ހިނިތުންވުމާ އެކު އެ ރަސްމިއްޔާތަށް ގޮސްތިބި އެންމެނަށް އަތުން އިޝާރާތް ކުރައްވާ ހަނާއަޅުއްވައެވެ.

 

އެމެރިކާ އަދި އުތުރު ކޮރެއާގެ މައްސަލަ މިހާ ގޯސްވެގެން ގޮސްފައި މިވަނީ އެމެރިކާއިން ދެކޮރެއާ ގުޅޭ ކަނޑުގެ ސަރަހައްދަށް މަނަވަރުތައް ފޮނުވަން ފެށުމާއެކުއެވެ.

 

މީގެ ކުރިންވެސް އުތުރު ކޮރެއާ އިން ވަނީ "ފަހު ފުރުސަތު" ގެ ނަމުގައި އެމެރިކާއަށް އިންޒާރު ދިނުމަށް ވީޑިއޯއެއް އާންމުކޮށްފައެވެ

 

އެގޮތުން އެމެރިކާގެ ވޮޝިންޓަނާއި ކެލިފޯނިއާ އަށް ނިއުކްލިއާ ހަމަލާދޭ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކުގެ އިތުރު ރަހުމު ކުޑަގޮތްގޮތަށް އެރިކާގެ ސިފައިން މަރާ މަންޒަރު ދައްކުވައިދޭ ޕޯސްޓަރުފަދަ ތަކެތިވެސް އުތުރު ކޮރެއާ އިން އާންމުކޮށްފައިވެއެވެ.

 

 

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ