27 އޭޕުރިލް 2017 | ބުރާސްފަތި | ބުރުނު 6 | 1 ޝައުބާން 1438 | ފަތިސް: 04:41

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތް: ފަރާ ޚާން

  • ގިނަ އަންހެނުން ފިލްމު ޑައިރެކްޝަންގައި އުޅޭތަން ބަލަން ބޭނުން

| | | thahavahyd | |ފަރާ ޚާން -- ފޮޓޯ:ގޫގުލް

ބޮލީވުޑްގެ ތެރޭގައި ޖިންސީ ތަފާތުކުރުމެއް ނެތްކަމަށް މަޝްހޫރު ފިލްމު ޑައިރެކްޓްރ ފަރާ ޚާން ބުނެފިއެވެ.

އިންޑިއާގެ ކޮންމެ ހަފްތާއެއްގައިވެސް ބާއްވާ ކަލްޗަރަލް ވޯކްޝޮޕްފައި ވާހަކަ ދައްކަމުން ފަރާ ބުނީ ބޮލީވުޑްގައި އަންހެނުންނާއި ފިރިހެނުން ތަފާތު ނުކުރާކަމަށެވެ. އަދި އަންހެނަކަށް ވީތީ ވަކި މަސައްކަތެއް ނުކުރެވޭނެކަމަށް ބުނެ ތަފާތުކޮށްފައި ނުވާކަމަށް ފަރާ ބުންޏެވެ.

"ފިރިހެނަކަށް ވީތީ ވަކި މަސައްކަތެއް ކުރެވިފައި ނޫނީ ގިނައިން މަސައްކަތް ކުރަންޖެހޭކަމަށް ބުނެ، އެގޮތަށް ބޮލީވުޑްގައި ތަފާތެއް ނުކުރޭ" ފަރާ ބުންޏެވެ.

ފަރާ ބުނީ ފިލްމީ ދާއިރާގައި އުޅޭ ބައެއް ޓެކްނީޝަނުން އޭނާ އަކީ އަންހެން ޑައިރެކްޓަރަކަށް ވުމުން ކުރަންޖެހޭ މަސައްކަތް ލުއިވާކަމަށް ހީކުރާކަމަށެވެ. އެހެން ނަމަވެސް އަންހެނަކަށްވީތީ އޭނާގެ މަސައްކަތް ވަކި ފިރިހެން ޑައިރެކްޓްރުންނެކޭ ތަފާތު ނުވާ ކަމަށާއި އޭނާ ބޭނުންވަނީ ގިނަ އަންހެނުން ފިލްމު ޑައިރެކްޝަންގައި އުޅޭތަން ބަލަން ކަމަށް ފަރާ ބުންޏެވެ.

"މި ފީލްޑުގައި އުޅޭ ބައެއް ޓެކްނީޝަނުނުން ބުނޭ އަންހެން ޑައިރެކްޓަރަކަށް ވީމަ  މަސައްކަތް ލުއިވާނެކަމަށް.އަހަރެންނަކަށް ނުވިސްނުނު ބައެއްމީހުން އަހަންނަކީ އަންހެނަކަށް ވީތީ މަސައްކަތް ލުއިވާނޭ ކިޔާތީ.  ހަމަ ޑައިރެކްޓަރެއް ކުރާ މަސައްކަތް އަހަރެން ކުރަނީ" ފަރާ ބުންޏެވެ.

ފަރާ އަކީ ބޮލީވުޑްގެ އެންމެ ކާމިޔާބު އެއް އަންހެން ޑައިރެކްޓަރެވެ. އޭނާ އުފައްދާފައިވާ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި "މޭ ހޫނާ"، "އޯމް ޝާންތިއޯމް" އަދި "ހެޕީ ނިއު އިޔާ" ހިމެނެއެވެ.

އެންމެ ފަހުގެ
ކޮމެންޓް