22 އޯގަސްޓު 2017 | އަންގާރަ | މާ 12

ދުވާ ކޮންމެ ގަޑީއިރަކަށް އުމުރަށް ހަތް ގަޑީއިރު އިތުރުވޭ: ސައިންސްވެރިން

  • ދުވާ ސްޕީޑް މުހިންމެއް ނޫން
  • ކޮންމެ ދުވަހަކު ދުވާކަށް ނުޖެހޭ
  • ހިނގުންވެސް ބައިސްކަލް ދުއްވުންވެސް ރަނގަޅު

| | | raajje.mv | |



ޝެރަޓަން މޯޅްޑިވްސްގައި 2015 ވަނަ އަހަރު ބޭއްވި ދުވުމެއްގެ ތެރެއިން -- ފޮޓޯ:ޝެރަޓަން

ކިތަންމެ މަޑުން ދުވިޔަސް މައްސަލައެއް ނެތެވެ. އެމެރިކާގެ އެމެރިކާގެ އައޯވާ ސްޓޭޓް ޔުނިވަސިޓީގެ ސައިންސްވެރިން ބުނަނީ ދުވާ ކޮންމެ ގަޑީއިރަކަށް އުމުރަށް ހަތް ގަޑީއިރު އިތުރުވާނެ ކަމަށެވެ.

މި ދިރާސާއަކީ 2014 ވަނަ އަހަރު އެމެރިކަން ކޮލެޖް އޮފް ކާޑިއޮލޮޖީ މަޖައްލާގައި ޝާއިއު ކުރި ދިރާސާގެ އަލީގައި އިތުރަށް ކުރެވުނު ދިރާސާއެކެވެ. ކުރިން ކުރި ދިރާސާގައި، 55،000 ބޮޑެތި މީހުން ބޭނުންކޮށްގެން އެއްކުރި މައުލޫމާތުން ހާމަވި ގޮތގައި އެންމެ 7 މިނެޓް ހާއިރު ކޮންމެ ދުވަހަކު ދުވެލި ކަމުގައި ވިޔަސް ހިތުގެ ބައްޔެއްގައި މަރުވުމުގެ ރިސްކު ކުޑަވެގެން ދެއެވެ.

ކުރީގެ ދިރާސާގެ މައްޗަށް އެއްޓީމަކުން ފަހުން މި ކުރި ދިރާސާ ޝާއިއު ކޮށްފައިވަނީ ޕްރޮގްރެސް އިން ކާޑިއޯވެސްކިއުލަރ ޑިޒީސްގައެވެ. މި ދިރާސާގައި ހާމަވެފައިވަނީ، ދުވުމުގެ ނަތީޖާއެއްގެ ގޮތުން ހިތުގެ ބަލީގައި އަވަހަށް މަރުވުމުގެ ފުރުސަތު 40 އިންސައްތަ ކުޑަވެގެންދާ ކަމަށެވެ.

ދިގު އުމުރެއްގެ އުއްމީދުގައި ދުވާ ނަމަ، އަދި މާ ރަނގަޅު އެހެން ވާހަކައެއްވެސް މި ދިރާސާއިން ފާހަގަ ކޮށްފައިވެއެވެ. ކޮންމެ ދުވަހަކު ދުވާކަށް ނުޖެހެއެވެ. މީގައި އެންމެ ފައިދާ ހުރި ގޮތް ކަމަށް ސައިންސްވެރިން ބުނަނީ ހަފްތާއަކަށް އެއް ގަޑީއިރުގެ ދުވުމެއް ފުރިހަމަ ކުރުމެވެ.

ހަފްތާއަކު އެއްގަޑީއިރު ދުވާ މީހަކަށް އޭނާ ދުވާ ކޮންމެ ގަޑީއިރަކަށް ހަތް ގަޑީއިރު އުމުރަށް އިތުރުވާނަމަ، ދުނިޔޭގައި އުޅެން އިތުރު ތިން އަހަރު އެމީހަކަށް ލިބޭނެއެވެ. އެއީ ލައްކަ އިތުރު ކަންކަން ދުނިޔޭގައި ކުރެވޭނެ ވަގުތެވެ.

މި ދިރާސާގައި ބުނެފައިވަނީ، ހިނގުމާއި ބައިސްކަލު ދުއްވުންވެސް އެއީ ހިތުގެ ބަލީގައި އަވަހަށް މަރުވުމުގެ ފުރުސަތު ކުޑަކޮށްދޭ ރަނގަޅު ކަސްރަތުތައް ކަމުގައެވެ.

ދުވުމުގެ ސަބަބުން އުމުރު ދިގުވެގެންދާނެ ކަމަށް ދިރާސާއިން ހާމަވި ނަމަވެސް ދުވުމަކީ ތާއަބަދަށް މީހާ ދުނިޔޭގައި ދެމިހުންނާނެ ކަމެއް ނޫންކަމަށް ދިރާސާގައި އިސްކޮށް މަސައްކަތް ކުރި ސައިންސްވެރިޔާ ޑރ. ލީ ހާމަކުރެއްވިއެވެ. އަދި ދުވުމުގެ ސަބަބުން އުމުރަށް ގިނަވެގެން އިތުރުވާނީ ތިން އަހަރު ކަމަށްވެސް ޑރ. ލީ ވިދާޅުވިއެވެ.

އެންމެ ފަހުގެ
ކޮމެންޓް

މި ލިޔުން ކިޔާލުމުން


ކޮސް ވެއްޖެ

އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ



އަހުމަދު

4 މަސް ކުރިން

މިހިޜީވެސް މީހުންކުރާދިރާސާތަ

0
0