17 ޖެނުއަރީ 2018 | ބުދަ | 12 އުތުރަހަޅަ

800 މިލިއަން ޑޮލަރުގެ މައްސަލައެއް، 10 މިލިއަން ޑޮލަރު ދީގެން އޮތްބާލީ އަޅުގަނޑެއް ނޫން: ގާސިމް

  • ގާސިމް ވަނީ ސަރުކާރުން ގާނޫނީ އިމުގެ ތެރެއިން ކަންކަން ކުރުމަށް ގޮވާލައްވާފަ
  • 800 މިލިއަން ޑޮލަރުގެ މައްސަލައެއް އެކަނިކުފާނުގެ ނޯންނާނެ
  • ޤާސިމްގެ އޮފީސްތަކާއި، ގެ ފާސްކުރީ 800 މިލިއަން ޑޮލަރު ހޯދުމަށް ކަމަށް ރައްޓެއްސަކު ބުނި

| | 20 އޭޕުރިލް 2017 | ބުރާސްފަތި 00:16 | FathimathShana | |ގާސިމް އިބްރާހިމް ކުނޫޒް ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ:ރާއްޖެ އެމްވީ

800 މިލިއަން ޑޮލަރުގެ މައްސަލައެއް އޮތްބާލުމަށް މަސައްކަތެއް ކޮށްފައިނުވާނެކަމަށާއި، ނަމަވެސް ބޭޅެއްގެ މައްޗަށް ތުހަމަތު ކުރެވުނު 800 މިލއަން ޑޮލަރުގެ މައްސަލައެއް އޮތްބާލުމަށް ދައުލަތުގެ ހަޒާނާއިން 10 މިލިއަން ޑޮލަރު ހަރަދަކުރި މަންޒަރު ފެނިފައިވާކަމަށް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

 

ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، އެމަނިކުފާނުގެ ގެޔާއި އޮފީސްތައް ބަލާ ފާސްކޮށްފައިވަނީ 800 މިލިއަން ޑޮލަރު ހޯދުމަށް ކަމަށް ރައްޓެއްސަކު އޭނާގެ އަރިހުގައި ބުނެފައިވާ ކަމަށެވެ. އެހެންނަމަވެސް 800 މިލިއަން ޑޮލަރެއް އެއްވެސް މީހަކު އެމަކިފާނަށް ދީފައިނުވާ ކަމަށާއި އެފަދަ އެއްވެސް ލިޔެކިއުމެއްވެސް އެމަނިކުފާނުގެ އަތުގައި ނުހުންނާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

 

ގާސިމް ވިދާޅުވީ، އެމަނިކުފާނު އެއްވެސް ފަރާތަކަށް ރިޝަވަތު ދީފަނުވާނެ ކަމަށާއި އަދި އެފަދަ އެއްވެސް ކަމެއް ދުވަހު ނުވެސް ކުރައްވާނެ ކަމަށެވެ. ގާސިމް ވިދާޅުވީ، 800 މިލިއަން ޑޮލަރެއްގެ މައްސަލަ، ސަރުކާރުގެ ބަޖެޓުން 10 މިލިއަން ޑޮލަރު ބޭރުގެ ލޯ ފާމަކަށް ދީގެން އޮތްބާލަން މަސައްކަތްވެސް ކުރިތަން ފެނިގެންދިޔަ ކަމަށެވެ. އަދި އެކަމުގައި ބޭފުޅަކު އުޅުނު މަންޒަރުވެސް ފެނިފައިވާ ކަމަށެވެ. 

 

"އަޅުގަނޑު އަޑުއެހިން، 800 މިލިއަން ޑޮލަރުގެ ސުވާލު ކުރެވިގެންދިޔަ ވާހަކަ. ޑިފެންޑްކުރަން އެތަނަށް ހާޒިރުވެގެން، އެކަމަށް ޖަވާބުދެމުން ދިޔަ އަޑު. އެ މައްސަލަ ރައީސް ވަހީދުގެ ވެރިކަމުގައި 10 މިލިއަން ޑޮލަރު ސަރުކާރު، ދައުލަތުގެ ބަޖެޓުން ދީފަ އެހަވާލުކުރި އިންޓަރނޭޝަނަލް ލޯފާމުން ނިންމާލީ ގާސިމް އިބްރާހިމްގައެއް ނޫން." ގާސިމް އިބްރާހިމް ވިދާޅުވި އެވެ.

 

ގާސިމް އިބްރާހިމް 800 މިލިއަން ޑޮލަރުގެ ވާހަކަ ދައްކަވާފައިވާ އިރު އެ މައްސަލަ ނިސްބަތްވާ އެއްވެސް ފަރާތެއްގެ ނަމެއް ހާމަކޮށްފައެއްނުވެ އެވެ. ގާސިމް ވިދާޅުވީ، ކަންއެހެން އޮތް އިރު، އިރުއިރު ކޮޅާ އެމަނިކުފާނުގެ މައްސަލަތައް ބަލާ އެމަނިކުފާނުގެ މިލްކިއްޔާތުގައި ހުރި ތަކެތި ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

 

ސަމާސާގޮތަކަށް ވާހަކަދައްކަވަމުން ގާސިމް ވަނީ މިކަން ކުރަން ލަސްވެއްޖެ ކަމަށާއި އެމަނިކުފާނުގެ މުދަލާ ތަކެތި ހޯދާ ބަލައިފި ނަމަ އެތަކެތި ފަސޭހަ ކަމާއެކު ފެންނަން ހުންނާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެތަކެތި ހުންނާނީ ރާއްޖޭގެ އެކައުންޓް ތަކުގައި ކަމަށާއި ބޭރުގެ އެއްވެސް އެކައުންޓެއްގައި އެމަނިކުފާނުގެ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށް ޤާސިމް ވިދާޅުވި އެވެ. 

 

"އުމުރުން 65 އަހަރުވީމާއި، ޖަލަށްލާން ލަދު ގަންނަންެޖެހޭނެ. މިއީ ސިޔާސީ މަސައްކަތެއްގައި އުޅޭ މީހެއް" ޤާސިމް ވިދާޅުވި އެވެ. 

 

800 މިލިއަން ޑޮލަރުގެ ވާހަކަ ޤާސިމް އިބްރާހިމް ދެއްކެވިއިރު، 17 ވަނަ ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވަނި 800 މިލިއަން ޑޮލަރަށް ހިޔާނަތްތެރިވި މައްސަލައެއް ތަހުޤީޤްކޮށްފަ އެވެ. އަދި އެ މައްސަލައިގެ ތަހުޤީޤްގައި ރައްޔިތުންގެ މަޖިލީހުގެ މުލަކު ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން ވަނީ ކޮމެޓީއަށް ޖަވާބުދާރީވެވަޑައިގެންފަ އެވެ.

 

އޭގެއިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި އުފެއްދި ރިޔާސީ ކޮމިޝަނުންވެސް ވަނީ 800 މިލިއަން ޑޮލަރުގެ މައްސަލައެއް ތަހުޤީޤްކޮށްފައިވެއެވެ. އަދި އެ ތަހުޤީޤް ކުރިއަށްގެންދިއުމަށް ބޭރުގެ ކުންފުންޏަކާއިވެސް ހަވާލުކުރި އެވެ.


އެންމެ ފަހުގެ

މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

pow

9 މަސް ކުރިން

ali hameed difaau kuran gasim laari husha elhi.

0
0
ހ މ ޒ

9 މަސް ކުރިން

ދިވެހިންގެ ހާލަތު ގޮސްފައިވާ ހިސާބު ނިކަން ދެކިބަލާށެވެ؟

0
0
ހ މ ޒ

9 މަސް ކުރިން

ކިތަންމެ ބޮޑަށް ހިތްހަމަ ނުޖެހުމާއި، ހިޔާލުތަފާތުވުން އުފެދިގެން ދިޔަޔަސް، ދީނުގައި ހުރުމަތްތެރި ކުރައްވާފައިވާ ތަންތަނަށް، އަދި ވަކިން ހާއްސަކޮށް މިސްކިތްތަކަށް ހުރުމަތްތެރިކޮށް ހިތުމަށް އިލްތިމާސްކޮށް ނަސޭހަތްތެރިވާކަމަށެވެ!!!!!!!؟

0
0