27 އޭޕުރިލް 2017 | ބުރާސްފަތި | ބުރުނު 6 | 1 ޝައުބާން 1438 | ފަތިސް: 04:41

އުމޭރުގެ ހަމައެކަނި ލަނޑާއެކު މާޒިޔާއަށް މޮޅެއް

  • މި މޮޅާއެކު މާޒިޔާ އޮތީ ގްރޫޕްގެ ދެވަނައިގަ
  • ގްރޫޕްގެ އެއްވަނައިގަ އޮތީ ބެންގަލޫރު އެފްސީ

| | | NaphiuR | |



އޭއެފްސީ ކަޕްގައި މާޒިޔާ އަދި ޑާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން -- ފޮޓޯ:ފޭސްބުކް

ފުރަތަމަ ހާފުގައި މުހައްމަދު އުމެއިރު ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑާއެކު އިންޑިއާގެ މޯހަން ބަގާންގެ މައްޗަށް ރާއްޖޭގެ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުރި ހޯދައިފި އެވެ.

 

މެޗުގެ ކުރީ ކޮޅުގައި މޯހަން ބަގާންއިން ދިޔައީ ދިގު ބޯޅަ ތަކަކާއެކު ގިނަ ހުރަސްތަކެއް ނަގަމުންނެވެ. އެހެން ނަމަވެސް މާޒިޔާއިން ވަނީ މެދުތެރެއިން ތިރި ޕާސްތަކެއް ޖަހާ މެޗުގެ ކޮންޓުރޯލް ހޯދާފައެވެ. އަދި ފުރަތަމަ ހާފްގައި ގިނަ ހަމަލާތަކެއް އުފައްދާ މާޒިޔާ ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.

 

މެޗުގެ ފުރަތަމަ ހާފްގައި މޮޅަށް ކުޅެމުންދިޔަ މާޒިޔާއިން ލީޑު ނެގީ 34 ވަނަ މިނެޓުގައެވެ. މޯހަން ބަގާން ހާފުގެ އަރިމަތިން މާޒިޔާގެ ޑިފެންޑަރު ސަމުއްޓޭ ވަދެ ފޮނުވާލަން މަސައްކަތް ކުރި ބޯޅަ މޯހަން ބަގާންގެ ކުޅުންތެރިޔާ ގައިގައި ޖެހި ބުލޮކްވި ނަމަވެސް އެ ބޯޅަ ލިބުނީ އުމެއިރަށެވެ. އުމައިރު މޯހަން ބަގާންގެ ޑިފެންޑަރު ކައިރިން ނައްޓާލުމަށްފަހު އޭރިއާ ތެރެއަށް ވަދެ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ތިރީ ކަނަށެވެ.

 

ހާފް ނިމެންދަނިކޮށް ވެސް މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) އަށް ވަނީ ލީޑު ފުޅާކުރަން ރަނގަޅު ފުރުސަތެއް ލިބިފައެވެ.

 

މިނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު ދެވަނަ ހާފު ފެށިގެންވެސް މާޒިޔާ އިން ދިޔައީ މޮޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޔަސްފާދު ހަބީބު (މުލަކޭ) އާއި ރަކިޗް އަދި އަސައްކޮއަށް ވެސް ވަނީ ލީޑު ފުޅާކުރުމަށް އިތުރު ފުރުސަތުތަކެއް ލިބި ބޭކާރުވެފައި ވެއެވެ.

 

މެޗުގެ 85 ވަނަ މިނެޓުގައި ރެފްރީ ވަނީ މާޒިޔާގެ ޑިފެންޑަރު މިލޯސް ކޮވަސޮވިޗްއަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

 

މާޒިޔާ ހިމެނޭ ގުރޫޕް އީގެ އެއްވަނައިގައި ބެންގަލޫރު އެފްސީ އޮތީ ކުޅުނު ތިން މެޗުން މޮޅުވެގެންނެވެ. ހަ ޕޮއިންޓާއެކު މާޒިޔާ އޮތީ ގުރޫޕްގެ ދެވަނައިގައެވެ. ތިންވަނައިގައި ތިން ޕޮއިންޓާއެކު މޯހަން ބަގާން އޮތްއިރު ގުރޫޕްގެ ފުލުގައި ޑާކާ އަބާނީ އޮތީ މެޗަކުން މޮޅު ނުވެވިއެވެ.

އެންމެ ފަހުގެ
ކޮމެންޓް