15 ނޮވެންބަރު 2018 | ބުރާސްފަތި | 03 ނޮރަ
07 ރަބީޢުލްއައްވަލް 1440
އިޝާ 19:05
މަޣްރިބް 17:50
އަސްރު 15:14
މެންދުރު 11:55
އިރުއަރާ 05:51
ފަތިސް 04:36

އެލައިޑް އިންޝިއުރެންސް

އެލައިޑްގެ ލައިފް އިންޝިއުރެންސް ފުރަތަމަ ނެގި މީހާއަށް ފައިސާ ދީފި

  • މި ޕްލޭންގެ ސަވައިވަލް ބެނިފިޓް ހަވާލުކޮށްފައިވަނީ ރާއިދު މުހައްމަދު ނަމަކަށް ކިޔާ މީހަކަށް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 19 އޭޕުރިލް 2017 | ބުދަ 23:25 | |

މަގުބޫލް

  1. އިންތިހާބީ ނައިބު ރައީސަށް އަނިޔާވެ، އެޑްމިޓްކޮށްގެން ފަރުވާ ދީފި
  2. ދުވަހަކުވެސް ދެކިލައްވަން ބޭނުންފުޅުނުވި މަންޒަރު ވެރިކަމުގައި ހުންނަވަނިކޮށް ބައްލަވަން މަޖުބޫރުވީ
  3. ރައީސްގެ ރަސްމީ ގެކޮޅަށް ދައުލަތުން ދުވާލަކު ލައްކައަކަށް ވުރެ ގިނަ ރުފިޔާ!
  4. ނޮވެމްބަރު 19 ގައި ރައީސް ސޯލިހު އާއި ގާސިމްގެ ކުރިމަތިލުމެއް!
  5. ސިޔާސީ މަގާމުތައް 690 އަށް، ރައީސް އޮފީހުގައި 260 ސިޔާސީ މަގާމު
  6. އާ ރައީސްގެ ގެކޮޅުގެ ހަރަދުން ހަ މިލިއަން ކުޑަ ކުރަން ބަޖެޓްކޮށްފި
  7. ޖޫރިމަނާ ފާއިސާ އަނބުރާ ލިބިއްޖެ ނަމަ ހަދިޔާކުރާނީ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް: ރާއްޖެޓީވީ
  8. އިންތިޚާބީ ރައީސްގެ އޮފީހަށް ދައުވަތު ކާޑު ލިބުނީ އެއްބަސްވެފައިވާ ވަރަށް ވުރެ މަދުން


އެލައިޑްގެ ލައިފު އިންޝިއުރެންސް ޕޮލިސީ އެންމެ ފުރަތަަމަ ނެގި ކ.ކާށިދޫ، ރާއިދު މުހައްމަދަށް ސަވައިވަލް ބެނެފިޓް ހަވާލުކުރަނީ -- ޓްވިޓަރ

ކޭޝްބެކް 12- ރަންރޭރުގެ ނަމުގައި 2014 ވަނަ އަހަރު ތައާރަފްކުރެވުނު، ލައިފު އިންޝިއުރެންސް ޕޮލިސީ ގެނި އެންމެ ފުރަތަމަ ކަސްޓަމަރަށް ސަވައިވަލް ބެނިފިޓްގެ ގޮތުގައި ލިބޭ ފައިސާ އެލައިންޑުން ހަވާލުކޮށްފި އެވެ.

ސަވައިވަލް ބެނިފިޓް ލިބިފައިވަނީ، ކ.ކާށިދޫ، ރާއިދު މުހައްމަދަށެވެ. މި ބެނިފިޓް އެލައިޑުގެ ފަރާތުން ހަވާކުކޮށްފައިވަނީ އެލައިޑް އިންޝިއުރެންސްގެ ލައިފް އިންޝިއުރެންސް މެނޭޖަރ ސްރިނިވާސަން ރާމަކްރިޝްނަން އެވެ.

އެލައިޑް އިންޝިއުރެންސްގެ ރަންރޭރު ޕޮލިސީ އަކީ ފައިސާ ދައްކައިގެން، ފަހަށް ފައިސާ ރައްކާކުރުމަށް އެހީވެދިނުމަށް އާއިލާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް އެކުލަވާލާފައިވާ އިންޝިއުރެންސް ޕްލޭނެކެވެ. މި ޕްލޭން 12 އަހަރުގެ މުއްދަތައް ކުރިއަށްގެންދެވޭ އިރު އިންޝުއަރ ކުރެވޭ އަދަދުގެ ގޮތުގައި 50 ހާސް ރުފިޔާ އަށް ވުރެ މަތީ ކޮންމެ އަދަދެއްވެސް ނެގޭނެ ކަމަށް އެލައިންޑް އިންޝިއުރެންސް އިން ބުނެ އެވެ.

މީގެ އިތުރުން މި ޕްލޭނުގެ ދަށުން އިންޝުއަރ ކުރެވުނު އަދަދުގެ 25 އިންސައްތަ ކޮންމެ ތިން އަހަރުން އެއް އަހަރަކު ޕްލޭން ނަގާ ފަރާތައް ލިބިގެންދާނެ އެވެ. އަދި ޕްލޭންގެ އެންމެ ފަހު އަހަރު 25 އިންސައްތަ އާއި ބާރަ އަހަރަށްވާ ބޯނަސް ލިބިގެންދާނެ ކަމަށް އެލައިޑުން ބުނެ އެވެ.

މީގެ އިތުރުން ސަވައިވަލް ބެނިފިޓްގެ ގޮތުގައި ކުރިން ދެވިފައިވާ އެއްވެސް ފައިސާއެއް އުނިވެގެން ނުދާނެ ކަމަށްވެސް އެލައިޑުން ބުނެ އެވެ.

ސަވައިވަލް  ބެނިފިޓް ހަވާލުކުރި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލައިފް އިންޝިއުރެންސް މެނޭޖަރ ސްރިނިވާސަން ވިދާޅުވީ، މި އިންޝިއުރެންސް ޕްލޭނަކީ އާއިލާތަކަށް ރައްކާތެރިކަން ލިބޭނެ، ދިމާވާ ބޮޑެތި ކަންކަމަށް ފައިސާ ރައްކާކުރުމަށްވެސް އެހީވެދޭ މުހިއްމު ޕޮލިސީ އެއް ކަމަށެވެ. އަދި މި އިންޝިއުރެންސްގެ ބޭނުން ފުރިހަމައަށް އަދާކުރުމަށް ސްރިނިވާސަން ވަނީ ހުރިހާ ފަރާތްތަކަށް އެދިލައްވާފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް