11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

އުރީދޫ އިން ހިއްސާ ވިއްކުން

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

  • ހިއްސާ އެއްގެ އަގަކީ 30 ރުފިޔާ
  • ގާތްގަނޑަކަށް 59 މިލިއަން ހިއްސާ ވިއްކާނެ
  • އުރީދޫ އިން ހިއްސާގެ ބާޒާރަށް ހުޅުވާލަނީ 40 ޕަސެންޓް
ފާތިމަތު ޝަނާ މުހައްމަދު | FathimathShana

| 19 އޭޕުރިލް 2017 | ބުދަ 04:39 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


ހިއްސާ ވިއްކުން ހުޅުވާލަން އުރީދޫން އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތު -- ރާއްޖެއެމްވީ ފޮޓޯ : ރާއްޖެ އެމްވީ

އުރީދޫ އިން ހިއްސާ ވިއްކުން އާއްމުކޮށް ހުޅުވާލައިފި އެވެ.

އުރީދޫ އިން އެކުންފުނީގެ އިނީޝިއަލް ޕަބްލިކް އޮފަރިން ( އައިޕީއޯ) އިފްތިތާހު ކުރުމަށް ދަރުބާރުގޭގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތުގައި ހިއްސާ ވިއްކުމުގައި އަމަލު ކުރާނެ އުސޫލުތައް ވަނީ އާއްމުކޮށްފަ އެވެ.

މީގެ 11 އަހަރު ކުރިން ވަތަނިއްޔާގެ ނަމުގައި ރާއްޖޭގައި ހިދުމަތް ދޭން ފެށި ކުންފުނީގެ ނަން އުރީދޫ އަށް ބަދަލުކޮށް، އެ ކުންފުނީގެ 40 ޕަސެންޓް ހިއްސާގެ ބާޒާރަށް ހުޅުވާލާނެ އެވެ. މިއީ ގާތްގަނޑަކަށް 1.77 ބިލިއަން ރުފިޔާ އެވެ. ހިއްސާއެއްގެ އަގު 30 ރުފިޔާގެ ރޭޓުން ބަލާނަމަ އެއީ ގާތްގަނޑަކަށް 59 މިލިއަން ހިއްސާ އެވެ. ޖުމްލަ މި އަދަދަށް ހިއްސާ ވިއްކާލަން ނިންމާފައި އޮތަސް، ފުރަތަމަ ވިއްކަނީ 22 މިލިއަން ހިއްސާ އެވެ. 

އަންގާރަ ދުވަހުގެ ރޭގެ ރަސްމިއްޔާތުގައި އުރީދޫގެ މެނޭޖިން ޑިރެކްޓަރ ވިކްރަމް ސިންހަ ވިދާޅުވީ،  އެކުންފުނީގެ އެންމެ ބޮޑު އަމާޒަކީ ރާއްޖެ އަކީ ޑިޖިޓަލް ގައުމަކަށް ހެދުން ކަމަށާއި އެގޮތުން ޓެކްނޮލިޖީގެ ދައިރާއިން ވޯލްޑް ކްލާސް ބެންޗުމާކެއް ގާއިމް ކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.

ވިކްރަމް ވިދާޅުވީ، ރާއްޖެއަކީ އާބާދީ ކުޑަ ގައުމެއް ނަމަވެސް ޓެކްނޮލިޖީތަކަށް ފަހި ފުރުސަތުތަކެއް އޮތް ގައުމެއް ކަމަށާއި ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ ޓެކްނޮލިޖީގެ އާ އުފެއްދުންތަކަށް ފަރިތަ، ނުވަތަ ތަޖުރިބާ ކުރުމަށް ބޭނުންވެފައިވާ ފަރާތްތައްކަމަށެވެ.

" ރާއްޖޭގެ އާބާދީގެ 68 ޕަސެންޓަކީ 35 އަހަރުން ދަށުގެ އާބާދީ. އަދި ރާއްޖޭގެ އާބާދީ އަކީ ޓެކްނޮލޮޖީގެ އާ އުފެއްދުންތަކަށް ފަރިތަ ބައެއް. އަދި އާބާދީގެ ބޮޑު ބަޔަކީ މިފަދަ ތަކެއްޗަށް ބޮޑެތި ހަރަދުތައް ކުރާ މީހުން. އެހެން ކަމުން ރާއްޖެއަކީ ޓެލެކޮމިއުނިކޭޝަން ފަދަ ވިޔަފާރިތަކަށް ޕޮޓެންޝިއަލް ހުރި މާކެޓެއް އޮތް ގައުމެއް." ވިކްރަމް ވިދާޅުވި އެވެ.

ރާއްޖެއަކީ ޓެކްނޮލޮޖީގެ ދައިރާގައި މުސްތަގުބަލެއް އޮތް ގައުމެއް ކަން ފާހަގަކުރައްވާ ވިކްރަމް ސިންހަ ވިދާޅުވީ، އުރީދޫއިން އެމީހުންގެ ވިޔަފާރި ފުޅާ ކުރުމުގެ މަސައްކަތް ކުރަމުންދާ އިރު މިހާރު ގާތްގަނޑަކަށް ރާއްޖޭގެ އާބާދީގެ 90 ޕަސެންޓަކީ އެކުންފުނީގެ ކަސްޓަމަރުން ކަމަށެވެ. މިއީ 11 އަހަރުގެ ތެރޭގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށް ވިކްރަމް ވިދާޅުވި އެވެ.

އުރީދޫ އިން 2013 ވަނަ އަހަރުގައި ލިބުނު އާމްދަނީ 702 މިލިއަން ރުފިޔާގައި ހުރި އިރު 2016 ވަނަ އަހަރު ލިބުނު އާމްދަނީ އުޅެނީ 1.61 ބިލިއަން ރުފިޔާގަ އެވެ.

މީގެ އިތުރުން 2013 ވަނަ އަހަރު އެ ކުންފުންޏަށް 15 ޕަސެންޓްގެ ގެއްލުން ވެފައިވާ އިރު 2016 ވަނަ އަހަރު އެކުންފުންޏަށް ވަނީ 30.9 ޕަސެންޓްގެ ފައިދާ ލިބިފަ އެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް