| 19 އޭޕުރިލް 2017 | ބުދަ 04:05 | |
![]() |
ދިރްހަމް ޓްރޭޑިންގް: ފެންވަރު ރަނގަޅު ސަމާނު ކަސްޓަމަރުންނާ ...
1 އަހަރު ކުރި |
![]() |
އޯލް އެޗް: ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ...
1 އަހަރު ކުރި |
![]() |
ޗާންދަލިޔާގެ އަމާޒަކީ ފެންވަރު ރަނގަޅު ކޮލެޓީ ޕްރޮޑަކްޓްތައް ...
1 އަހަރު ކުރި |
![]() |
އެމް7: ހިދުމަތުގައި 25 އަހަރު!
1 އަހަރު ކުރި |
![]() |
ކާނާ ރައްކާކުރުމަށް ދަ ގެސްޓުން ސިސްޓެމާ ބްރޭންޑްގެ ...
2 އަހަރު ކުރިން |
އުރީދޫއަކީ ރާއްޖޭގައި ބޭރުގެ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރި ކުރެވޭ ކަމުގެ ފުރިހަމަ މިސާލެއް ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަޒީމާ އާދަމް ވިދާޅުވެއްޖެ އެވެ.
އުރީދޫ އިން ދަރުބާރުގޭގައި އިނީޝިއަލް ޕަބްލިކް އޮފަރިން (އާއިޕީއޯ) އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، އަޒީމާ ވިދާޅުވީ، ރާއްޖޭގައި ފޮރިންގ ޑައިރެކްޓް އިންވެސްޓްމެންޓް ( އެފްޑީއައި) ގެ ތެރެއިން އުރީދޫ އަކީ ކާމިޔަބު މިސާލެއް ކަމަށާއި ރާއްޖޭން ބޭރުން ރާއްޖެއަށް އިންވެސްޓް ކުރުމަށް އަންނަ ފަރާތްތަކަށް ރާއްޖޭގައި ފަހި މާހައުލެއް ގާއިމް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ހަމަހަމަ އުސޫލުތަކެއް ވިޔަފާރިތަކަށް ހުޅުވާލުމާއި ގާނޫނީ ނިޒާމުގެ ތެރެއިން ވިޔަފާރި ކުރުމަށް ލުއި ފުރުސަތުތަކެއް ހުޅުވާލެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޒީމާ ވިދާޅުވީ، މިއީ ރާއްޖެއަށް އަންނަ އިންވެސްޓަރުންނަށް ކާމިޔާބު ވިޔަފާރިތަކެއް ހިންގޭ ސަބަބުތައް ކަަމަށެވެ. އަޒީމާ ވިދާޅުވީ، އުރީދޫ އިން ހޯދަމުންދާ ކާމިޔާބީތަކަކީ އެ ކުންފުންނިން، ވާދަވެރިކަން އޭގެ އެންމެ ރަނގަޅު އުސޫލުތަކުގެ ތެރެއިން ބޭނުންކުރުން ކަމަށާއި މިއީ ވިޔަފާރީގެ މާހައުލުގައި އެކުންފުންނަށް ލިބިނު ކާމިޔާބީތަކުގެ އަސްލު ކަމަށެވެ.
"އުރީދޫ އިން ވަނީ ރާއްޖޭގެ ރައްޔިތުންނަށް ދިރިއުޅުމުގެ އުސޫލުތައް ކުރިއެރުވުމަށް ފަހި ފުރުސަތުތަކެއް ހޯދާދީފަ. މިއީ ފާހަގަކޮއްލަންޖެހޭ ފަދަ މަސައްކަތްތަކެއް." އަޒީމާ ވިދާޅުވި އެވެ.
އަޒީމާ ވިދާޅުވީ، އުރީދޫ ފަދަ ޓެލެކޮމިއުނިކޭޝަން ދައިރާގައި މަސައްކަތްކުރަމުންދާ ކުންފުނިތަކުގެ ސަބަބުން ރާއްޖޭގެ މާލީ ދައިރާ ފުޅާ ވެގެން ދިއުމަށް ފަހި ފުރުސަތުތަކެއް ލިބިފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން މުޅި ރާއްޖޭގެ އިގްތިސާދު ފުޅާވެ، ފުުދުންތެރި ދިރިއުޅެއް ރައްޔިތުންނަށް ލިބުމަށް ފަހިވެގެންދާނެ ކަަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފަ އެވެ.
އައިޕީއޯގެ ފުރުސަތު އުރީދޫ އިން ހުޅުވާލާފައިވާ އިރު ހިއްސާއެއް ވިއްކުމަށް ހަމަޖެހިފައިވަނީ 30 ރުފިޔާއަށެވެ. މީހަކަށް އެންމެ މަދުވެގެން ވިއްކުމަށް ހަމަޖެހިފައިވަނީ 50 ހިއްސާއެވެ. އެއަށްފަހު އެއްފަހަރާ އިތުރު ކުރެވޭނީ ފަހަރު 10 ހިއްސާ ކަމަށް އުރީދޫ އިން ބުނެ އެވެ. އުރީދޫ އިން ވަނީ ހިއްސާ ވިއްކުމުގައި އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދޭނެ ކަމަށާއި ހިއްސާ ވިއްކުމުގައި ހިއްސާ ބެހޭނެ މިންގަނޑުގެ ތެެެރެއިން ވިއްކަމުންދާނެ ކަން ފާހަގަކޮށްފަ އެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
މި ލިޔުން ކިޔާލުމުން
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ކޮމެންޓް