21 ސެޕްޓެންބަރ 2018 | ހުކުރު | 01 އަތަ
11 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:03
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

އައްޑޫ އިންވެސްޓާސް

އައްޑޫ އިންވެސްޓާސް ފޯރަމް އޭޕްރިލް 22ގައި

  • މި ފޯރަމް ބޮޑަށް އަމާޒު ކުރެވެނީ މެދު ފަންތީގެ ޓޫރިޒަމަށް
ރިޒުނާ ޒަރީރު | RiznaZareer

| 18 އޭޕުރިލް 2017 | އަންގާރަ 03:10 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ސްކޫލުގެ ތެރެއިން ގްރޭޑް 12 ގެ ދަރިވަރުންގެ އައިޑީ ކާޑް ވެސް ގަންނަނީ!
  4. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  5. އަލިދީގެ ތާއީދު އިބޫއަށް!
  6. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!
  7. ޕީޕީއެމްގެ ސައިޒު ހީކުރިވަރެއް ނުވި، މާ ކުޑަ
  8. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!


އައްޑޫ ސިޓީ -- ރާއްޖެއެމްވީ ފޮޓޯ : މުހައްމަދު ޝަރުހާން

ޓޫރިޒަމް މިނިސްޓްރީ އާއި މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) ގުޅިގެން އައްޑޫ ސިޓީގައި ބާއްވަން ހަމަޖެއްސި "އައްޑޫ އިންވެސްޓާސް" ފޯރަމް މި އޭޕްރިލް މަހުގެ 22 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ، ފޯރަމް ތަފާތު އެކި ފަހަރު މަތިން ފަސްކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް މިހާރު މި ފޯރަމް އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ވާން ޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާ ކަމަށެވެ.

އައްޑޫ އިންވެސްޓާސް ފޯރަމަކީ އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދަށުން އައްޑޫގެ މެދު ފަންތީގެ ޓޫރިޒަމަށް ބެޑް ކެޕޭސިޓީ އިތުރުކޮށް، ޓޫރިޒަމް ދާއިރާ ފުޅާކުރެވޭނެ ގޮތްތައް ފަހިކުރުން ކަމަށް އެމްއައިޓީޑީސީން މައުލޫމާތުދެއެވެ.

މި ފޯރަމްގައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ އިންވެސްޓަރުން ބައިވެރިވާނެ އެވެ. އެގޮތުން 150 އިންވެސްޓަރުން މި ފޯރަމްގައި ބައިވެރިވާއިރު ފޯރަމް އޮންނާނީ އީކުއޭޓާރ ވިލެޖުގައެވެ.

އެގޮތުން ގެސްޓްހައުސް ހިންގާ ފަރާތްތަކާއި، ޓުއާ އޮޕަރޭޓަރުންނާއި ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ބައެއް ބޭންކުތަކާއި ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ މީހުން ހިމެނެ އެވެ.

އެމްއައިޓީޑީސީން ބުނީ އައްޑޫގައި 3000 ޓުއަރިސްޓު އެނދު އިތުރު ކުރުމަށް މިފޯރަމް އެހީތެރިވެގެންދާނެ ކަމަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: އަހުމަދު މުހުސިނު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް