23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ޗެމްޕިއަންސް ލީގު

ޗެމްޕިއަންސް ލީގް: ކުއާޓާގެ ދެވަނަ ލެގަށް ނުކުންނައިރު ކޯޗުންނަށް ހާސްކަން

  • ހުރިހާ ޓީމަކަށްވެސް ގޮންޖެހުން އެބަހުރި
އަހުމަދު ފައިރޫޒު | Ahmed_Fairoox

| 17 އޭޕުރިލް 2017 | ހޯމަ 20:21 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  8. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


ކާލޯ އަންޗެލޯޓީ އަދި ޒިދާން -- ގޫގުލް

ޔޫއެފްއާ ޗެމްޕިއަންސް ލީގްގެ ކްއާޓާ ފައިނަލުގެ ދެވަނަ ލެގަށް ނުކުންނައިރު، ވާދަވެރި ޓީމުތަކުގެ ކޯޗުންނަށް ހާސްކަމާ ކުރިމަތިލާން ވަނީ ޖެހިފައެވެ.

 

ކްއާޓާ ފައިނަލުގެ ދެވަނަ ލެގަށް ނުކުންނައިރު އެންމެ ބޮޑު ކަންބޮޑުވުމެއް އޮތީ ޖަރުމަނުގެ ބެޔާން މިއުނިކްގެ ކޯޗް ކާލޯ އަންޗެލޯޓީއަށެވެ.

 

އެގޮތުން ކްއާޓާ ފައިނަލުގެ ދެވަނަ ލެގުގައި ބަޔާން މިއުނިކާއި ރެއާލް މެޑްރިޑް ބައްދަލުކުރާ މެޗުގައި ވެސް ބަޔާންގެ ފޯވަޑް ރޮބަޓް ލެވަންޑޮސްކީ އަށް ކުޅެވޭނެކަމުގެ ޔަގީންކަމެއް އަދި ނެތެވެ.

 

މި ދެޓީމުގެ ފުރަތަމަ ކުރިމަތިލުމުގައި ލެވަންޑޮސްކީއަށް ނުކުޅެވުނީ އަނިޔާގެ ސަބަބުންނެވެ. ނަމަވެސް އޭގެ ފަހުން ފަރިތަކުރުންތަކުގައި ބައިވެރިނަމަވެސް ބުރާސްފަތި ދުވަހުގެ ރޭ ރެއާލްގެ ދަނޑުގައި ކުލޭ މެޗުގައި ވެސް އޭނާއަށް ކުޅެވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފައެވެ.

 

އަނެއްކޮޅުން ބެޔާންއާ ދެކޮޅަށް ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ކުޅެނިކޮށް އަނިޔާވި ގެރެތު ބޭލްއަށް ވެސް ކުޅެވޭނެކަން އަދި ކަށަވަރެއް ނުވެއެވެ.

 

ބޭލްއަށް އަނިޔާވެފައިވަނީ އޭނާގެ ކުޑަކަޅުވާއަށެވެ. ޗެމްޕިއަންސް ލީގުގެ މެޗުގެ އިތުރުން، ބޭލްއަށް އަލްކްލެސިކޯ ގެއްލުމުގެ ފުރުސަތު ވެސް އެބައޮތެވެ.

 

ކުއާޓާ ފައިނަލްގެ ދެވަނަ ލެގަށް ނުކުންނައިރު ހާސްކަމާއި ކުރިމަތިލާންޖެހިފައިވާ އަނެއް ކޯޗަކީ ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ އެވެ.

 

ފުރަތަމަ ލެގުގައި ޔުވެންޓަސް އަތުން 0-3 އިން ބަލިވެފައި ވާތީ ބުދަ ދުވަހުގެ ރޭ މެޗުގައި ޖާދުލެއް ހަދާނެ ގޮތެއް އެންރީކޭއަށް ވަނީ ހޯދަންޖެހިފައެވެ.

 

ދެ ވަނަ ބުރުގެ ފުރަތަމަ ލެގުން ޕީއެސްޖީ އަތުން 4-0 އިން ބަލިވެފައިވަނިކޮށް ދެ ވަނަ ލެގު 6-1 އިން ކާމިޔާބުކޮށްފާކަން ފާހަގަކޮށްލަން ޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް