24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ނެޓްބޯލް

ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަނަކަށް ހަންނަ

  • ހަންނަ އަކީ 2015 ވަނަ އަހަރު އޮތް މި މުބާރާތުގެ ރާއްޖޭގެ ވައިސް ކެޕްޓަން
  • މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 6 ވަނަ ދުވަހު
ނާފިއު ރަޝީދު | NaphiuR

| 17 އޭޕުރިލް 2017 | ހޯމަ 20:18 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ޒުވާން ނެޓްބޯޅަ ޓީމުގެ ކެޕްޓަންގެ މަގާމަށް ހަމަޖެއްސި ހަމްނާ އަބްދުއްރަހްމާން (ހަންނަ) -- ފޭސްބުކް

އަންނަ މަހު ކޮރެއާގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ޔޫތު ނެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ނެޓްބޯލް ޓީމުގެ ކެޕްޓަނަކަށް އުންމީދީ ކުޅުންތެރިޔާ ހަމްނާ އަބްދުއްރަހްމާން (ހަންނަ) ހަމަޖައްސައިފިއެވެ.

 

ޒުވާން ޓީމުގެ ކެޕްޓަންގެ މަގާމު ހަމްނާއާ ހަވާލުކުރި އިރު އޭނާއަކީ 2015 ވަނަ އަހަރު ހޮންކޮންގައި ކުރިއަށްދިޔަ އޭޝިއަން ނެޓްބޯލް ޗެމްޕިއަންޝިޕްގައި ވާދަކުރި ޓީމުގެ ވައިސް ކެޕްޓަންގެ މަގާމު އަދާކުރި ކުޅުންތެރިޔާ އެވެ.

 

މިކަމާ ގުޅިގެން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ނެޓްބޯލް އެސޯސިއޭޝަންގެ ރައީސާ އައިމިނަތު ޝާޒްލީ (ޝާޒް) ވިދާޅުވީ ހަމްނާ އަކީ އޭނާއަށް ލިބިފައިވާ ހުނަރާ އެއްވަރަށް އެހެން ކުޅުންތެރިންނާ ގުޅިގެން މަސައްކަތްކުރާ މޮޅު ކުޅުންތެރިއެއް ކަމަށާއި އަދި އޭނާގެ ފަރާތުން އަބަދުވެސް ތަފާތު މޮޅު ކުޅުމެއް ފެންނަމުން އަންނަ ކަމަށެވެ.

 

ޝާޒް ވިދާޅުވީ ހަމްނާއަކީ ފަރިތަކުރުންތަކުގައި ވެސް ބުރަކޮށް މަސައްކަތް ކުރާ ކުޅުންތެރިއެއް ކަމަށާއި އެހެންކަމުން އުންމީދުކުރަނީ އޭނާއާ އެކު މިހާރު އޮތް ޓީމުން މުބާރާތުގައި ރަނގަޅު ނަތީޖާތަކެއް ނެރެދޭނެ ކަމަށެވެ.

 

މިފަހަރުގެ މުބާރާތުގައި ޓީމްގެ ވައިސް ކެޕްޓަނަކަށް ޖަމަޖައްސާފައި ވަނީ ސީނިއާ ނެޓްބޯޅަ ޓީމުގައި ވެސް ހިމެނޭ ހަނާން ހުސައިން އެވެ.

 

ބާރަ ކުޅުންތެރިން ހިމެނޭ މި ޓީމަށް އިރުޝާދު ދިނުމަށް ހަމަޖައްސާފައި ވަނީ މީގެ ކުރިން އަހަރުތަކުގައި ވެސް މި ޓީމަށް ކޯޗުކޮށްދެމުން އަންނަ އައިމިނަތު ހަލީމް (ދިލް) އެވެ. އަދި އެސިސްޓެންޓް ކޯޗުގެ ގޮތުގައި ހަމަޖައްސާފައި ވަނީ މިހާރު އަރަމުން އަންނަ ކުޅުންތެރިޔާ އަދި ކޯޗުކަން ކުރަމުން އަންނަ ލޫނާ މޫސާ އެވެ.

 

އަންނަ މަހުގެ 6 އިން 13 އަށް ދެކުނު ކޮރެޔާގެ ޖިއޮންޖޫގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު ފުރުމަށް ހަމަޖެހިފައި ވަނީ އެމަހުގެ 3 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް