24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ޕްރެމިއަ ލީގު

ފިރްމީނިއޯގެ ހަމައެކަނި ލަނޑާއެކު ލިވަޕޫލަށް މޮޅެއް

  • ފިރްމީނިއޯ ވަނީ ލީގުގައި 19 ލަނޑު ކާމިޔާބުކޮށްފަ
  • ލީގުގެ ތިންވަނައިގައި ލިވަޕޫލް އޮތީ 66 ޕޮއިންޓާއެކު
ނާފިއު ރަޝީދު | NaphiuR

| 17 އޭޕުރިލް 2017 | ހޯމަ 13:29 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ފިރްމީނިއޯ ލަނޑު ޖެހުމުން ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ -- ގެޓީ އިމޭޖާސް

ވެސްޓްބްރޮމްގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރި ހޯދައި އިނގިރޭސި ޕްރެމިއަ ލީގުގެ ތިންވަނަ މަގާމުގައި ލިވަޕޫލް ހަމަޖެހިލައިފި އެވެ.

 

ވެސްޓްބްރޮމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ލިވަޕޫލުން މޮޅު ކުޅުމެއް ދެއްކި އިރު، އެޓީމުން ވަނީ ފުރަތަމަ ހާފުގައި ވެސްޓްބްރޮމްގެ ހާފަށް ބާރުބޮޑުކޮށްފަ އެވެ. އެހެން ނަމަވެސް ލިވަޕޫލަށް ވެސްޓްބްރޮމްގެ ގޯލު ފޫއަޅުވާލެވޭ ގޮތްވީ ފުރަތަމަ ހާފުގެ ފަހު މިނެޓުގަ އެވެ.

 

މި ލަނޑު 45 ވަނަ މިނެޓުގައި ލިވަޕޫލަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި 19 ގޯލު ކާމިޔާބުކޮށްދީފައިވާ ރޮބާޓޯ ފިރްމީނިއޯ އެވެ.

 

މި ލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ލިވަޕޫލުން ކުރީގައި އޮވެ ނިމުނު ނަމަވެސް އެޓީމަށް ވަނީ މެޗުގެ ދެވަނަ ހާފްގައި ރަނގަޅު ކުޅުމެއް ދެއްކޭގޮތް ނުވެފަ އެވެ. އަދި އޭގެ ފައިދާ ނަގައި ވެސްޓްބްރޮމްއިން ވަނީ ލިވަޕޫލުގެ ހާފަށް ބާރުބޮޑުކޮށްފަ އެވެ. އެހެން ނަމަވެސް މެޗު ނިމިގެންދިޔައީ ލިވަޕޫލުން ކާމިޔާބުކުރި ހަމައެކަނި ލަނޑާއެކު ވެސްޓްބްރޮމްގެ މައްޗަށް ކުރި ހޯދައިގެންނެވެ.

 

މި ނަތީޖާއާއި އެކު ލީގުގެ ތިންވަނައިގައި ލިވަޕޫލް އޮތީ 66 ޕޮއިންޓާއެކު އެވެ. އަދި މެޗުން ބަލިވި ވެސްޓްބްރޮމްވިޗް އޮތީ 44 ޕޮއިންޓާއެކު ލީގުގެ 8 ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަހުމަދު ފައިރޫޒު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް