23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

ދެވަނަ ޑިވިޝަން

ދަ ގްރާންޑޭ އަތުން ޖޭޖޭ ސްޕޯޓްސް ކްލަބަށް ތިން ޕޮއިންޓް

  • މި މުބާރާތުގައި ވާދަކުރަނީ ޖުމްލަ 9 ޓީމު
  • މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ޒެފްރޯލާއި ޕީކޭ
ނާފިއު ރަޝީދު | NaphiuR

| 17 އޭޕުރިލް 2017 | ހޯމަ 00:02 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  8. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގައި ޖޭޖޭ އަދި ދަ ގްރާންޑޭ ބައްދަލުކުރި މެޗުގެ ތެރެއިން -- ރާއްޖެއެމްވީ

ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކްލަބު 1-3 އިން ބަލިކޮށް ޖޭޖޭ ސްޕޯޓްސް ކްލަބުގެ ފެށުން ރަނގަޅުކޮށްފި އެވެ.

ދެވަނަ ޑިވިޝަންގެ ފުޓުބޯޅަ މުބާރާތުގައި އާދިއްތަ ދުވަހު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ގްރާންޑޭގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ ނަމަވެސް ޖޭޖޭ އިން ވަނީ ކައުންޓަ އެޓޭކުގައި އިދިކޮޅު ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން އެޓީމުން ވަނީ 19 ވަނަ މިނެޓުގައި ލަނޑެއްޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނިއުޝާދު އެވެ.

މެޗުގެ ކުރީކޮޅު ޖޭޖޭ އިން ލަނޑެއްޖަހާ ލީޑު ނެގި ނަމަވެސް ގްރާންޑޭ އިން ވަނީ އިތުރު ހިތްވަރަކާއެކު ލަނޑެއްޖެހުމަށްޓަކައި ޓީމު އެއްކޮށް ކުރިއަށްޖެހި އިދިކޮޅު ހާފަށް ބާރު ބޮޑުކޮށްފަ އެވެ. އެހެން ނަމަވެސް ފުރަތަމަ ހާފު ނިމިގެންދިޔައީ ގްރާންޑޭގެ މައްޗަށް ޖޭޖޭ ސްޕޯޓްސް ކުރީގަ އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފެށިގެން ޖޭޖޭގެ ފަރާތުން ޑިފެންސިވް ކުޅުމެއް ފެނިގެންދިޔައިރު އެޓީމުން ވަނީ ގްރާންޑޭގެ އެޓޭކްތައް ހުއްޓުވުމަށް ބުރަކޮށް މަސައްކަތް ކޮށްފަ އެވެ. މިހާފުގައި އެޓީމުން ކާމިޔާބުކުރި ދެވަނަ ލަނޑު ލިބުނު ހިލޭ ޖެހުމެއްގައި ގްރާންޑޭގެ ގޯލު އޭރިޔާ ތެރެއަށް ހުރަސްކޮށްލި އިރު މިލަނޑު ވަދެފައި ވަނީ ގްރާންޑޭގެ މިޑްފީލްޑަރު އަބްދުﷲ ފައުޒާންގެ ފައިގައި ޖެހިފަ އެވެ. އަދި އެޓީމުން ކައުންޓަ އެޓޭކުގައި އިތުރު ލަނޑެއްޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު 52 ވަނަ މިނެޓުގައި ގްރާންޑޭގެ ކީޕަރު ނައްޓާލުމަށްފަހު ކާމިޔާބުކޮށްދިނީ ލީމާ އޯމަރާ އެވެ.

މިނަތީޖާއާއެކު ޖޭޖޭ ޓީމު އެއްކޮށް ފަހަތަށް ޖެހިގެން ކުޅެމުންދިޔައިރު ގްރާންޑޭ އިން ވަނީ އެއްކޮށް ކުރިއަށްޖެހި އެޓޭކްތައް ވަރުގަދަކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން 67 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މިލަނޑު ގްރާންޑޭ އަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި ކުޅެން ނުކުތް ޝިނާޒް ހިލްމީ އެވެ.

މި މުބާރާތުގައި ހޯމަ ދުވަހު ވެސް މެޗެއް ކުޅޭނެ އެވެ. އެދުވަހު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ކްލަބު ޒެފްރޯލާއި ކްލަބު ޕީކޭ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަހުމަދު މުހުސިނު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ވިލްދާން

2 އަހަރު ކުރިން

ކޮއްކޮ މެޗް ބެލީ ކޮންތާކުންތޯ އަހާލެވިދާނެތަ؟ ނޫނީ ކޮއްކޮއަށް ކައުންޓަރއެޓޭކް އިންގެނީ ކިހާވަރަކަށް ކަން ބުނެދީފާނަންތަ؟ ޕްލީޒް... މެޗް ބެލި މީހެއްގެ ހައިސިއްޔަތުންނާ މީގެކުރިން އަހަންނަށް ކައުންޓަރއެޓޭކް އެނގިފަ އޮތް ގޮތުން، ކުޑާކޮށް އޮޅުންއަރާފަ މިއިނދެވެނީ.. ހީކުރަން ރަނގަޅު ޖަވާބެއް ލިބޭނެ ކަމަށް.. ހހހ

0
0