23 މާރޗް 2019 | ހޮނިހިރު | 13 ފަސްބަދުރުވަ
16 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:20
މެންދުރު 12:17
އިރުއަރާ 06:08
ފަތިސް 04:57

އެމްއޯސީ

އެމްއޯސީގެ މަގާމުތަކަށް ވާދަކުރުމަށް ފުރުސަތު ހުޅުވާލައިފި

  • މަގާމުތަކަށް ކުރިމަތިލުމުގެ ފަހުގެ ތާރީހަކީ މި މަހުގެ ތޭވިސްވަނަ ދުވަސް
  • ފޯމް ހުށަހަޅާއިރު އިލެކްޓޯރަލް ކޮމިޓީގެ ޗެއާމަންއަށް އެޑްރެސް ކުރަންޖެހޭ
ނާފިއު ރަޝީދު | NaphiuR

| 16 އޭޕުރިލް 2017 | އާދީއްތަ 19:57 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. ވެރިކަމަށް އައީ ގިނަ ބައެއްގެ އެހީތެރިކަމާއެކު، އެއްވެސް ބަޔަކަށް ދެރަ ގޮތެއް ނުހަދާނަން: ރައީސް ސޯލިހު
  7. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  8. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ 2017 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ -- އެމްއޯސީ

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ) ގެ އެކިއެކި މަގާމުތަކުގައި ވާދަކުރުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްއޯސީގެ އިންތިހާބު އަންނަ މެއި މަހުގެ ފަސްވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އިރު، އެ އިދާރާގެ އެކި މަގާމުތަކަށް ކުރިމަތި ލުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ ތޭވިސްވަނަ ދުވަހުގެ މެންދުރުފަހު ތިނެއްގެ ނިޔަލަށެވެ.

އެމްއޯސީއިން ކޮށްފައިވާ އިއުލާނެއް ގައި ބުނެފައި ވަނީ، ހިންގާ ކޮމިޓީގެ މަގާމްތަކަށް މެމްބަރު ޖަމްއިއްޔާ ތަކުން ނަން ހުށަހެޅުމުށް ބޭނުންވާ ފަރާތްތަކުން އެކޮމިޓީގެ މެމްބަރު ޖަމިއްޔާއެއް މެދުވެރިކޮށް އެޕްލިކޭޝަން ފޯމް ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި ފޯމް ހުށަހަޅާއިރު ފޯމްގައި ބަޔާންކޮށްފައިވަ ގޮތައް އިލެކްޓޯރަލް ކޮމިޓީގެ ޗެއާމަންއަށް އެޑްރެސް ކުރަންޖެހޭނެ ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެއެވެ.

އިންތިހާބުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކުން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 3:00 އަށް ބޯޅަގޭގެ އެމްއޯސީ އޮފީހުން ފޯމު ބަލައިގަތުމަށް އެ އިދާރާއިން އެދެއެވެ. މީގެ އިތުރުން ވޯޓާސް ރަޖިސްޓޭޝަން ފޯމް ހުށަހެޅުމުގެ އެންމެ ފަހުތާރީހަކީ އަންނަ މަހުގެ ތިން ވަނަ ދުވަހުގެ މެންދުރު 3:00 ގެ ނިޔަލަށް ކަމަށް ވެސް އެ އިދާރާގެ ނޫސް ބަޔާނުގައި ވަނީ އެދިފަ އެވެ.

އެމްއޯސީގެ އިންތިހާބުގައި ޖުމްލަ އަށް މަގާމެއް އިންތިހާބު ކުރެއެވެ. އެއީ ރައީސް، ނައިބު ރައީސް، ސެކްރެޓަރީ ޖެނެރަލް، ހަޒާންދާރު، އޮލިމްޕިކް ޓީމް ސްޕޯޓްސްގެ ދެ މަގާމް، އޮލިމްޕިކްސް އިންޑިވިޖުއަލް ސްޕޯޓްސްގެ ތިން މަގާމް އަދި ނޮން އޮލިމްޕިކް ސްޕޯޓްސްގެ ދެ މަގާމްގެ އިތުރުން އަންހެން މެމްބަރުންގެ ދެ މަގާމް އެވެ.

އެމްއޯސީގެ އިންތިހާބު ބާއްވާނެ ތާރީހު އިއުލާންކޮށްފައިވާ އިރު، އެކޮމިޓީގެ މިހާރުގެ ވެސް ރައީސް މުހައްމަދު ޝަވީދު ވަނީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް