24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ސްޕެނިޝް ލީގު

އިސްކޯގެ ހިތްގައިމު ލަނޑާއެކު ރެއާލަށް ހިތްހަމަޖެހުމެއް

  • އިސްކޯ ވަނީ މި މެޗުގައި ރެއާލަށް ދެލަނޑު ކާމިޔާބުކޮށްދީފަ
  • ލީގުގެ އެއްވަނާގައި ރެއާލް އޮތީ 75 ޕޮއިންޓާއެކު
ނާފިއު ރަޝީދު | NaphiuR

| 16 އޭޕުރިލް 2017 | އާދީއްތަ 03:39 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ރެއާލް މޮޅުކޮށްދިން ގޯލު ޖެހުމަށް އިސްކޯ އަދި އެޓީމުގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ -- އާކައިވް

ފަހު ވަގުތު އިސްކޯ ކާމިޔާބުކޮށްދިން ލަނޑާއެކު 2-3 ގެ ނަތީޖާއަކުން ސްޕޯޓިން ގިޖޯން ބަލިކޮށް ސްޕެނިޝް ލީގުގެ އެއްވަނަ މަގާމުގައި ރެއާލް މެޑްރިޑް ހަމަޖެހިލައިފި އެވެ.

ބެންޒެމާ ބޭލް އަދި ކްރިސްޓިއާނޯ ރޮނާލްޑޯ (ބީބީސީ) އާއި މުހިންމު ގިނަ ކުޅުންތެރިން ނުލާ ރެއާލުން ކުޅުނު މި މެޗުގައި ދެފަހަރަށް ވެސް ލަނޑުޖަހާ ލީޑު ނެގީ ސްޕޯޓިން ގިޖޯން އިންނެވެ. އެހެން ނަމަވެސް ރެއާލުން ވަނީ ފަހަތުން އަރާ މެޗު ކާމިޔާބުކޮށްފަ އެވެ.

ސްޕޯޓިންގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލްގެ ފަރާތުން މޮޅު ކުޅުމެއް ކުޅެމުން ދަނިކޮށް ސްޕޯޓިން އިން ވަނީ ލަނޑެއްޖަހާ ލީޑު ނަގާފަ އެވެ. މިލަނޑު 14 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑޫޖް ކޮޕް އެވެ. އެހެން ނަމަވެސް އިސްކޯ ވަނީ މޮޅު ކުޅުމަކާއެކު 17 ވަނަ މިނެޓުގައި ލަނޑެއްޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.

މި ނަތީޖާއާ އެކު ފުރަތަމަ ހާފުގެ ކުޅުން ނިމުނު އިރު، ދެވަނަ ހާފު ފެށިގެން ވެސް ރެއާލުން ވަނީ މޮޅު ކުޅުމެއް ދައްކައި ސްޕޯޓިންގެ ހާފަށް ބާރުބޮޑުކޮށްފަ އެވެ. އެހެން ނަމަވެސް ރެއާލުން ރަނގަޅަށް ކުޅެމުންދިޔަ ދަނޑިވަޅެއްގައި ސްޕޯޓިން އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގާފަ އެވެ. މި ލަނޑު 50 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިކެލް ވެސްގާ އެވެ.

ސްޕޯޓިންގެ މި ލަނޑަށްފަހު ރެއާލުން ލަނޑެއް ޖެހުމަށް ކުރަމުންދިޔަ ބުރަ މަސައްކަތަށް ނިމުން ގެނުވީ ޑިފެންޑަރު ޑެނީލޯ ނަގައިދިން ހުރަހެއް ބޮލުން ޖަހައި މޮރާޓާ ކާމިޔާބުކޮށްދިން ހިތްގައިމު ލަނޑުންނެވެ.

މިލަނޑަށްފަހު ވެސް އިތުރު ލަނޑެއް ޖެހުމަށް ރެއާލުން މެޗުގެ ކޮންޓްރޯލް ހޯދައިގެން ކުޅެމުންދިޔައިރު، މެޗުގެ ފަހު ވަގުތާ ހަމައަށް އެޓީމުންދިޔައީ އިދިކޮޅު ހާފަށް ބާރު ބޮޑު ކުރަމުންނެވެ. އެގޮތުން 90 ވަނަ މިނެޓުގައި އިސްކޯ ވަނީ ބާރު ހަމަލާއެއް ފޮނުވާލައި ރެއާލަށް މެޗުގެ ތިން ޕޮއިންޓް ކަށަވަރުކޮށްދީފަ އެވެ.

މި ނަތީޖާއާ އެކު ލީގުގެ އެއްވަނާގައި ރެއާލް އޮތީ 75 ޕޮއިންޓާއެކު އެވެ. އަދި މި މެޗުން ބަލިވި ސްޕޯޓިން ގިޖޯން އޮތީ 22 ޕޮއިންޓާއެކު ރެލިގޭޝަން ޒޯނުގައި ލީގުގެ 18 ވަނައިގަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ތެދު ބަސް

2 އަހަރު ކުރިން

ރެއާލް ސަޕޯޓް ކުރިޔަސް ތީ ބޮޑުވަރު. ނޫސްވެރިން ޚަބަރު ލިޔާނީ ވަކި އަތަކަށް ބުރަވެގެނެއް ނޫން. ތި ރާއްޖެ އެމްވީގަ ލިޔެފަ ހުންނަ ޚަބަރުތަކުން ފެންނަނީ ސިޔާސީ ކަންކަމުގެ ވެސް ގެންގުޅޭ އެއްފަޅިއަށް ބުރަވާ ވިސްނުން

0
0