24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

އިނގިރޭސި ޕްރިމިއާ ލީގު

ތާވަލުގެ ދެވަނާގައި ޓޮޓެންހަމްއިން ލީޑު ފުޅާކޮއްފި

  • ޓޮޓެންހަމް އޮތީ ތިންވަނާގައި އޮތް ލިވަޕޫލައްވުރެ 8 ޕޮއިންޓް ކުރީގަ
  • ޓޮޓެންހަމް އަށް 31 މެޗުން ލިބިފައިވަނީ 71 ޕޮއިންޓް
އަބްދުﷲ ޒިޔާން އަލީ | AbdhullahZiyan

| 16 އޭޕުރިލް 2017 | އާދީއްތަ 01:23 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ބޯންމައުތާ ދެކޮޅަށް ޓޮޓެންހަމް ކުޅުނު މެޗުގެ ތެރެއިން -- ގޫގުލް

ބޯންމައުތް ބަލިކޮށް ޓޮޓެންހަމްއިން އިނގިރޭސި ޕްރިމިއާ ލީގު ތާވަލުގެ ދެވަނާގައި ލީޑު ފުޅާކޮއްފި އެވެ.

 

ހޮނިހިރު ދުވަހު ޓޮޓެންހަމްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗް އެޓީމުން ކާމިޔާބުކުރީ 3-0 ގެ ނަތީޖާއަކުންނެވެ. މެޗުގައި ގިނަ ވަގުތު ބޯޅަ ހިފައްޓައިގެން ކުޅެފައި ވަނީވެސް ޓޮޓެންހަމައިނެވެ. އެގޮތުން އެޓީމުން ވަނީ ބޯންމައުތުގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެށް އުފައްދާފަ އެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުންވަނީ 16 ވަނަ މިނެޓުގައި ގުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފަ އެވެ. ލިބުނު ކޯނަރެއްގެ ބޭނުން ހިފައި މި ލަނޑު އެތީމަށް ކާމިޔާބުކޮއްދިނީ ޑެންބެލޭ އެވެ.

 

މި ލަނޑަށް ފަހުގައިވެސް ޓޮޓެންހަމްއިން ދިޔައީ ލަނޑެށް ކާމިޔާބުކުރުމައްޓަކާ ފުރުސަތުތަކެށް ތަނަވަސް ކުރަމުން ނެވެ. އެގޮތުން، މާ ގިނަ އިރުތަކެށް ނުވެ އެޓީމުން ވަނީ ދެވަނަ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާކޮއްފަ އެވެ. މެޗުގެ 19 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ހެއުންގް މިން ސޮން އެވެ. އޭރިއާގެ ތެރެއިން ލިބުނު ބޯޅަ އޭނާ ގޯލުގެ ތެރެއަށް ފޮނުވާލީ ބޯންމައުތްގެ ޑިފެންޑަރެށް ކައިރިން ނައްޓާލުމައްފަހު އެވެ. އެއާއެކު ފުރަތަމަ ހާފު ނިންމާލީ 2-0 އިން ޓޮޓެންހަމް ލީޑުގައި އޮވެގެންނެވެ.

 

ދެވަނަ ހާފުވެސް ޓޮޓެންހަމްއިން ފެށީ އިތުރު ލަނޑަކާ އެކުގަ އެވެ. 48 ވަނަ މިނެޓުގައި މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހެރީ ކޭން އެވެ. އޭނާ އެލަނޑު ކާމިޔާބުކުރީ ބޯން އޭރިއާގެ ތެރެއިން ލިބުނު ބޯޅައެށް ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމައްފަހު ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެންނެވެ. މިއީ މި ސީޒަނުގައި ކޭން ކާމިޔާބުކުރި 25 ވަނަ ލަނޑެވެ.

 

މެޗުގެ ފަހު ލަނޑު އަދި ޓޮޓެންހަމަގެ 4 ވަނަ ލަނޑެ އެޓީމުން ކާމިޔާބުކުރީ މެޗުގެ 90 މިނިޓް ހަމަ ވުމުން ދިން އިތުރު ވަގުތުގެ 2 މިނެޓުގެ ތެރޭގަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮއްދިނީ ޖެންސެން އެވެ. އޭރިއާގެ ތެރޭގައި ހުރެފައި އޭނާ ފޮނުވާލި ބޯޅަ ފުރަތަމަފަހަރު ބޯންމައުތްގެ ޑިފެންޑަރަކު ވަނީ ދިފާއުކޮއްފަ އެވެ. ނަމަވެސް ދެވަނަ ފަހަރައްވެސް ބޯޅަ ލިބުމުން އޭނާ ވަނީ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލާފަ އެވެ.

 

މެޗުން ހޯދި ތިން ޕޮއިންޓާއެކު ޓޮޓެންހަމްއިން ވަނީ ތާވަލުގެ އެއްވަނާގައި އޮތް ޗެލްސީ އާއި ދެމެދު އޮތް ފަރަގު 4 ޕޮއިންޓަށް ކުޑަކޮއްފަ އެވެ. ނަމަވެސް އެޓީމުން ވަނީ ޗެލްސީއަށްވުރެ 1 މެޗު އިތުރަށް ކުޅެފަ އެވެ. 1 ވަނާގައި ޗެލްސީއިން އޮތީ ކުޅުނު 31 މެޗުން 75 ޕޮއިންޓު ހޯދައިގެންނެވެ. ދެވަނާގައި ޓޮޓެންހަމްއިން އޮތީ 32 މެޗުން ލިބުނު 71 ޕޮއިންޓާ އެކުގަ އެވެ. 3 ވަނާގައި އޮތީ 32 މެޗު ކުޅެގެން ލިބުނު 63 ޕޮއިންޓާ އެކު ލިވަޕޫލް އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް