22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
17 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ކޮކާ ކޯލާ މެރަތަން

ކުޑަ ހުސޭނަށް ދުވާ ހިތުން ނުވެސް ނިދޭ!

  • ހުސެން ވަނީ އަޔަން މޭން ޓްރައިތްލޯން ފުރިހަމަކޮށްފަ
  • ހުސޭނަކީ ރާއްޖެއިން އެންމެ ގިނަ މެރަތަންތަކުގައި ވާދަކުރި ފަރާތެއް
ނާފިއު ރަޝީދު | NaphiuR

| 15 އޭޕުރިލް 2017 | ހޮނިހިރު 18:56 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  4. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  5. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  6. ހުވާވޭގެ އެންމެ ފަހުގެ ނޯވާ 4 ރާއްޖޭގެ ބާޒާރަށް ނެރެފި
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. އަނދުން ހުސެއިންގެ ހަރަދުގައި ފަސް ކުއްޖަކަށް ބެންގަލޫރް ގައި ކިޔަވައި ދޭނީ


ކުޑަ ހުސެން (ވ) އަދި އޭނާއާއެކު ދުވި ޑރ. ބްރެންޓް ވީނާ -- ހުސައިން

މި މަހު ދެކުނު އެފްރިކާގައި ކުރިއަށްދިޔަ "އަޔަން މޭން ޓްރައިތްލޯން" ގައި ބައިވެރިވެ ރޭސް ނިންމި ފުރަތަމަ ދިވެއްސަކީ ޑރ. ހުސައިން ހަލީމް ނުވަތަ )ކުޑަ ހުސެން( އެވެ. އޭނާއަކީ މިފަދަ އެތައް ދުވުމެއްގައި ވާދަކޮށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ފަރާތެކެވެ. ހާއްސަކޮށް ދިގު ދުވުންތަކުގައި ކުރިއެރުންތަކެއް ހޯދާފައިވާ އަދި މިހާރުވެސް ހޯދަމުން އަންނަ ފަރާތެކެވެ. އެގޮތުން އަނެއްކާވެސް ކުޑަ ހުސޭނު މިވަނީ އޭނާގެ ރޭސްތަކަށް އިތުރު ބޮޅެއް ފުރިހަމަކޮށްފަ އެވެ.

ދައްކަން މިއުޅެނީ ހުކުރު ދުވަހު ހުޅުމާލޭގައި ކުރިއަށްގެންދިޔަ "ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން" ގައި ކުޑަ ހުސޭނު ދުވެ ރޭސް ނިންމި ވާހަކަ އެވެ. ދެ ހިޔާލެއްގައި ހުރެ ބުރާސްފަތި ދުވަހުގެރޭ ނިދަން އެރި ހުސޭނަށް އަމުދަކުން ނިދުނު ކަމަކަށް ވެސް ނުވި އެވެ. ދުވާހިތުން އެނދުގައި ފުރޮޅުނީ އެވެ. އެންމެ ފަހުން ގަޑިން ދަންވަރު 2:30 ވީއިރަށް، ފުއްމައިގެން ތެދުވެ ރޭހުގައި ބައިވެރިވާން ހުޅުމާލެއަށް ހިނގައްޖެ އެވެ.

އަޔަން މޭންގައި ދުވެ މާލެ އައިތާ ދެ ހަފްތާއެއް ވެފައިވާ އިރު، ހުސޭނު ބުނި ގޮތުންނަމަ އަދިވެސް އޭނާގެ ކަކުލަށް ލިބިފައިވާ އަނިޔާ މުޅިން އެއްކޮށް ރަނގަޅެއް ނުވެ އެވެ. އެހެން ނަމަވެސް ދުވާ ހިތުން ކެތްމަދުވެފައި ހުރި ހުސޭނަށް މިފަހަރުގެ ދުވުމުގައި ބައިވެރުނުވެ ހިންދަމާލާނެ ހަމަ އެއްވެސް ގޮތެއް ނުވި އެވެ. އެހެން ކަމުން އަރާމު ނިދިކޮޅު ގެއްލުވާލާފައި ހުސޭނު ދުވެ ރޭސް ނިންމި އެވެ.

މިހާ ހިސާބުން ރާއްޖެޓީވީން ހުކުރު ދުވަހުގެ މެންދުރުފަހު ގެނެސްދޭ "ހަފްތާ ބަންދު" ޕްރޮގްރާމަށް ހުސޭނު ދިން އިންޓަވިއު އަށް ނަޒަރު ހިންގާލާނަމެވެ.

"އަޅުގަނޑަކީ ދުވާހިތުން އެއްވެސް ވަރަކަށް ނިދޭ މީހެއް ނޫން، އެއީ އަޅުގަނޑު ކުޑައިރު ވެސް އަބަދު ދުވަން ވަރަށް ޝައުގުވެރިވޭ، އެގޮތުން އެއްރޭ ނިދަން އޮވެ ހަމަ އެއްގޮތަކަށް ވެސް ނުނިދިގެން ނުކުތީ ދުވަން، އޭރު އެއީ މާލޭ ތެރޭގައި ކޮންމެ ވެސް ކަމެއް ދިމާވެގެން ހެނދުނު 6 ޖެހީމަ ނޫނީ ކޮންމެހެން ނުކުންނަންޖެހޭ ހާލަތެއްގައި ނޫނީ ބޭރަށް ނުނިކުތުމަށް އަންގާފައި އޮތް ދުވަސް ކޮޅެއް، އަޅުގަނޑު ދުވަމުން ދަނިކޮށް ފަހަތުން ދެ މީހަކު ގޮވާލީމަ ބަލާލިއިރު ދެ ފުލުހުން، ސައިކަލުގައި އަޅުގަނޑާ އެއްވަރަށް ދުއްވަމުން ބުނި މި ކޮން ގަޑިއެއްހޭ ދުވަން ނުކުމެ ތިއުޅެނީ، އަވަހަށް ގެޔަށްދާށޭ، ދެން އަޅުގަނޑުވެސް ވާހަކަ ދައްކަމުން ދުވަމުން ދިޔައީ، ބުނިން ދުވާ ހިތުން ނިދަން ނޯވެވިގެންނޭ މި ދުވަނީ، އަނެއްކާވެސް ބުނި އިހަށް މަޑުކޮށްބަލާށޭ، އަޅުގަނޑު ބުނިން ކޯޗު ބުނެފައޭ އޮންނަނީ ދުވަން ފަށާފަ ދުވުން ނުނިންމައި ނުހުއްޓޭށޭ، އެހެންވެ އެބޭފުޅުން ބުނީމަވެސް އަޅުގަނޑު ހަމަ ދުވީ،" މިއީ ހުސޭނު ދުވާހިތުން ކެތްމަދުވެފައި ހުރެގެން އޭނާގެ ޅައިރުގައި ކަންތައް ކުރި ގޮތުގުގެ ވާހަކަ ހިއްސާކުރި އެވެ. 

ކޮންމެ އަކަސް ހުސޭނު އެރޭ ކަންތައް ކުރި ގޮތަށް މިފަހަރުވެސް މިވަނީ ބޮޑު ރޭހެއްގައި ވާދަކޮށް އެރޭސް ވެސް ނިންމާފަ އެވެ. ފަސް ގަޑި އިރާއި 15 މިނެޓުން ހުސޭނު ރޭސް ނިންމި އިރު އޭނާއާ އެކު ދުނިޔޭގެ 125 ގައުމެއްގައި ދުވެފައިވާ އެމެރިކާގެ ރައްޔިތެއް ކަމަށްވާ 67 އަހަރުގެ ބްރެންޓް ވީނާ ވެސް ދުވި އެވެ. ވީނާ ވަނީ މިހާތަނަށް 288 މެރަތަން ރޭހުގައި ވާދަކޮށްފަ އެވެ.

އަޔަން މޭން ރޭސް ނިންމި ކުޑަ ހުސޭނަށް ވެސް ވީނާއާ އެއްކޮށް ދުވެލަން ލިބުމަކީ ލިބުނު ބޮޑު ޝަރަފެއް ކަމުގައި އޭނާ ދެކުނެވެ. ކުރިން ވެސް ބުނި ގޮތަށް ދެ ހިޔާލެއްގައި ދުވަން ހުރި ހުސޭނު މި ރޭހުގައި ބައިވެރިވި އެންމެ ބޮޑު އެއް ސަބަބަކީ ވެސް ވީނާއާ އެއްކޮށް ދުވަން ބޭނުންވެފައި ހުރުމެވެ.

ހުސޭނު ބުނި ގޮތުންނަމަ ވީނާ ފަދަ ތަޖުރިބާކާރަކާއެކު ދުވެލަން ލިބުމުގެ ފުރުސަތަކީ މަދުން ނޫނީ ނުލިބޭނެ ފުރުސަތެކެވެ. އަދި ފަޔަށް ލިބިފައިވާ ގެއްލުމާއެކު އެކުވެސް ކޮރު ޖަހަމުން ރޭސް ނިންމި އިރު، ހުސޭނު ވަނީ އޭނާއާ އެކު ދުވި ވީނާއަށް އެންމެ ބޭނުންވި ހުރިހާ ވަގުތެއްގައި އެހީތެރިކަން ވެސް ފޯރުކޮށްދީފަ އެވެ. އެގޮތުން ހޫނު ގަދަވެގެން މަޑުކުރަންޖެހުނު ކޮންމެ ވަގުތެއްގައި ހުސޭނު ވީނާއާ އެއްކޮށް މަޑުވެސް ކުރި އެވެ. އެގޮތުގައި ފަސް ގަޑި އިރު ހޭދަކުރުމަށްފަހު ހުސޭނު ވަނީ އަނެއްކާ ވެސް ބޮޑު ރޭހެއް ނިންމާފަ އެވެ.

މި ރޭހުގައި އެތައް ސަތޭކަ ދިވެހިންނާއެކު ދުނިޔޭގެ 18 ގައުމަކުން ދުވުންތެރިން ވަނީ ދުވެފަ އެވެ. ހުސޭނު ބުނި ގޮތުން ނަމަ ދުވުމަށް ލޯބިކުރާ 800 އެއްހާ ދުވުންތެރިންނާ އެއްކޮށް ދުވެ، އަނެއްކާ ވެސް މިވަނީ އިތުރު ހިތްހަމަޖެހުމެއް ގެނުވާފަ އެވެ. ނުނިދާ ހުރެ ނަމަވެސް މިފަދަ ބޮޑު ރޭހެއްގައި ބައިވެރިވެ ރޭސް ފުރިހަމަ ކުރެވުނީތީ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް