24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

ރެއާލް މެޑްރިޑް

ރޮނާލްޑޯ އާއި ބެންޒެމާ ވެސް ސްޕޯޓިން މެޗަށް ދަތުރުނުކުރާނެ

 • ރެއާލް އޮތީ ތިން ޕޮއިންޓްގެ ލީޑަކާ އެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި
 • ޕެޕޭ، ބޭލް އަދި ވަރާން އަށް ސްޕޯޓިން މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވޭނެ
 • ސަޕެންޝަންގެ ސަބަބުން ސްޕޯޓިން މެޗުގައި ޑެނިއަލް ކަވަހާލްއަށް ނުކުޅެވޭނެ
ލީވާން އަލީ | MrLeevaan

| 15 އޭޕުރިލް 2017 | ހޮނިހިރު 04:38 | |

މަގުބޫލް

 1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
 2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
 3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
 4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
 5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
 6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
 7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
 8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


ރެއާލްގެ ކުރިޔަށް ކުޅޭ ރޮނާލްޑޯ (ކ) އާއި ބެންޒެމާ (ވ) -- ގޯލް.ކޮމް

ރެއާލް މެޑްރިޑްގެ ކުރިއަށް ކުޅޭ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރިމް ބެންޒެމާވެސް ސްޕެނިޝް ލީގުގައި އެޓީމު ސްޕޯޓިންއާ ދެކޮޅަށް ނިކުންނަ މެޗަށް ދަތުރުނުކުރާނެކަން ކަށަވަރުވެއްޖެއެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި އަންނަ އަންގާރަ ދުވަހު ބަޔާން މިއުނިކްއާ ދެކޮޅަށް ކުޅޭ މެޗަށް އަމާޒުކޮށް ރޮނާލްޑޯ އަދި ބެންޒެމާއަށް ރެސްޓް ދީފައިވާއިރު، އެއް ނަމްބަރު ކީޕަރު ކޭލޯ ނަވާސް އަށްވެސް ވަނީ ރެސްޓު ދީފައެވެ. މީގެއިތުރުންވެސް ގިނަ ކުޅުންތެރިންނަށް ތަފާތު ސަބަބުތަކާއެކު އެ މެޗުގައި ނުކުޅެވޭނެއެވެ.

އެގޮތުން ބަޔާންއާ ދެކޮޅަށް ފުރަތަމަ ލެގުގައި މިދިޔަ ބުދަ ދުވަހު ކުޅުނު މެޗުގައި އަނިޔާވި ގެރެތް ބޭލް އާއި ސަސްޕެންޝަންގައި ހުރި ޑެނިއަލް ކަވަހާލް އަށް މެޗުގައި ނުކުޅެވޭނެއެވެ. އަދި މިވަގުތު އަނިޔާގައި ތިބި ޕެޕޭ އަދި ރަފައެލް ވަރާންވެސް މެޗުން ނުފެންނާނެއެވެ.

ސްޕެނިޝް ލީގުގައި ރެއާލް ތިން ޕޮއިންޓްގެ ލީޑަކާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި އޮތް އިރު، ސްޕޯޓިން މެޗަކީ ލީގުގައި ކުރިޔަށްދިޔުމަށް އެޓީމަށް ތިން ޕޮއިންޓް ހޯދުން މުހިންމު މެޗެކެވެ. ރެއާލްގެ ފަހަތުން ތާވަލުގެ ދެވަނައިގައި އޮތް ބާސާ ނިކުންނާނީ އަމިއްލަ ދަނޑުގައި ރެއާލް ސޮސައިޑާޑްއާ ދެކޮޅަށެވެ.

ސްޕޯޓިންއާ ދެކޮޅަށް ކުޅުމަށް ހަމަޖެހިފައިވާ 18 ރެއާލްގެ ސްކޮޑުގައި ހިމެނެނީ ކަސިލާ، ޔެނޭޒް، ރާމޮސް، ނެކޯ، މާސެލޯ، ކޮންޓްރާއޯ، ޑެނީލޯ، ޓެހީރޯ، ކްރޫޒް، ހަމޭސް، ކަސްމީރޯ، ކޮވަސިޗް، މޮޑްރިޗް، އެސެންސިއޯ، އިސްކޯ، ވަޒްކޭޒް، މަރީނޯ އަދި މޮރާޓާ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް