24 މާރޗް 2019 | އާދީއްތަ | 13 ފަސްބަދުރުވަ
17 ރަޖަބު 1440
އިޝާ 19:29
މަޣްރިބް 18:18
އަސްރު 15:19
މެންދުރު 12:16
އިރުއަރާ 06:07
ފަތިސް 04:57

މިނިވަން ޗެމްޕިއަންޝިޕް

އދ.އަތޮޅުގެ ޗެމްޕިއަންކަން ކުނބުރުދޫ އަށް

  • ކުނބުރުދޫ ދެން ކުޅެން ޖެހޭނީ މުބާރާތުގެ ޒޯން ބުރުގައި
  • ފާއިތުވި އަހަރު އދ.އަތޮޅުގެ ޗެމްޕިއަންކަން ހޯދީ މަހިބަދޫއިން
އަބްދުﷲ ޒިޔާން އަލީ | AbdhullahZiyan

| 15 އޭޕުރިލް 2017 | ހޮނިހިރު 04:16 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ބަލިކަމަށް ބުނެ ބަހާނާ ދެއްކުމަށް ފަހު ރާއްޖޭ އައުމުން ރަޝިއާގެ ރީތީގެ ރާނީއެއްގެ ލަގަބު އަތުލައިފި
  3. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  4. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  5. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު
  6. އިތުރު ދެ ރަށެއްގެ ސިއްހީ މަރުކަޒު ހޮސްޕިޓަލަށް ބަދަލުކުރަނީ
  7. ބިދޭސީން ގެނައުމަށް ފަހު އިހުމާލުވެފައިވާ 67 ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ
  8. ހަރާމް އެއްޗެއް ކައިފިނަމަ އިލާހީ ކޯފާ ހަށިގަނޑަށް ވާޖިބުވާނެ: ޚުތުބާ


މަންދޫ އަދި ކުނބުރުދޫ ބައްދަލުކުރި ފުރަތަމަ މެޗުގެ ތެރެއިން -- ފޭސްބުކް

 

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ އދ.އަތޮޅުގެ ޗެމްޕިއަންކަން ކުނބުރުދޫއިން ހޯދައިފި އެވެ.

ކުނބުރުދޫ ޗެމްޕިއަންކަން ހޯދީ ހުކުރު ދުވަހު ހަވީރު އެއަތޮޅު މަހިބަދޫ ރަސްމީ ފުޓުބޯޅަ ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި މަންދޫގެ މައްޗަށް ކުރި ހޯދައިގެންނެވެ. މި މެޗް ކުނބުރުދޫއިން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން މޮޅަށް ކުޅެފައިވަނީވެސް ކުނބުރުދޫއިން ނެވެ. އެގޮތުން އެޓީމުން ވަނީ ގިނަ ވަގުތު ބޯޅަ ކޮންޓްރޯލްކޮށް މަންދޫގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. ނަތީޖާއެއްގެ ގޮތުން އެޓީމުން ވަނީ 24 ވަނަ މިނެޓުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ޝަފްރާޒް އެވެ. މި ލަނޑަށް ފަހުގައިވެސް އެޓީމުން ވަނީ ރަނގަޅު ފުރުސަތުތަކެއް ތަނަވަސް ކޮށްފަ އެވެ. ނަމަވެސް ފުރަތަމަ ހާފު ނިންމާލީ 1-0 ގެ ނަތީޖާއަކުންނެވެ.

ދެވަނަ ހާފު ކުނބުރުދޫން ފަށައިގަތީ ކުޅުން އިތުރަށް ވަރުގަދަ ކޮށްގެންނެވެ. އެގޮތުން އެޓީމުން ވަނީ ފުލުފުލުގައި އިތުރު ދެ ލަނޑު ކާމިޔާބުކޮށް ލީޑު ފުޅާ ކޮށްފަ އެވެ. 49 ވަނަ މިނެޓުގައި އަލީ ނިޝާހް ގެ ލަނޑުން ލީޑު ފުޅާކުރިއިރު 55 ވަނަ މިނެޓުގައި އަހްމަދު ރަޒްނީ ވަނީ ކުނބުރުދޫގެ ލީޑު އިތުރަށް ފުޅާކޮށްދީފަ އެވެ.

މަނދޫއަށް މެޗުގައި ސުން ކަނޑުވާލަ ދިނީ 65 ވަނަ މިނެޓުގައި އާދަމް ލަރީފް ކާމިޔާބުކުރި ލަނޑުންނެވެ.

ފާއިތުވި އަހަރު މިނިވަން ޗެމްޕިއަންޝިޕްގައި އދ.އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައިވަނީ މަހިބަދޫއިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް