23 މާރޗް 2019 | ހޮނިހިރު | 12 ފަސްބަދުރުވަ
16 ރަޖަބު 1440
ފަތިސް 04:57
އިރުއަރާ 06:08
މެންދުރު 12:17
އަސްރު 15:20
މަޣްރިބް 18:18
އިޝާ 19:29

މާލެ ލީގު

ކުޅުން ވަރަށް ދަށް، ނަމަވެސް ތިން ޕޮއިންޓު ލިބުމުން އެކަމާ އުފާކުރަން: ސޮބާ

  • މެޗުގައި ގްރީން ސްޓްރީޓުން ކާމިޔާބުކުރި ހަމައެކަނި ގޯލަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔަބުކުރި ގޯލެއް
  • ގްރީން ސްޓްރީޓް އޮތީ ލީގު ތާވަލުގެ 5 ވަނައިގަ
އަބްދުﷲ ޒިޔާން އަލީ | AbdhullahZiyan

| 15 އޭޕުރިލް 2017 | ހޮނިހިރު 04:04 | |

މަގުބޫލް

  1. ނިއުޒިލޭންޑްގެ ބޮޑު ވަޒީރު މިސާލު ނެންގެވީ ރަސޫލާގެ ހަދީސްފުޅުން
  2. ވެލާ ރިޒޯޓުގެ އަގުވައްޓާލަން މީހަކު ދަނީ މަސައްކަތް ކުރަމުން!
  3. ޕްރިޔަންކާ އަށް އިނގެނީ ހަމައެކަނި ބިސް ކައްކަން!
  4. އާގިލް އާއި ޝައްފާން ވެސް މަރާލީ ގޭންގް މާރާމާރީތަކުގައި: ފުލުހުން
  5. ނިއުޒީލެންޑުގެ ގައުމީ ޓީވީއިން ހުކުރު ނަމާދު ވަގުތުން ގެނެސްދޭން ނިންމައިފި
  6. އަހަރުމެންގެ ވަނީ ހިތް ހަލާކުވެފައި، އެކަަމަކު މިތިބީ އެކަތިގަނޑެއްގެ ގޮތުގައި: ނޫރް މިސްކިތުގެ އިމާމް
  7. އުރީދޫ އިން ސުޕަރނެޓް ކަސްޓަމަރުންނަށް މުޅިން އައު ދެ ޚިދުމަތެއް ތަޢާރަފްކޮށްފި
  8. ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއު އިފްތިތާހްކުރާނެ: ރައީސް ސޯލިހު


ޔޫވީ އަދި ގްރީން ސްޓްރީޓް ބައްދަލުކުރި މެޗައްފަހު ބޭއްވި ޕްރެސްގެ ތެރެއިން -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

އެހެން މެޗުތަކާ އަޅާބަލާއިރު މި މެޗުގައި ކުޅުންތެރިންގެ ކުޅުން ވަރަށް ދަށް ކަމަށާ ނަމަވެސް ކުރަން އައި ކަންތައް ހާސިލްވުމުން ހިތްހަމަ ޖެހޭ ކަމަށް ގްރީން ސްޓްރީޓުގެ ކޯޗް އަހްމަދު ސޮބާހު (ސޮބާ) ބުނެފި އެވެ.

އެސްޓީއޯ މާލެ ލީގުގައި ޔުނައިޓެޑް ވިކްޓޮރީގެ މައްޗަށް ކުރިހޯދި މެޗައްފަހު ވާހަކަ ދައްކަމުން ސޮބާ ބުނީ މެޗަށް ނިކުތީ ކޮންމެ ގޮތެއް ހަދައިގެންވެސް 3 ޕޮއިންޓު ހޯދުމަށް ކަމަށާ، މިއީ ގަދަ 4އިން ޖާގަ ހޯދަން ކުރާ މަސައްކަތަށް، ކުރިއަށް އެޅުނު އިތުރު ފިޔަވަޅެށް ކަމަށެވެ.

ސޮބާ ބުނީ، ފާއިތުވި މެޗުތަކުގައި ދެއްކި ކުޅުމާ އަޅާ ބަލާއިރު މި މެޗުގައި އެޓީމުގެ ފަރާތުން ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެށް ކަމަށާ، ޖުމަލަކޮށް ބުނާނަމަ މެޗު ދިޔަ ގޮތާމެދު ހިތްހަމަ ނުޖެހޭ ކަމަށެވެ. ޓީމުގައި އޮތީވެސް ވަރަށް އާދައިގެ ސްކޮޑެށް ކަމުން ކޮންމެ މެޗަކަށް ނިކުންނަ އިރުގައިވެސް، ހުރިހާ ކުޅުންތެރިންވެސް އެ ކުޅުންތެރިއަކަށް ދެއްކުނު އެންމެ މޮޅު ކުޅުމެއް ދެއްކަން ހަނދާން ކޮށްދޭ ކަމަށްވެސް ސޮބާ ބުންޏެވެ. ނަމަވެސް ޔޫވީ މެޗުގެ ކުރިން ބޭއްވި ފަތިތަރުން ތަކުގައިވެސް ކުޅުންތެރިން އެހާ ސީރިއަސް ނޫންކަން ފާހަގަ ވީ ކަމަށް ސޮބާ ވަނީ ބުނެފަ އެވެ،

އިތުރަށް ވާހަކަ ދައްކަމުން ސޮބާ ބުނީ، ޓީމުގެ ކުޅުމަށް ބަދަލު އަންނަން މެދުވެރިވި ސީދާ ސަބަބެށް ބުނަން ނޭންގޭ ކަމަށެވެ. ނަމަވެސް ބޮޑު ބްރޭކެއް އައުމުން އެކަމުގެ އަސަރުވެސް ކޮންމެވެސް ވަރަށް ކޮށްފައި ވާކަން ސޮބާ ފާހަގަ ކުރި އެވެ.

މުޅިން އަލަށް ފުރަތަމަ ޑިވިޝަނަށް ކޮލިފައިވެ ގްރީން ސްޓްރީޓުން އަންނަނީ ލީގުގައި ރަނގަޅު ކުޅުމެއް ދައްކަމުންނެވެ. އެގޮތުން ޔޫވީ އަތުން ހޯދި މޮޅާއެކު އެޓީމުން އޮތީ 7 ޕޮއިންޓާ އެކު ލީގު ތާވަލުގެ 5 ވަނައިގަ އެވެ. އެޓީމުން މިހާތަނަށް ލީގުގައި ކުޅެފައިވަނީ 4 މެޗެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް