19 ނޮވެންބަރު 2018 | ހޯމަ | 06 ނޮރަ
11 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މީރާ

މީރާއަށް މިދިޔަ މަހު 1.3 ބިލިއަން ރުފިޔާ

  • މީރާއަށް މިދިޔަ މަހު ލިބުނީ ކުރިން ލަފާކުރި މިންވަރަށް ވުރެ 3.3 ޕަސެންޓް ދަށް އަދަދެއް
ތަހާރަތު މުހައްމަދު ވަހީދު | thahavahyd

| 14 އޭޕުރިލް 2017 | ހުކުރު 13:49 | |

މަގުބޫލް

  1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
  2. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
  3. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
  4. އަޅުގަނޑަށް ރަނގަޅީ މެޑަމް ނުވަތަ މަހާރެހެންދި ފަދަ ނަންނަމުން މުހާތަބު ނުކުރެއްވިއްޔާ: ފަޒްނާ
  5. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
  6. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
  7. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟
  8. އާ ސަރުކާރުގެ ވަޒީރުން ހުވާ ކުރެއްވުން މިރޭ


މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ މީރާ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

މާޗް މަހު، ޓެކްސްގެ ގޮތުގައި، މޯލްޑިވްސް އިންލޭންޑް ރެވެނިއު އެތޯރިޓީ (މީރާ)އަށް، 1.3 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެ އެތޯރިޓީން ހާމަކޮށްފި އެވެ.

ދައުލަތުގެ ޓެކްސް އިދާރާއިން ބުރާސްފަތިދުވަހު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ މަހު ދައުލަތަށް އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ޖީއެސްޓީ އާއި އެއާޕޯޓް ސާވިސް ޗާޖާއި ރެމިޓެންސް ޓެކްސް އަދި ޓޫރިޒަމް ބޭނުންތަކަށް ވިއްކި ބިމަށާއި އަދި ޓޫރިޒަމް ބޭނުމަކަށް ބަދަލުކުރި ބިމަށް ދެއްކި ފައިސާއިންނެވެ. މީރާއަށް މިދިޔަ މަހު ލިބިފައިވާ އާމްދަނީ ވަނީ 19 ޕަސެންޓް އިތުރުވެފައެވެ.

ނަމަވެސް އެއީ ކުރިން ލަފާކުރި މިންވަރަށް ވުރެ 3.3 ޕަސެންޓް ދަށް އަދަދެކެވެ.

ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް މީރާއަށް ލިބުނު ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް (ބީޕީޓީ)އިން އާޕޯޓް ސާވިސްޗާޖުގެ ގޮތުގައި 73.3 މިލިއަން ރުފިޔާ، ރެމިޓެންސް ޓެކްސްގެ ގޮތުގައި 10.4 މިލިއަން ރުފިޔާ އަދި ޓޫރިޒަމް ބޭނުންތަކަށް ވިއްކި ބިމަށާއި ޓޫރިޒަމް ބޭނުމަކަށް ބަދަލުކުރި ބިމަށް 65.6 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ މަހު މީރާއަށް ލިބުނު އާމްދަނީގެ ތެރޭގައި 62.3 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

ސަރުކާރު ހިންގުމަށް ގިނަ އަދަދެއްގެ ޓެކްސްތަކެއް ނަގަމުން އަންނައިރު، އެ ހުރިހާ ފައިސާއެއްވެސް ހޯދަނީ މީރާ މެދުވެރިކޮށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 އަހަރު ކުރިން | ރިވިއު ކުރީ: އަޒުމޫން އަހުމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް