19 ސެޕްޓެންބަރ 2018 | ބުދަ | 13 އުތުރަ
09 މުޙައްރަމް 1439
ފަތިސް 04:44
އިރުއަރާ 05:55
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:06
އިޝާ 19:17

ކޮރަޕްޝަން

ކުރިން ވައްކަން ކުރީ ސޯޓު ލައިގެން، މިހާރު ވައްކަން ކުރަނީ ކޯޓު ލައިގެން

  • ކަތީބު ކުޑައިރު ބައިސްކަލު ވަގަށް ނަގާ އުޅުނު
  • ސާވޭ ކުރާ މީހަކަށް އުޅުނުއިރު ހޮޓާ ތަކަށް ވަދެ ފައިސާ ނުދައްކާ ފިލާ
  • ގޭދޮށު ފިހާރައިގެ ވިކުރާ ފޮތް އިރާލާ، ވަތްގަނޑުގައި ހުރި ފައިސާކޮޅުވެސް ވަގަށް ނަގާ
އާމިރު ސަލީމް | produceramir

| 14 އޭޕުރިލް 2017 | ހުކުރު 02:08 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. ޕީޕީއެމް ޖަލްސާއަށް ގެންނަ މީހުނަށް އަޅާނުލަކަމުގެ ޝަކުވާތަކެއް!
  4. މާލޭގެ ބޮޑު ސަރަހައްދެއްގެ ބޯފެނަށް ނަޖިހުގެ އަސަރުކުރުމުގެ ފުރުސަތު އެބައޮތް: ތަޖުރިބާކާރެއް
  5. މާމިގިލިން ޕީޕީއެމް އަށް ތާއީދުކުރި ޒުވާނުންތަކެއް އިބޫ ތާއިދުކޮށްފި
  6. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  7. އިބޫގެ ކެމްޕޭން ދަތުރުފުޅު – ޖެއްސުންތަކާއި އުނދަގޫތަކާ ކުރިމަތިލެއްވީ ހިނިތުންވުމާއެކު!
  8. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!


ކޯޓު ފަޓުލޫނުގައި ވައްކަން ކުރާ މީހެއް -- ރާއްޖެއެމްވީ

ދުވަސްވަރަކީ ރަށް ކުރިއަރުވާ ކޮމެޓީގެ އިންތިޚާބު ނުބޭއްވިގެން ރަށު ތެރޭގައި މީހުން އެކި ފާޑު ފާޑު ވާހަކަ ދައްކަމުން ދިޔަ ދުވަސްވަރެކެވެ. ބައެއް މީހުން ބުނާ ގޮތުން އިންތިޚާބު ނުބޭއްވިގެން އުޅެނީ ހުޅަނގުގެ ވިއްސާރަޔާ ހެދި އެވެ. އަނެއް ބަޔަކު ބުނާ ގޮތުން އިންތިޚާބު ލަސްވަނީ ރަށަށް މަސް ނުބާނާތީ އެވެ.

މިކަހަލަ ބޮޑު ހާޖާނުގަނޑެއްގެ ތެރޭގައި އުޅެނިކޮށް އެއް ދުވަހަކު އަޅުގަނޑަށް ރަށުގެ ކަމުވޮށި ވެގެންވާ ބޭފުޅަކާ ބައްދަލު ވިއެވެ. އިންތިޚާބު އޮންނާނެތޯ، ނުބޭއްވި ލަސްވަނީ ކީއްވެތޯ އެބޭފުޅާ ގާތު އަހާލީމެވެ. ޖަވާބުގައި ޗޮކެއް ކަނޑާލައިފާ އޭނާ ބުނީ ކަލޭމެން ކުދިން މޮޔަހޭ، ބިސްވަޅުން ނުކުމެގެންދާ ކުދި ވެލާ ތަކުގެ ތެރެއިން މިޔަރުގެ އަނގަ ދަށުން ބައެއް ވެލާ ސަލާމަތް ވިޔަސް މިރަށުގެ ތިޔަ ހުރި ކަތީބެއްގެ އަނގަ ދަށުން އިންތިޚާބެއް ލިބިދާނެ ކަމަށް ޤަބޫލް ކުރާނަމަ ތިޔަ އުޅެވެނީ އަވާމެންދުރެއްގަ އެވެ. ބަލަގަ ކަތީބަކީ ބޮޑު ވަގެކެވެ. އެމީހާ އެހެން ބުނުމާއެކު، ބައްލަވާ ތިޔަ ބެހެނީ ކަތީބުގެ އަބުރާއޭ އަޅުގަނޑު ދެންނެވީމެވެ. އަޅުގަނޑު އެހެން ބުނުމުން، މަ ރުޅި އަރުވަން ނޫޅޭށޭ، ތިޔަ ކަތީބާއި ކަތީބުގެ އަނބި ފާތުމާފުޅަ، މަށަށްވުރެ ރަގަޅަށް ދަންނަ މީހަކު މިރަށަކު ނޫޅޭނެޔޭ ބުނެ އޭނާ ހިނގައި ގަތެވެ. އެ މީހާ ހިނގައިގަތުމުން އެކަމަކުވެސް ތިޔަ ބެހެވެނީ ކަތީބުގެ އަބުރާ ނޫންތޯއޭ ބުނެ އަޅުގަނޑު އޭނާ އަށް ނަސޭހަތް ދިނީމެވެ.

އަޅުގަނޑު އެހެން ބުނުމުން އެ މީހާ އެނބުރި އައިސް އަޅުގަނޑުގެ ކައިރީގައި އިށީންދެއްޖެ އެވެ. އޭނާ ބުނި ގޮތުގައި އޭނާ އަކީ ކަތީބުގެ ކުޑަ އިރުގެ ރައްޓެއްސެކެވެ. އެއްކޮށް ކިޔަވަން ގޮސް އެއްކޮށް ކުޅެންގޮސް އެއްކޮށް މޫދަށްގޮސް އުޅުނު ގޭދޮށު ކުއްޖެކެވެ. އެމީހާ ބުނާ ގޮތުން ކަތީބުއާއި އޭނާ އާއި ނަކަތްގެ ލެއްވީ ވެސް އެކީގައެވެ. ކަތީބުއާއި ބެހޭ ގޮތުން ވަރަށް ގިނަ ވާހަކަ އޭނާ އަޅުގަނޑަށް ކިޔައި ދިނެވެ. ވަރަށް ކުޑަ އިރުއްސުރެ ކަތީބު އަކީ ބޮޑާ މީހެއް ކަމަށާއި އެކުވެރި ކުދިންނާއި އެއްކޮށް އުޅޭއިރުވެސް "ދާދާ" ހެދިގެން އުޅޭ މީހެއް ކަމަށާއި، ދިހަ ވަރަކަށް ރުފިޔާ ދީގެން ނޫނީ ރައްޓެއްސަކަށްވެސް ކަމެއް ކޮށްލަ ނުދޭނެ ކަމަށް އޭނާ އަޅުގަނޑު ކައިރީގައި ބުންޏެވެ.

ކަތީބުއާއި، މި ދަންނަވާ މީހާ އާއި ދެމީހުން ރަހުމަތްތެރިންގެ ގޮތުގައި ކުޑަ އިރު އުޅުނު އިރު ދިމާވި ބައެއް ހާދިސާ ތަކުގެ ވާހަކަ އަޅުގަނޑަށް ކިޔައިދިނެވެ. ކަތީބަކީ ކުޑައިރުވެސް ވައްކަން ކުރަން ފޯރި ހުންނަ، އެކަމަށް މޮޅު މީހެއް ކަމުގެ ވާހަކަ އެވެ. ގޭ ގޭގެ ގަހުން ވަގަށް ކުންނާރު ބިނުމާ، ގޭ ގޭގައި މީހުން ގެންގުޅޭ ބައިސްކަލު ވަގަށް ނެގުމާ ބައިސްކަލުގެ ފުރޮޅު ނައްޓައިގެން ވަގަށް ނެގުމަކީ ކަތީބު ފަސޭހަ ކަމާއެކު ކޮށް އުޅޭ ކަންކަން ކަމުގައި އޭނާ ބުނެ އެވެ. މަންމަ ބުންޏަސް ބައްޕަ ބުންޏަސް އަގަކަށް ނޫނީ ކަމެއް ކޮށް ނުދޭ ވާހަކަ އާއި، ބައެއް ފަހަރު އެއްޗެހި ގަންނަން މަންމަ ދޭ ފައިސާ އަށް ޚިޔާނާތްތެރި ވާ ވާހަކަ ވެސް އޭނާ އަޅުގަނޑަށް ކިޔައި ދިނެވެ.

ގޭ ދޮށުގައި ހުންނަ ކުޑަ ފިހާރަގަނޑަކަށް ރޭގަނޑު ވަދެ، ސޭޓަށް ބިރު ދައްކާ ވިކުރާ ފޮތް އިރާލާ، ވަތްގަނޑުގައި ހުންނަ ފައިސާކޮޅު ނަގައިގެން ދާ ވާހަކަ ވެސް އޭނާ ބުންޏެވެ. ހިތި ކަނދޫ ވެލެއްގެ ބުޑަށް ފެން ކަމުގައި މާމުއި އެޅިޔަސް އޭގާ އަޅާ އެއްޗެއް ފޮންޏެއް ނުވާނެއޭ، ބަޅެއްގެ ނަގޫ ސަންފާ އޮނަކަށް ލިޔަސް ތެދެއް ނުވާނެއޭ، ތިޔަ ކަތީބު ހަތްހުތުލާ ރާހުތު ލިޔަސް ވަގަކަށް ނޫން މީހަކަށް ނުވާނެއޭ ބުނުމުން، ކަތީބުގެ އަބުރުގެ މަތިން އަޅުގަނޑު އޭނާއަށް ހަނދާން ކޮށްލަ ދިނީމެވެ. އެ ދައްކަނީ ކުޑަ އިރުގެ ވާހަކަ ކަމާއި މިހާރު ކަތީބު ރަގަޅުވެފައި ހުރެދާނެ ނޫންހޭވެސް އަޅުގަނޑު އެމީހާ ކައިރީގައި ބުނީމެވެ. ނަމަވެސް އޭނާ ދައްކަމުން ދިޔަ ވާހަކައެއް ނުހުއްޓިއެވެ. އޭނާ ބުނީ ކަތީބުވެސް، ކަތީބުގެ އަނބި ފާތުމާފުޅުވެސް ކުރަނީ ވައްކަން ކަމަށެވެ. ކާޑު ގޭގައި ހުރި ކާޑު ކޮޅު ވަގަށް ނަގައިގެން، ރ.ކ ކޮމެޓީގެ މެމްބަރުންނަށް ބެހުން ނޫން ކަމެއް ފާތުމާފުޅު ނުކުރާ ކަމަށެވެ. މިސްކިތުގައި ދިއްލާ ބައްތި އަށް އަޅަން ގެންނަ ތެޔޮ ފޮދުވެސް ވަގަށް ނަގައިގެން ފާތުމާފުޅުގެ ނަމުގައި ވިއްކާ ބަހާ އުޅޭ ކަމަށްވެސް އޭނާ ބުންޏެވެ. މީހަކަށް ގެވަޅެއް ކަނޑައިދިނަސް، އިން ފާރު ސީދާ ކުރަން ކަޑައެއް ޖަހައިދިނަސް، ވިހާ މަރުވާ ފޯމުގައި މީހެއްގެ ނަން ޖަހަން ވިޔަސް، އެމީހެއްގެ އަތުން ލާރިގަނޑެއް އަތުލާފައި ނޫނީ އެކަން ކޮށެއް ނުދޭނެޔޭ، ކަތީބުގެ އެއް ބަފާ ބޭބެ ގެންގުޅުނު ދޯނި ގަނޑުވެސް މެޖިސްޓްރޭޓް މީހާއަށް ލާރި ދީގެން ދަމައިގެންފި ނޫންހޭވެސް އެ މީހާ އަޅުގަނޑު ކައިރީގައި ބުންޏެވެ.  އަދި ކަތީބު އެންމެ ފުރަތަމަ އަދާކުރީ އޮފީހުގެ ސާވޭ ކުރާ މީހެއްގެ މަޤާމު ކަމަށާއި އެކަމުގައި އުޅުނުއިރު، ސާވޭ ނިންމާފައި ހޮޓާ ހޮޓަލަށްވަދެ، ސައި ބުއިމަށްފަހު ލާރި ނުދީ ފިލާ ވާހަކަވެސް އޭނާ އަޅުގަނޑަށް ކިޔައިދިނެވެ. ކިތަންމެ ދޮން ކުރިއަސް ދުނބުރިއެއް އަނބަކަށް ނުވާނެޔޭ، ކެއްޗާ ހަމަޔަށް ނެގިޔަސް ކައްޗަށް އެޅިފައި ހުރި ބިންގަލެއް ސީދާލެއް ނުވާނެއޭވެސް ބުންޏެވެ.

ރަނގަޅުވާނެއޭ ހިތާވެސް ނަމަނަމަ ހައި ވެފައި އޮންނަ ސިންގާ އަކަށް ކާން ނުދޭށޭ މީހުން ބުނަނީ އެސޮރު ހަމަ ވަރު ޖެހޭ އިރަށް ތެދުވެ ކަލޭވެސް ކާލާނެތީކަން ނޭގެނީހޭ، މޮޅުތަކެއް ވާނެ ކަމަށް ހިތާ ރަށުގެ ވެރިއަކަށް ކަލޭމެން ތި ބަލައިގަތީ ހަމަ ބޮޑު ވަގެކޭ ކިޔާ އެ މީހާ ތެދުވެއްޖެއެވެ. އެމީހާ ތެދުވުމުން މީހުންގެ އަބުރާ ނުބެހުމަށް ތަކުރާރުކޮށް އޭނާއަށް އަޅުގަނޑު ހަނދާން ކޮށްދިނީމެވެ. އަދި ކަތީބު ކުޑައިރު ވައްކަން ކުރިއަސް މިހާރު ހަމަ އެކަން ނުކޮށްފާނެ ނޫންހޭ އަޅުގަނޑު އެމީހާ ކައިރީ ބުނުމުން އެނބުރިލާފައި އޭނާ ބުނީ އޭރު ވައްކަން ކުރީ ސޯޓު ލައިގެނޭ، މިހާރު ވައްކަން އެ ކުރަނީ ކޯޓު ލައިގެންނޭ، އެކަމަކު ކަލޭމެން ކުދިން ބަލަން ތިބޭށޭ، އަބަދަކު ވައްކަން ކުރާކަށް، ނުބައިކަން ދައްކާކަށް، މީހުންނަށް އަނިޔާ ކުރާކަށް އޭނާ އަކަށްވެސް ނުހުރެވޭނޭ، ޅެންވެރިޔާ ބުނަނީ ހަމަ ތެދެކޭ،

ކިތަންމެ ތިމާގެ މަތިވެރި ނަން އަރާ ހުއްޓަސް ދުވަސް ކޮޅަކުން

                    ކިތަންމެ ނިވާ ތަނެއްގައިވެސް ނަސީބުގެ ބައްތި ނިވިދާނޭ

އެހެން ބުނެފައި އެ މީހާ ހިންގައްޖެ އެވެ. އަޅުގަނޑުވެސް ކޮށްފާނެ ޖޫރިމަނާއަކަށް ގަންނާ ކުރެއްވި ބިރުން އަވަހަށް އެތަނުން ތެދުވެގެން ހިނގައްޖައީމެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 އަހަރު ކުރި | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

ޖުލާ

1 އަހަރު ކުރި

ފޮލޯކްވާހަކައެއް.. އެކަމަކު މީހުން ވަރައް ކިޔާހިތްވާނެ.

1
0
Reethi gas

1 އަހަރު ކުރި

Hehehe.. varah salhi have article eh. Anekkaa mi article in dhaulhathah million rufiyaage income eh generate kureveyne. Adhi ithuru 50 thousand ge bonus akaa eku

1
0
Azee

1 އަހަރު ކުރި

MI yaan te ge vaahaka dho

1
0
Mishy

1 އަހަރު ކުރި

Aburu fulhu gengulhuvvaa beyfulhaa ge aburufulhah anekkaa ves thibevenee...lol

1
0