18 ނޮވެންބަރު 2018 | އާދީއްތަ | 05 ނޮރަ
10 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:55
އަސްރު 15:15
މަޣްރިބް 17:51
އިޝާ 19:06

މަގޭ ރިޕޯޓް

ޚަބަރު ކޮމިޝަންގެ ރައީސް، ޕައްޅަންބޭގެ ކަރުސަތުނާމާ!

 • ޕައްޅަންޕޫރަކީ ވަރުގަދަ ޚަބަރު ކޮމިޝަނެއް އޮންނަ ޤައުމެއް
 • ކޮމިޝަންގެ މަސައްކަތަކީ ސަރުކާރާ ދެކޮޅު އަޑުތައް ކަނޑުވާލުން
 • މަސައްކަތަކީ ޅަސީދީއާ ފަހަރިދައިތަގެ އަގު އަދާކުރުން
އަހުމަދު މުހުސިނު | dhonbandaara

| 13 އޭޕުރިލް 2017 | ބުރާސްފަތި 23:26 | |

މަގުބޫލް

 1. ރާއްޖެޓީވީގެ ބޭނުމަކީ ހިޔާލުތަފާތު ކުރުމާއި ނަފްރަތު އުފެއްދުން: ރައީސް ނަޝީދު
 2. ރައީސް ސޯލިހުގެ ކެބިނެޓަށް އަންހެން ހަތް ވަޒީރުން!
 3. ހުވާކުރުމުގެ ރަސްމިއްޔާތު ރައީސް ޔާމީން ބޮއިކޮޓް ކުރައްވައިފި
 4. ރައީސް ޔާމީނާއެކު ސިޔާސީ މަސައްކަތްކުރެއްވި ބޭފުޅުންނަށް މި ސަރުކާރުން ފުރުސަތު ދީގެން ނުވާނެ: ރައީސް ނަޝީދު
 5. އެނބުރި އަންނާނެ ކަމަށް އެމްޑީޕީއިން ވީ ވައުދު ހަގީގަތަކަށް
 6. ހުވާ ކުރާ ރަސްމިއްޔާތަށް ދަނޑުގައި ހަދާފައި ވަނީ މަޖިލީހުގެ މާލަމެއް
 7. އެންމެ އާދައިގެ ރައްޔިތު މީހާއަށް ވެސް ދައުވަތު ލިބުނު އެންމެ މަތީ ފަންތީގެ ހަފްލާ
 8. ބޮޑު ސުވާލެއް: ޝޭޚް އިމްރާންގެ ވަޒީރުކަމުގެ ޝަރުތު ހަމަވޭތަ؟


މީހަކު ނޫހެއް ކިޔަނީ -- ރާއްޖެއެމްވީ

މީލާދީ ސަނަތުން ހާހާ ނުވަސަތޭކައިގެ އަހަރުތަކުގެ ފަހުކޮޅު ތެރޭގައި ޕައްޅަންޕޫރަށް އުދަވެގެން އައި މާ ވަރުގަދަ ޚަބަރު ބެއެއްގެ ވާހަކަ ތިޔަ ބޭފުޅުން އަޑުއެއްސެވިންތޯއެވެ. އެނގިފައި ނުވާ ނަމަ މިއީ މައުލޫމާތު މުއްސަނދިކޮށްލުމަށްޓަކައި ރަނގަޅު ވަގުތަކަށް ވާނެ ކަމަށް ހީކުރަމެވެ. ހަމަގައިމުވެސް މިވަރުގެ ޗާލާކީ، މަމާމޮޅު، އަބުރުން ފުރިފައިވާ ހައިބަތު ބޮޑު، އިއްޒަތްތެރިކަމާ މަޝްހޫރުކަމުން ފުރިގެންވާ ޝާހިބެއްގެ ވާހަކަ ކޮންމެހެން ވެސް އެނގެން ޖެހޭނެއެވެ. ރަނގަޅަށް ކަނުލާ އަޑުއައްސަވާށެވެ.

 

މިބުނާ ހައިބަތު ބޮޑު އިއްޒައްފުޅު މަތި ސޮރަކީ އާއި ޕައްޅަންޕޫރުގެ ރަސްގެފާނު ތުއްތީދިބެއާ އޮންނަ ވަންހަކޮޅުން އޮންނަ ގާތްކަމަކުން އަވައްޓެރި ކަރައަކަށް ޕައްލަންޕޫރުން ކަނޑައަޅާފައި ހުންނަ ޚާދިމް ބޭބެއަށް އަތްގާތްކޮށްލަދީ ހަދާން އުޅުނު ސޮރެކެވެ. ސޮރުގެ ޖާހަތާއި ބުރުސޫރުއާއި ބިންނަމުންދާ ފެންނެތް ބޮޑެތި ކާށިތަކުގެ ސަބަބުން ނަމަކަށް މީހުންކިޔާ އުޅުނީ ޕައްޅަންބޭއެވެ. ވީކަމެއް އެތަނުގައިވެ ހެދިއްޔާ ހެދިއެއްޗެއް ހަދައި ހޯދިއްޔާ ހޯދިފާހަކާ އެކު އެނބުރި ޕައްޅަންޕޫރަށް އައިސް މިސޮރު ވަނީ އޭރު މާމަޝްހޫރެއްކޮށް ހިނގަމުން އައި ފަގީރު ނޫހަށެވެ. ޖުމްލަ ހަމަކޮށް ލިޔެލަން އެނގުމާ ވަޒަން ބަހުރުވައިގެ ހަމަ ހިފެހެއްޓުމުގެ އިތުރުން ސިފަކޮށްލައިގެން ވާހަކަ ލިޔެލުން ފަދަ ކަންކަމާއެކު އެސޮރަށް ވެސް އެތާނގައި ފައިހަމަކޮށްލެވޭ ވަރުވިއެވެ. އިސާހިތަކު އެސޮރު ވެސް އެތަނުގައި މަސައްކަތް ފަށައިގެންފިއެވެ. ތުއްތީދިބެ ކަރުކެހިލިއްޔާ އެވާހަކަޔާއި ދިޔަތަނެއްގައި ދެއްކިއްޔާ ދެއްކިހާ ވާހަކައެއް ފަސްހަގޮތަށް ބުނެ ދިނުމުގެ އިތުރުން ސަރުކާރުން ފަނުފުޅަފެއް އަޅާލިއަސް އެވާހަކަ ވެސް ލިޔުމުގައި އަވަދިނެތި އުޅެންފެށިއެވެ. އެކަމަކު ދުނިޔޭގެ ވައިފެންޖެހި ހިސާބަކަށް ނަމަވެސް ވާނުވާ އެނގުނީމާ މިސޮރަކަށް ވެސް ހިމޭނުން ހުރެވޭގޮތެއް ނުވިއެވެ. ސީދާ ތުއްދީދިބެއޭ ނުބުންޏަސް ލިޔުނު މާވަރުގަދަ ކުރު ވާހަކައަކާ ގުޅިގެން އެފަދަ އެހެން ސިޔާސަ ސޮރުމެން ފަދައިން އެއްކަލަ ސޮރު ވެސް ޕައްޅަންޕޫރުގެ ހުރަގެއަށް ލައިފޫއެވެ. "ކުޑަގޮޅި" ހިޔާލީ ވާހަކައެއް ކަމަކު ތުއްދީދިބޭ އާއި އޭނާގެ އައުވާނުންގެ ކަންކަން ހުރި ގޮތުގެ ވާހަކަ އާއި އޭރު ހުރަގޭގައި ކުރަމުންދިޔަ އަނިޔާތަކުގެ ވާހަކަ ހިމަނައިގެން ނިކަން ފަށުވި އިބާރާތުން އަމުނާފައި އޮތް ގޮވެލި ފައްޗެކެވެ. އެ ވާހަކަ ލިޔެގެން އެސޮރު ވެސް ލީ ކުޑަގޮޅި ހުރި ބޮޑު ހުރަގެ އަކަށެވެ. މާގިނަ ދުވަހެއް ނުވެ ދެފައިތަޅާ ރޮއެގަތީމާ ތުއްދީދިބެގެ މުއްފަތުން އައި ދީލަތި މައާފާއެކު އެސޮރަކަށް މާގިނަ ދުވަހު އެތާކު އޮންނާކަށް ނުޖެހުނެވެ. ވަންހަކޮޅުން ގުޅުމެއް އޮތް ކަމީ އެސޮރުގެ ވާ ނަސީބެވެ. އެހެންޏާ ފަހެ އެ އުމުރުގެ ސިޔާސީ ސޮރުމެން ހުރަގެއިން ނުކުންނަ އިރު މައިބަދައިގަ ވަރެއް ނުހުރެޔޯލައެވެ. ކޮންމެއަކަސް ސިޔާސަ ވެލީމާ އަރުތެރޭގައިލީ ރަހައިން އެސޮރަކަށް އިތުރަށް އެކުޅިސަމާ ދައްކާކަށް ނުކެރުނެވެ. ހަށިގަނޑުގައި އުފެދުނު ޖޯޝާއި ކެކެމުން ދިޔަ ލޭ ހަމަ ހިސާހިތަކު މަޑުވެ މައިތިވެއްޖެއެވެ.އޭގެ ފަހުން ވައިއެޅުވުމާއި ތިން މުގޯއްޔާއި ފައިގެތަޅާ އާއި ރަމަންފޯލި ފަދަ ކުޅިވަރު ޚަބަރުތަކުގެ ވާހަކަ ނޫނީ އެސޮރު ނުދައްކައެވެ. ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫނޭ ބުނާ ބީދައިން އެންމެ ބޯޅަ މެޗެއްގައި ކޮމެންޓްރީ ދީގެން ވެސް ޕައްޅަންޕޫރު މީހުންގެ ލައްކަ ތައުރީފް އެސޮރަށް ލިބިއްޖެއެވެ.

 

ދަނޑިވަޅު ބަލާފައި މިސޮރު ދެންފަށައި ގަތީ މުޅިން އެހެން ކަމެކެވެ. "ލިބާސް"ގެ ނަމުގައި މަޖައްލާއެއް އުފައްދައިގެން އޭގައި ދެން ފެށީ ނާޗަރަންގީ ކުޅޭ ކުދިންގެ ވަތުބަތާނަ ލިޔުމާއި ހިތްދަމައިގަންނަ ގޮތްގޮތައް ކުރުވާހަކަ ލިޔުމެވެ. ރާއްޖެތެރޭ ރަށެއްގައި އެކަނި އުޅުނު ބޮޑު ދައިތައަކާއި ގަޔާންވެގެން އުޅުނު ޒުވާން ފިރިހެން ކުއްޖެއްގެ ވާހަކަ ލިޔެލައިގެން އިސާހިތަކު މިސޮރުގެ ނަން ވެސް ޕައްޅަންޕޫރުގައި ހިނގައިތެވެ. މަޝްހޫރުވެ ބަނިޔާދަ އަންހެން ކުދިންނާއެކު ހީނސަމާސަ ކޮށްލާނެ ފުރުސަތު ލިބެން ފެށިއެވެ. ބޮލާއި ތުނބުޅީގައި ޖަހަމުން އައި ނުރަޔަށް ނުބަލައި އުމުރުން ތިމާ އަށް ވުރެ ހަގު ކަނބުލޮތަކަށް ފުރައްސާރަކުރަން ފެށިއެވެ. ތިލަދުންމައްޗެއް ހައްދުން މައްޗެއް ބެލުމެއް ނެތި ފެނުނިއްޔާ ފެނުހާ ދިމާލަކަށް މުގޯލި އަޅަން ފެށިއެވެ. އޮޅިގިރާކުރާ ތަނުން މުންޑު ތެމުނެއް ކަމަކު މަންމައިގެން ކާށި ބޯޅަ ޓީމުތައް ގޮވައިގެން ދަތުރު ދިއުމާއި ހުސްކޮޓަރިތަކުގެ ހިސާބު ކިތާބު ބަލަހައްޓާން ފެށިއެވެ. އެގަހުކޭލެއް މިގަހު ކޭލެއް ނުބަލައި ރެއާ ދުވާލު ކަޅަށް ޖައްސާން ފެށިއެވެ. ފައިކުރި އޮޅައި ފަސް ވަގުތު ނަމާދުކުރާ ކަމަށް ދެއްކިއެއް ކަމަކު ކައިރީގައި ދަރިވަރުވާން އުޅުނު ސޮރުމެންގެ އެހީގައި ނިވަލުގައި ހުރެ ވާތުކޮނޑަށް ބަރުވާ ވަރުގެ ފާފަތަށް ކުރަމުން ގެންދިޔައީ ހިޖާބު އަޅައިގެން އުޅުނު ކުދިން ވެސް ޖާދޫގައި ޖައްސަމުންނެވެ. މަޝްހޫރުކަން އިތުރު ވެލާންވެގެން ޚަބަރު އިންތައް ކިޔައިދޭނެ ކުލަބުތައް ހަދައިގެން މާ މިނިވަން ނޫސްވެރިކަމެއްގެ ވާހަކަ ދައްކާން ފެށިއެވެ.

 

މިހާހިސާބަށް އައިރު ޕައްޅަންޕޫރަށް ވެސް ބަދަލުތަކެއް އައިސް އިހު ހިނގަމުން އައިގޮތް ބަދަލުވާން ފެށިއެވެ. ކޮމެޓީތަކާއި ލަވަޕާޓީތަކާއެކު މާލޫދު ޕާޓީތައް ވެސް ހަދާން ފެށިއެވެ. ކަންކަން ބަލާނެ ކޮމިޝަންތައް ވެސް އުފައްދާން ފެށިއެވެ. އިސާހިތަކު ތުއްދީދިބެގެ ރަސްކަން ބަދަލުވެއްޖެއެވެ. ޒަމާނީ ބަދަލުތަކާ އެކު ދެން ޕައްޅަންޕޫރުގެ ވެރިކަމަށް އެރީ ސަންގު ދޮންބެއެވެ.  

 

ސަންގް ދޮންބެ ވެރިކަމަށް އެރުމާ އެކު ފާޑުފާޑުގެ ކޮމިޓީތަކާއި ކޮމިޝަންތައް އުފައްދަން ފަށައިފޫއެވެ. ދެނެކާ ދެނެއް ނެތެވެ. އެތަނުން ކޮމިޝަނެއްގެ ބޮޑަކަށް ވުމުގެ އެދުންވެރިކަން އެއްކަލް ޕައްޅަންބެގެ ހިތުގައި ފާއްދާލައިފިއެވެ. ސަލާން ޖަހާން ތިބޭ މީހުންގެ އަސްލު ބުނެދޭށޭ ކިޔައިގެން މާވަރުގަދަ މޭކަޕެއްކޮށް ސިފަ ބަދަލުވެގެން ގޮސް "ލިބާސް" މަޖައްލާއިން ކުރި މަސައްކަތް ފަދަ މަސައްކަތެއް މިސޮރު ވެސް ފަށައިގަތެވެ. ތޮށިގަނޑު ބަދަލުކޮށްލައިގެން ނުކުމެ ކުލަ ބަދަލުކޮށްގެން އެ ތަނުން ކޮމިޝަނަކުން ޖާގައެއް ލިބޭތޯ އާދޭސް ދަންނަވައިފިއެވެ. އެންމެ ފަހުން ބޮލަށް ތުރާވެގެން ނަގައި ޕައްޅަންޕޫރުގެ "ޚަބަރު ކޮމިޝަން"ގައި ބައިންދައިފޫއެވެ. ތުއްދީދިބޭގެ ކޮށްކޮ ޅަސީދީގެ މޮޅު ބުއްދީންނާއި ފަހަރި ދައިތަގެ ވަރުގަދަ މަންތަރެއްގެ ތެރެއިން ވަރުގަދަ މަސައްކަތަކާ އެކުގައެވެ.

 

ސަންގު ދޮންބެގެ ބަދުނަސީބުން ވެރިކަން ބަދަލުވެ ނައިބަކަށް ހުރި ކަޅުބެ ވެރިކަމަށް ސަވާރުވުމުން ވެސް އެއީ ގޯހެއް ކަމަށް ނުބަލައި ޕައްޅަންބެގެ މަސައްކަތަކަށްވީ ސަންގް ދޮންބެ ހިއްރުއްސަން އުޅުނު ގޮތަށް ކަޅުބެގެ ވެސް ހިތް ފަތަހަކުރުމެވެ. މި ގޮތުގައި ދައުރެއް ހަމަކުރި އިރު އަނެއްކާ ވެސް ޕައްޅަންޕޫރުގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އަތުވެއްޖެއެވެ. ކަޅުބެގެ ވެރިކަމުގައި އެކަށީގެންވާ މަސައްކަތެއް މިސޮރުގެ ކޮމިޝަނަށް ނުކުރެވޭ ވާހަކައާ އެކު މަގުބޫލުކަން ގެއްލި މުންޑު ބޭލޭ ވަރުވެފައި ހުއްޓާ މި ސޮރުގެ ނަސީބު އަނެއްކާ ވެސް އަތުގައި ހިފީއެވެ. މިފަހަރު ވެރިކަމަށް ސަވާރުވީ އެއްކަލަ ތުއްދީދިބޭގެ ކޮއްކޮ ޅަސީދީއެވެ. ޅަ ސީދީގެ ވެރިކަމުގައި މިސޮރުގެ ދައުރު ހަމަވާން ކައިރިވި އިރު ޚަބަރު ކޮމިޝަނު ބޭރުވެދާނެހެން ހީވުމުން އަނެއްކާ ވެސް އެއްކަލަހެން އާދޭސް ދަންވައި ފަހަރި އަށް ބާޒާރުކޮށްދީ ގެއަށް މަސް އުފުލައިދީ ކަންކަން ކޮށްއުޅެން ފެށިއެވެ. މިކަންކަން ފެނިފައި އަދި ކުރިން ވެސް މި ސޮރު އެތަނަށް ގެނައުމުގައި އެހީތެރިވެފައި އޮތީތީ އާއި ވަންހަފުޅުން ގުޅުމެއް ވެސް އޮތީތީ އަނެއްކާ ވެސް ޚަބަރު ކޮމިޝަނުގެ ވެރިއަކަށް މިސޮރު އިސްކޮށްފިއެވެ. ނަމަވެސް މި ފަހަރު ވަރުގަދަ ޝަރުތުތަކާކާ އެކުއެވެ.

 

ދެނެކާ ދެނެއް ނެތެވެ. ޚަބަރު ކޮމިޝަނަށް މިސޮރު ލައިދިން އަގު އަދާކުރުމުގައި ހައްޓަކު ހެޔެއް ނެތެވެ. ފަހަރިދައިތަ ފޮނުވި ކުޑަދެކުދިންނާއި މައިބަހުސް މަޖިލީހަށް ކަނޑައަޅާފައި ހުރި ލީޑަރުގެ ދޯސްތަކާ އެކު މަސައްކަތް ފަށައިގަތެވެ. އަރުވާ ޖަހާފައި ރެއާދުވާލު އުޅެންފެށީ ޕައްޅަންޕޫރު ސަރުކާރުގެ ދެފުށް ކިޔައިދޭ ނޫސްވެރިން މަޅިއެޅުވުމަށެވެ. އެފަދަ ވާހަކަތައް ހިފެހެއްޓުމެއް ނެތި ދައްކާ އުޅޭ ޓީވީ ފޮށިތަކުގެ އަޑު ކަނޑުވާލުމަށެވެ. ކިޔާން ނުވާއެއްޗެހި ކަމަށް ކަނޑައަޅާ ރަތްރޮނގު ހުރަސް ކޮށްފިނަމަ ދުވަސް ދުއްވާލާނެ ކަމުގެ އިންޒާރުދީ ގަދަބަސްބުނާން ފެށިއެވެ. މާބޮޑު އަބުރެއްގައި ހިފައިގެން ތިބި ހައްގު ޓީވީ ފޮށި ސައިޒް ކުރުމެވެ. ފުރަތަމަ އެތިފަހަރު ވެސް ގުނާލީ އެމީހުންގެ އަތުންނެވެ. ދެ ލައްކަ ޕައްޅަން ރުފިޔާ އިންނެވެ. ދެވަނަ ހަމަލާގެ އަގު އެއްމިލިއަނުން ކަނޑާލިއިރު ދެންހުރި ޓީވީ ފޮށިތަކާ މެދު ލޮލުގެ ހިމަކޮޅުން ވެސް ބަލާލާކަށް މިސޮރުގެ ހިތަކަށް ނޭރިއެވެ.

 

ކޮންމެއަކަސް ޕައްޅަންބޭއަށް ޕައްޅަންބެ އޮޅިއްޖެއެވެ. ކުދިކިޔާ މީހުންނާ ކުސަ ދަމާއުޅުޅޭ ސިޔާސަ ކުދިންނަށް ބަލާލުމެއް ނެތިއެވެ. ހަމަޔާ ލަމައަކަށް އަޅާލުމެއްނެތިއެވެ. އެސޮރުގެ ގާތު އުޅުނު ރައްޓެހި ރަހުމަތްތެރިންގެ ހެޔޮބަހަށް ފަރުވާލެއް ނެތިއެވެ. އެސޮރުގެ އޮތީ ހަމަ އެންމެ ކަމެކެވެ. ޅަސީދީ އާއި ފަހަރިދައިތަ އަންގާފައިވާ ގޮތައް ޕައްޅަންޕޫރު ސަރުކާރާ ވައިވެސް އެޅިލިޔަ ނުދިނުމެވެ. އެފަދަ ކަމަކައިގެން ކުޑަބޭރު ވެސް އަރުވާލިޔަ ނުދިނުމެވެ. ދުއްވަން ދިން ދިދަކޮޅު ޖެހި ގާޑިޔާގަނޑާއި ކުރިން އެ ސޮރަށް ގުނަން ވެސް ނޭނގޭހާ ބޮޑު މުސާރަ ގެއްލިދާނެތީ ހީވަނީ އެހެން ފަދަ ކަމެއް ހެންނެވެ. ކޮންމެޔަކަސް މި ސޮރުގެ ވާހަކަ އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަކީ ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވާތީ މި ވާހަކަ ދެންނެވީއެވެ. ޝައުގުވެރިކަމާ އެކު އަޑުއެހީތީ ޝުކުރިއްޔާއެވެ. ދެން ނިކަން ބަލަން ތިބެމާ ހެއްޔެވެ. މި ވާހަކަ ދެއްކީތީ ވެސް ޕައްޅަންބެ މިހާރު ހުންނާނީ މަށާއި މަގޭ ޓީވީ ފޮށި ބަންދުކުރާނެ ރަނގަޅު މަންތިރިއެއް ތައްޔާރުކޮށްގެންކަން ޔަގީނެވެ.

 

 

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މޫމިނާ

2 އަހަރު ކުރިން

ތިޔަ ޕައްޅަންބެ މަވެސް ދަންނަން. އޭނާ ބޭނުންވާނީ ބޮޑު ނަމާއި ހައިބަތު. ޝާނާއި ޝުހުރަތު. ސިކުނޑީގަ ހަމަ އެއްވެސް ތެތްކަމެއް ނެތް ބޮޑު ސޮހޮލެއް. އަންހެނުން ފަހާ ދުވުން ނޫންކަމެއް ނޯންނާނެ. ބްރޯޑޤކާސްޓަރުން އެއްވެސް އިތުބާރެއް ނުކުރާއިރުވެސް އަދި ބަލައި ނުގަންނައިރުވެސް އެ ގޮނޑިގަ ގަދަބާރުން ދެއަހަރު އެއިންނަނީ ކޮންކަމެއް ވެގެންބާއޭ ހިތަށްއަރާ

0
0
Saheeb

2 އަހަރު ކުރިން

Thibuneerabgalhuvaahakekeve seedhaakonaanuseedhaakonvesthibunee mihaarukanhigaagothugevaahakaeve.?

0
0
ޕްރިންސެސް

2 އަހަރު ކުރިން

Interesting...keep it up

0
0
chart

2 އަހަރު ކުރިން

Chartun beyru v ma vaanegoy thi vani. Hajjam pleas

0
0
ހ މ ޒ

2 އަހަރު ކުރިން

މަޝްވަރާއަށް އަންނަން ގޮވީމަ ތި ނާންނަނީ؟

0
0
ހ މ ޒ

2 އަހަރު ކުރިން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އަނބިކަނބަލުން އަދި އެމެރިކާގެ ފަސްޓް ލޭޑީ މެލެނިޔާ ޓްރަމްޕް ކުރެއްވި އަބުރު ދައުވާއަކާ ގުޅިގެން އިނގިރޭސިވިލާތުގެ ނޫހަކުން އެކަމަނާ އަށް 3.5 މިލިޔަން ޑޮލަރު ދޭން އެއްބަސްވެއްޖެ އެވެ!؟ޓީވީ ފޮށި

0
0
ޝަހީބު ކަތީބު

2 އަހަރު ކުރިން

ވަރަށް ފުރިހަމަ ލިޔުމެއެއް.

0
0