22 ނޮވެންބަރު 2018 | ބުރާސްފަތި | 09 ނޮރަ
14 ރަބީޢުލްއައްވަލް 1440
އިޝާ 19:07
މަޣްރިބް 17:51
އަސްރު 15:16
މެންދުރު 11:56
އިރުއަރާ 05:53
ފަތިސް 04:37

މީރާ

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

  • މިއީ ކުދި ވިޔަފާރިތަކަށް ދެވޭ ޚާއްޞަ ޢިނާޔަތެއް: މީރާ
އަމިނަތް ނުޒުހާ | Nuzuha

| 13 އޭޕުރިލް 2017 | ބުރާސްފަތި 22:20 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. އިލްހާމް ޕީޕީއެމަށް ދިޔައީ އަޅުގަނޑު ކުރެން އަހައި، ހުއްދަ ހޯދައިގެން: ގާސިމް
  4. ތިން އަހަރު ވަންދެން ލަހިރު މަދުޝަންކާ ހުރީ ޝޮކެއްގައި: ލަންކާގެ މިނިސްޓަރ ފައިޒަރު މުސްތަފާ
  5. ސުމިތު މިނިވަން ކުރުމަށް މިނިސްޓަރު މަހުލޫފު ގޮވާލައްވައިފި
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. ލިންކް ރޯޑުގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކު ނިޔާވެއްޖެ
  8. މަހަނަކޯން ޓަވަރގެ ބިއްލޫރި ޕްލެޓްފޯމް ހުޅުވައިފި


މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ -- ރާއްޖެއެމްވީ ފޮޓޯ : އަޒުމޫން އަހުމަދު

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ހުރިހާ ޖޫރިމަނާތައް މަޢާފު ކޮށްދިނުމަށް ނިންމާފައިވާކަމަށް މީރާއިން ހާމަކޮށްފިއެވެ.

 

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މީރާއިންބުނީ، މިގޮތަށް ނިންމީ، ޖޫރިމަނާ މަޢާފު ކުރުމުގައި މިހާރު ޢަމަލު ކުރަމުންދާ ޢާއްމު އުސޫލުގެ އިތުރުން ކުދި ވިޔަފާރިތަކަށް ދެވޭ ޚާއްޞަ ޢިނާޔަތެއްގެ ގޮތުންކަމަށެވެ. އަދި އެފަދަ ފަރާތްތައް މި ނިޒާމުގެ ތެރެއަށް އެނބުރި އައުމަށްޓަކައި އެހީތެރިވެދިނުމުގެ ގޮތުން އަންނަ ޖޫންމަހުގެ 30 ނިޔަލަށް ދެވޭ ފުރުޞަތެއް ކަމަށްވެސް މީރާއިން ބުންޏެވެ.

މީރާއިން ބުނީ، ޖޫރިމަނާ މަޢާފުކޮށްދެވޭނީ ހުށަހަޅަންޖެހޭ ހުރިހައި ޓެކްސް ބަޔާންތަކެއް ހުށަހަޅާފައިވާ، މާފުކޮށްދޭ ޖޫރިމަނާ ފިޔަވައި އެފަރާތަކުން ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކާފައިވާ ނުވަތަ ފައިސާދެއްކުމުގެ އެއްބަސްވުމަކަށް އައިސްފައިވާ ފަރާތްތަކަށާއި، ކޯޓުން ހުކުމެއް ކޮށްފައިވާ މައްސަލައަކާގުޅޭ  ޖޫރިމަނާއަކަށް ނުވާ ފަރަތްތަކުގެ ޖޫރިމަނާތަައްކަމަށެވެ.

 

މި އުސޫލުގެ ދަށުން މަޢާފު ކޮށްދެވޭނީ، އަހަރަކު 10 މިލިއަން ރުފިޔާއަށް ވުރެ މަދުން އާމްދަނީ ލިބޭ ފަރާތްތަކުން، ބިޒްނަސް ޕްރޮފިޓް ޓެކްސް، ބީޕީޓީ އަދި މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް، ޖީއެސްޓީ އާ ގުޅިގެން މި މަހުގެ ނިޔަލަށް އަދާކުރަންޖެހޭ އެންމެހާ އިލްތިޒާމުތަކާ ގުޅޭ ޖޫރިމަނާތައް ލުއި ކޮށްދިނުމަށް އެދި، ކަނޑައެޅިފައިވާ މުއްދަތުގައި އެ އޮތޯރިޓީއަށް ހުށައެޅުމުން ކަމަށް މީރާއިން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަހުމަދު މުހުސިނު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް