21 ނޮވެންބަރު 2018 | ބުދަ | 09 ނޮރަ
13 ރަބީޢުލްއައްވަލް 1440
ފަތިސް 04:37
އިރުއަރާ 05:52
މެންދުރު 11:56
އަސްރު 15:16
މަޣްރިބް 17:51
އިޝާ 19:07

ބްރޯޑްކޮމް

"އަބުރެއް ނެތް ޕަޕެޓުންގެ ކޮމިޝަން"

  • ޕީޕީއެމްގެ މަސައްކަތްތަކުގައި އުޅުއްވި ބޭފުޅުން ކޮމިޝަނުގައި އެބަ ތިއްބެވި
  • އެއް ބާވަތެއްގެ މައްސަލަތަކުގައި ބޭއިންސާފުން މައްސަލަތައް ނިންމާފައި ވޭ
  • މިހާތަނަށް އަބުރުގެ ގާނޫނުގެ ދަށުން ޖޫރިމަނާކޮށްފައި ވަނީ ރާއްޖެޓީވީ އެކަނި
އަލީ ޔޫސުފް | AliYooosuf

| 12 އޭޕުރިލް 2017 | ބުދަ 22:16 | |

މަގުބޫލް

  1. ރައްޔިތުންގެ އާދޭސް: މި މިނިސްޓަރުންނަށް ނަމަނަމަ ރުހުން ނުދޭތި!
  2. މިނިސްޓަރަކަށް މިއައީ ސިފައިންނަށް ބަޑި ޖަހާ ގޮތް ކިޔާދޭކަށް ނޫން: ޑިފެންސް މިނިސްޓަރ
  3. ޚަޝޯގީ މަރާލާ އަޑު ރެކޯޑް ކުރެވިފައިވާ އޯޑިއޯ އަޑުއެއްސެވުމަށް ޓްރަމްޕް ދެކޮޅު ހައްދަވައިފި
  4. ކޮންމެ މުވައްޒަފަކަށް ވެސް ބޭނުން ސިޔާސި ފިކުރެއްގަ އުޅެވޭނެ: ޔޫތު މިނިސްޓަރު
  5. ސައުދީން ދިން ކާރު މުސްތަފާގެ ނަމުގައި ރަޖިސްޓްރީ ކުރި މައްސަލަ އޭސީސީން ބަލަނީ
  6. 'މާކަނާ ޝޯ ރާއްޖެޓީވީއަށް!
  7. 29 މަރެއްގެ މައްސަލައެއް ތަހުގީގުކުރުމަށް އެބައޮތް:ސުއޫދު
  8. ރައީސް ސޯލިހުގެ ކެބިނެޓަށް އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރުގެ ތައުރީފު


ބްރޯޑްކޮމްގެ ބައެއް މެންބަރުން ކުރައްވާފައިވާ ސިޔާސީ ޕޯސްޓަތައް -- ޓްވިޓަރ

އަބުރު ރައްކާތެރިކޮށްދިނުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު ނުވަތަ އާންމުންގެ ބަހުރުވައިން ނަމަ "އަބުރުގެ ގާނޫނު" ވުޖޫދަށް ގެނައުމުގެ މައިގަނޑު ސަބަބެއް ކަމުގައި އޮތީ ރައްޔިތުންގެ އަނގަ މަތީގައި ޓޭޕް އެޅުވުމެވެ. އަބުރު ރައްކާތެރިކޮށްދިނުމުގެ ނަމުގައި ރައްޔިތުންގެ ފިކުރާއި ހިޔާލުގައި ވެސް ތަޅު އެޅުވުމެވެ.

އެ ގާނޫނުގެ ބާރު ދިނީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނާއި މޯލްޑިވްސް މީޑިއާ ކައުންސިލަށެވެ. ހާއްސަކޮށް މިހާރު ވެސް ސިޔާސީ ވެފައި އޮތް ބްރޯޑްކާސްޓިން ކޮމިޝަނަށެވެ. ގާނޫނު އައުމުގެ މާ ކުރިން ވެސް ވަކި އަތަކަށް ޖެހި ހުސްވެފައި އޮތް ކޮމިޝަނަކަށެވެ. މައިގަނޑު ބޭނުމަކީ ސަރުކާރުންނާއި ގައުމުގެ ވެރިން ހިންގާ ކޮރަޕްޝަންގެ ވާހަކަތައް ހުއްޓުވުމާއި ސަރުކާރުގެ އެފަދަ އަމަލުތަކަށް ފާރަލައި ޖެހިލުމެއް ނެތި ހާމަކުރާ މިނިވަން މީޑިއާތަކަށް ފިޔަވަޅު އެޅުމެވެ.

މި ގާނޫނު ވުޖޫދަށް އައުމުގެ ކުރިން ވެސް ބްރޯޑްކޮމް އިން ދިޔާއީ ސަރުކާރުގެ ކޮރަޕްޝަންތަކުގެ ވާހަކަ އެންމެ ފާޅުކަން ބޮޑު ގޮތެއްގައި ގެނެސްދެމުން އަންނަ ރާއްޖެ ޓީވީއާ މެދު ފިޔަވަޅުތައް އަޅަމުންނެވެ. ޖޫރިމަނާ ނުކުރި ނަމަވެސް ތަފާތު އިންޒާރުތައް ދީ ނުހައްގުން އިރު އިރުކޮޅާ މައާފަށް އެދުމަށް މަޖުބޫރުކުރުވަމުންނެވެ.

އަބުރުގެ ގާނޫނު އައުމާ އެކު ކުރިން ވެސް ލަފާކުރެވިފައިވާ ގޮތަށް ބްރޮޑްކޮމް އިން ފިޔަވަޅު އެޅީ ރާއްޖެ ޓީވީއާ ދެކޮޅަށެވެ. ފުރަތަމަ ފެށީ 200،000ރ. (ދެލައްކަ ރުފިޔާ) އިންނެވެ. ނޫސްވެރިޔާ ބައި ލައްކަ ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ. އެ ފައިސާ ދައްކަން އެއް މަސް ދުވަސް ދިނުމުން އެ ފައިސާ ރާއްޖެ ޓީވީން ދެއްކި ދުވަހު އަނެއްކާ ވެސް އެއް މިލިއަން ރުފިޔާ އިން ވަނީ ޖޫރިމަނާކޮށްފައެވެ. އަދި ކުރިއަށް އޮތީއެވެ. މިފަދަ އެތައް މައްސަލަތަކެއް ކޮމިޝަނުގެ ޕެންޑިންގައި އެބަހުއްޓެވެ. އަދި ބަލަމުން ވެސް އެބަ ގެންދެއެވެ.

ބްރޮޑްކޮމްއަކީ އުފެދުނު އިރު ވެސް ސިޔާސީ ވެފައި އޮތް ކޮމިޝަނެކެވެ. މިހެން ބުނެގެން ޖޫރިމަނާ ކުރިޔަސް އަދި ގެންގޮސް ޖަލަށް ލިޔަސް މިއީ ދޮގަކަށް ނުވާނެއެވެ. ކޮމިޝަނަށް އައްޔަން ކުރި މެންބަރުންގެ ތެރޭގައި ތިއްބެވީ ޕީޕީއެމްގެ ހަރަކާތްތަކުގައި ނުލާހިކު ބުރަކޮށް އުޅުއްވި ބޭފުޅުންނެވެ. ހާއްސަކޮށް އަންހެން ދެ ބޭފުޅުންނަކީ ސީދާ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހީމްގެ މަސައްކަތްތައް ކުރައްވަން ތިއްބެވި ދެ ބޭފުޅުންނެވެ. ފަސްބައިގައި ވަރަށް ބޮޑަށް ފިޔާތޮށިކުލަ ޖެހިފައި ތިއްބެވި ދެކަނބަލުންނެވެ. އެއް ބޭފުޅަކީ ސީދާ މެޑަމްގެ ކަންކަމުގައި މީޑިއާތަކަށް ދައުވަތު ފޮނުއްވުމާއި އެ ނޫން ވެސް މުހިންމު ކަންކަން ކުރައްވަން އުޅުއްވި ކަނބަލެކެވެ. ކޮމިޝަނަށް ހޮވުނުއިރު ވެސް އެ ބޭފުޅުންގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ސަރުކާރަށް ސަނާކިޔުމާއި ޕާޓީ ޕްރޮމޯޓްކުރުމުގެ ޕޯސްޓްތައް ހުއްޓެވެ. އަދި ކޮމިޝަނަށް ހޮވުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޮތް ޕާޓީގެ ކޮންގްރެސް އާއި އެ ނޫން ވެސް ޖަލްސާތައް އިންތިޒާމުކުރެއްވުމުގައި ވަރަށް އަވަދި ނެތި އުޅުއްވި އެވެ.
 

ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބް:  މީޑިއާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ނަމަވެސް މީޑިއާގެ އިހްސާސްތަކަށް ފުރަގަސްދެއްވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރޭ
ބްރޯޑްކޮމްގެ ރައީސް މުހައްމަދު ޝަހީބް:  މީޑިއާގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ނަމަވެސް މީޑިއާގެ އިހްސާސްތަކަށް ފުރަގަސްދެއްވާ ކަމަށް ގިނަ ބަޔަކު ތުހުމަތުކުރޭ

 

މީޑިއާގެ ދާއިރާގައި އެތައް އަހަރެއް ވަންދެން މަސައްކަތްކުރައްވައި އަދި ދާއިރާ އިން މަތީ ތައުލީމު ހާސިލްކުރައްވާފައި ތިއްބެވި ބޭފުޅުން ވެސް ކުރިމަތިލައްވާފައި ވަނިކޮށް ޕާޓީ ކުދިންކޮޅު މަޖިލީހަށް ނެގުމުގެ މައިގަނޑު ބޭނުން ނުބުންޏެއް ކަމަކު ޅަކުދިންނަށް ވެސް ވަރަށް ރަނގަޅަށް އެނގޭނެއެވެ.

ކޮމިޝަނުން މިހާތަނަށް ނިންމާފައި ހުރި ނިންމުންތަކުގެ އެންމެ ފުނަށް ނުދިޔައެއް ކަމަކު މަތިންމަތިން ބަލައިލި ނަމަވެސް އެ ނިންމުތައް ވަކިފަރާތަކަށް ޖެހި ހުސްވެފައިވާކަން ހަމަ ބުއްދި ހުރި މީހަކަށް ނަމަ އެނގޭނެ އެވެ. އެހާ ވެސް ސާފެވެ. އެއް ބާވަތެއްގެ މައްސަލަތަކުގައި ސަރުކާރުގެ ޓީވީ ޗެނަލް އާއި ސަރުކާރުގެ ޚަބަރުތައް ގެނެސްދިނުމަށް އުފައްދާފައިވާ ޓީވީ ޗެނަލް އަށް ފިޔަވަޅު ނާޅައި ދޫކޮށްލާފައި ވެއެވެ. އަދި ބްރޯޑްކާސްޓަރުންގެ ކޮންޓެންޓް މޮނީޓާކުރުމުގެ ޒިންމާ ކޮމިޝަނަށް މަތިކޮށްފައިވާއިރު އަދި އެ ކޮންޓެންޓްތައް ރެކޯޑްކޮށްފައި ބެހެއްޓުމަކީ ބްރޯޑްކާސްޓަރުންގެ މައްޗަށް ލާޒިމްކުރާ ކަމަކަށްވީ ނަމަވެސް ކޮންޓެންޓް ފެންނަން ނެތިގެން މައްސަލަ ބެލެން ނެތް ކަމަށް ނިންމުމަކީ ވެސް ކޮމިޝަނުގެ މެންބަރުން އެއްފަޅިއަކަށް ބުރަވެފައިވާ ކަމުގެ ސާފު ހެއްކެކެވެ.

މީގެ އިތުރުން ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި މައްސަލައަކީ ވެސް ގިނަ ބަޔަކު ދެކޭ ގޮތުގައި ޖޯކެކެވެ. ތަރައްގީއާ ގުޅޭ ގޮތުން ސިޔާސީ މީހަކު ދެއްކި ވާހަކައަކާ ގުޅިގެން ޖޫރިމަނާކުރުމަކީ ހެއްވާ ކަމެކެވެ. ނަމަވެސް ޖޫރިމަނާކުރުން ނޫން ގޮތެއް ނެތިގެން އެކަން ކުރީއެވެ. އެންމެ ހެއްވާ ކަމަކީ ކޮމިޝަނުން އެބުނާ އަބުރު ގެއްލުވައިލި ފަރާތާ މެދު އެއްވެސް އިދާރާއަކުން ފިޔަވަޅު އަޅާފައެއް ނުވާ ކަމެކެވެ. އަދި އަބުރު ގެއްލުނު ކަމަށް ބުނާ ރައީސުލްޖުމްހޫރީ އެކަމާ މެދު ކަންބޮޑުވެގެން އުޅުއްވާ ތަނެއް ވެސް ނުފެނެއެވެ. އަބުރު ގެއްލުނު ނަމަވެސް މަގުބޫލުކަން ކުޑަވެ ތާއީދު ގެއްލެން ވާނެ ނޫން ހެއްޔެވެ؟ ނަމަވެސް ރާއްޖެ ޓީވީ ޖޫރިމަނާކުރި ފަހުން ވެސް ރައީސް ޔާމީން މުސްތަޝާރުކަން ކުރައްވާ ޕީޕީއެމް އަށް ވަންނަ މީހުންގެ އަދަދުތައް އިންތިހާ އަށް އިތުރުވެފައިވާ ކަމަށް އެ ފަރާތްތަކުން އެދަނީ ބުނަމުންނެވެ. އަބުރަށް ހުތުރުވެ އިއްޒަތް ވެއްޔާ މޮޑެލައިގެން ބަޔަކަށް ބޮޑު އަދަބު ދޭ އިރު ޕާޓީގެ މަގުބޫލުކަން އިތުރުވެ އެތައް ހާސް ބަޔަކު ޕާޓީއާ ގުޅި ބަންޑެލި ބަންޑެއްޔަށް ފޯމްތައް ހުށަހަޅަމުންދާ ކަމަށް އެ ޕާޓީން އެ ގެންދަވަނީ ކާޅު ގޮވާހެން ގޮވަމުންނެވެ. އެހެން ކަމުން ކޮމިޝަނުން އެ ބުނާ ގޮތަށް އަބުރު ނަގާލައިގެން ޕާޓީ އަށް ވެސް އަދި ވެރިމީހާ އަށް ވެސް ލިބުނު ގެއްލުމެއް ނެތެއް ނޫންހެއްޔެވެ؟ އެހެން ކަމަށް ވާ ނަމަ ކޮމިޝަނުގެ ނިންމުމާ ކަން ވަމުންދާ ގޮތާ ދިމައެއް ނުވެއެވެ.

އަބުރު ދިފާއުކުރަން އޮތް ކޮމިޝަނަށް އަލަށް މެންބަރުން އައްޔަންކުރެއްވުމާ އެކު ދެކެވުނު ވާހަކަތާއި މިހާރު ކަންކުރަމުންދަ ގޮތުން ސޯޝަލް މީޑިއާގައި އާންމުން ކުރަމުން ދިޔަ ޕޯސްޓްތަކާ އެކު އެ ކޮމިޝަނުގެ އަބުރު އޮތީ ވެއްޔާ މޮޑެވިއެވެ. ރީތި ބަހުރުވައިން ބުނާ ނަމަ އަބުރު ދިފާއުކުރަން އަތުކުރި އޮޅާލައިގެން އޮތީ އަބުރު ނެތް ކޮމިޝަނެކެވެ. ކޮމިޝަނުގައި ތިއްބެވި މެންބަރުންނަކީ ގަބުރުންތަކެއް ފަދަ ބައެކެވެ. ސަރުކާރުން ބުނިހާ ގޮތަކަށް ނުވަތަ ސަރުކާރު ހިތް ރުހޭހެން ހީވާ ގޮތަށް ކަންކުރަން ތިއްބެވި ބޭޅުންތަކެކެވެ. ކޮމިޝަން ސިފަކުރެވެނީ "އަބުރު ނެތް ޕަޕެޓުންގެ ކޮމިޝަން"ގެ ގޮތުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް