24 ސެޕްޓެންބަރ 2018 | ހޯމަ | 04 އަތަ
14 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:54
ފަތިސް 04:42

ޑީޕް ސަބްމެރިން

ތިން މީހުންނާއި އެކު އަޑިއަށްދެވޭ ސަބްމެރިންއެއް ރާއްޖެއަށް ތަޢާރަފްކުރަނީ

  • މިސަބްމެރިންގެ ހިދުމަތް ދޭނީ ރިސޯޓްތަކުގައި
ރިޒުނާ ޒަރީރު | RiznaZareer

| 12 އޭޕުރިލް 2017 | ބުދަ 14:39 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. ކާނަލް ނާޒިމް ފްރޭމްކޮށްފައިވާ ކަމަށް ޝަހީމް ވިދާޅުވި: ޝެއިޚް އިލްޔާސް
  3. މުވައްޒަފުން ހަޅުތާލު ކުރުމުން ބަންދުކޮށްފައިވާ ކޮޓަރީގައި ވޯޓު ނުލުމަށް ނިންމައިފި
  4. އިބޫއަށް ތާއިދުކޮށް ގިނަ ޓެކްސީ ޑްރައިވަރުތަކެއް ބްރިޖްމަތީގައި ޓެކްސީ ދުއްވައިފި
  5. ތަންތަން ރޯކޮށް ފުލުހުންނަށް ހަމަލާދޭން ބަޔަކު ރާވާފައިވާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް މަހުލޫފް ވިދާޅުވެއްޖެ
  6. އިންތިޚާބަށް ވަގުތު ކުޑަތަންވެފައި ވަނިކޮށް ލައިވް އިވެންޓް މެދުކަނޑާލާ އުސޫލޫ އާއްމުކޮށްފި
  7. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  8. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!


ޑީޕް ފްލައިޓް ސަބްމެރިންއެއް -- ގޫގުލް

މޫދުގެ ރީތި ކަމަށް ލޯބިކުރާ ފަރާތްތަކަށް މޫދުގެ އަޑި ބަލާލުމަށް އިތުތރު ފުރުޞަތެއް ހޯދައިދިނުމުގެ ގޮތުން ދުނިޔޭގައި ހަދާފައިވާ ފުރަތަމަ ޑީޕް ފްލައިޓް ސަބްމެރިންގެ ހިދުމަތް ރާއްޖޭގައި ފަށަން ނިންމައިފި އެވެ.

 

މިސަބްމެރިންއަކީ ތިން މީހުންނާ އެކު އަޑިއަށް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ ސަބްމެރިން އެކެވެ.

 

ރާއްޖޭގައި ވޯޓަރ ސްޕޯޓްސްގެ ހިދުމަތްދޭ އޯޝަން ގުރޫޕުން ބުނި ގޮތުގައި ޑީޕް ފްލައިޓް ސަބްމެރިން ގުޅިގެން "3އެސް ސަބްމެރިން" ރާއްޖެއަށް ތަޢާރަފްކުރާނީ މިއަހަރުގެ ފަހުކޮޅުއެވެ. އެގޮތުން މިހިދުމަތް ފުރަތަމަ ދޭނީ ރިސޯޓްތަކަށް ކަމަށް ވެސް އޯޝަން ގުރޫޕުން ބުންޏެވެ. މޫދުގެ ރީތިކަން ބަލާލުމަށް މިހާރު ކުރިއަށްދާ ކަންތައްތަކުގެ ތެރޭގައި ސްކޫބާ ޑައިވިން އާއި ސްނޯކްލިން ހިމެނެއެވެ.

 

ހަމަ އެކަނި ތިން މީހުންނަށް އަޑިއަށް ދެވޭ ގޮތަށް ފަރުމާކޮށްފައިވާ މި ސަބްމެރިންގައި ޕައިލޮޓަކާއި ދެ ޓޫރިސްޓުން ގޮވައިގެން އަޑިއަށް ދެވެއެވެ. އަދި މިއީ ދުނިޔޭގައި ވެސް އުފައްދާފައިވާ މިފަދަ ފުރަތަމަ ސަމްބެރިން އެވެ.

 

ދި ޖަކާޓާ ޕޯސްޓަށް ދިން އިންޓަރވިއުއެއްގައި އޯޝަން ގްރޫޕުގެ ފައުންޑާ އަދި މެނޭޖިން ޑިރެކްޓަރު ހުސެއިން ޒާހިދު ވިދާޅުވީ މިހިދުމަތުގެ ސަބަބުން ޓުއަރިޒަމް ދާއިރާ އިތުރަށް ތަރައްޤީވެ ފުޅާ ވެގެންދާނެ ކަމަށާއި މިއީ މި އިންޑަސްޓްރީއަށް ވެސް މުޅިން އާ ހިދުމަތެއް ކަމުން ފަތުރުވެރިން ވަރަށް ގަޔާވާނެ ކަމަކަށް މިހިދުމަތް ވެގެންދާނެ ކަމަށެވެ.  މި ހިދުމަތް ދޭނީ ރާއްޖޭގެ ކޮން ރިސޯޓެއްގައި ކަމެއް ހާމަކޮށްފައެއް ނުވެއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް