11 ޑިސެންބަރު 2018 | އަންގާރަ | 02 މުލަ
04 ރަބީޢުލްއާޚިރު 1440
އިޝާ 19:15
މަޣްރިބް 17:58
އަސްރު 15:23
މެންދުރު 12:03
އިރުއަރާ 06:00
ފަތިސް 04:44

އަރްޔަންވެދާ ހާރބަލް

އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި

  • އުފެއްދުންތައް ވިއްކުމުގެ ހުއްދަ އޮތް ހަމައެކަނި ފަރާތަކީ ނަބާތު
  • މިފިހާރަ ހުންނާނީ ޗާންދަނީމަގު ޖަލާލުއްދީން މިސްކިތް ކުރިމަތިން އޮންނަ މަގު ޖޯޝީ ހިނގުމުގަ
ރިޒުނާ ޒަރީރު | RiznaZareer

| 12 އޭޕުރިލް 2017 | ބުދަ 09:57 | |

މަގުބޫލް

  1. މަޖިލީހުގެ ތިން މެމްބަރުން ފިޔާވާ ހުރިހާ މެމްބަރުން ފައިސާގައި ހިފި: ނާނީ
  2. ދަރުމަވަންްތަ ހޮސްޕިޓަލް: ސިއްސައިގެން ދާވަރުގެ ކޮރަޕްޝަން!
  3. އިމިގްރޭޝަނަށް އެފްއޭ ފަޔާޒް؟
  4. ދައުލަތުގެ ޚަޒާނާގައި ޑޮލަރު ނުހުންނާނެ: ގަވަނަރ
  5. މިސްކިތްތަކުގައި ޤުރުއާން ކިޔަވައިދޭން ފެށުމުގެ ވައުުދު މަހެއް ނުވަނީސް ފުއްދައިދީފި
  6. ކެޑޭޓުގައި އުޅުމަކީ މުހިންމު ވަޒީފާތަކަށް ހުޅުވޭ ދޮރެއް: އެޑިއުކޭޝަން މިނިސްޓަރ
  7. މިސްރުގެ އަހުރާމެއްގެ މަތީގައި ބަރަހަނާ ފޮޓޯނެގި ދެމަފިރިއެއްގެ މައްސަލަ ބަލަނީ
  8. އެމްއެމްޕީއާރުސީން ކުއްޔަށް ދިން ރަށްތަކުގެ އެގްރިމެންޓް ފައިނަލް ކުރައްވަނީ ރައީސް ޔާމިން: ޒިޔަތު


އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސް -- ގޫގުލް

އިންޑިޔާގެ މަޝްހޫރު ކޮސްމެޓިކް ބްރޭންޑެއް ކަމަށްވާ އަރްޔަންވެދާ ހާރބަލް ކޮސްމެޓިކްސްގެ ޝޯރޫމެއް މާލޭގައި ހުޅުވައިފި އެވެ.

 

އަރްޔަންވެދާގެ ކޮސްމެޓިކްސްގެ ހުރިހާ އުފެއްދުންތަކަށް ޚާއްސަކޮށް "ނަބާތު" ނަމުގައި ހުޅުވާފައިވާ މިފިހާރަ ހުންނާނީ ޗާންދަނީމަގު ޖަލާލުއްދީން މިސްކިތް ކުރިމަތިން އޮންނަ މަގު ޖޯޝީ ހިނގުމުގަ އެވެ.

 

ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަ ފަތްޕިލާވެލީގެ އުފެއްދުމެއް ކަމަށްވާ އަރްޔަންވެދާއަކީ އިންޑިޔާގެ އިތުރުން ޔޫރަޕް އަދި އޭޝިއާގެ ގިނަ ޤައުމުތަކުގައި ގިނަ ބައެއްގެ މަޤްބޫލުކަން ލިބިފައިވާ އުފެއްދުންތަކެވެ.

 

އިންޑިޔާގެ މިއުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ގެނެސްފައި މި ވަނީ، ރާއްޖޭގެ އަމިއްލަ ވިޔަފާރިއެއް ކަމަށްވާ "ނަބާތު" އާއި އިންޑިޔާގެ ކުންފުންޏެއް ކަމަށްވާ އަރްޔަންވެދާ ކޮސްމެސޫޓިކަލްސްއާ އެކު ވެފައިވާ ސޯލް ޑިސްޓްރިބިއުޓަރ އެއްބަސްވުމުގެ ދަށުންނެވެ.

 

މިއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް އަރްޔަންވެދާގެ އުފެއްދުންތައް ވިއްކުމުގެ ހުއްދަ އޮތް ހަމައެކަނި ފަރާތަކީ ނަބާތު އެވެ.

 

އިންޑިޔާގެ އަރްޔަންވެދާ ކުންފުނީގެ ހުރިހާ އުފެއްދުމަކީ ވެސް، ޤުދުރަތީ މާއްދާތައް އެކުލަވާލައިގެން ތައްޔާރުކޮށްފައިވާ ފަތްޕިލާވެލީގެ އުފެއްދުންތަކެއް ކަމަށްވާއިރު މިއީ ހަންގަނޑާއި އިސްތަށިގަނޑުގައި ރީތިވުމަށް ބޭނުންކުރާ ކޮސްމެޓިކްސް އުފެއްދުތަކުގައި ޒަމާނުއްސުރެ ބޭނުންކުރާ ފަތްޕިލާވެލީގެ މާއްދާތަކަށް މިޒަމާނުގެ ސައިންސްގެ އަލީގައި ލިބިފައިވާ ކުރިއެރުންތައް ހިމަނައިގެން ތައްޔާރުކޮށްފައިވާ އުފެއްދުންތަކެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް