14 ނޮވެންބަރު 2018 | ބުދަ | 01 ނޮރަ
06 ރަބީޢުލްއައްވަލް 1440
ފަތިސް 04:36
އިރުއަރާ 05:51
މެންދުރު 11:54
އަސްރު 15:14
މަޣްރިބް 17:50
އިޝާ 19:05

ވިލާ ކޮލެޖު

ވިލާ ކޮލެޖުގެ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

  • ޖުމްލަ 54 ކޯހަކަށް ވަނީ ފުރުޞަތު ހުޅުވާލާފައި

| 12 އޭޕުރިލް 2017 | ބުދަ 09:41 | |

މަގުބޫލް

  1. ނަޝީދު މިނިވަންކުރުމާ ދެކޮޅު ހެއްދެވީ ޕީޕީއެމްގެ ނުވަ މެމްބަރުން
  2. މަރުވިޔަސް ތަހުގީގުތަކަށް އެއްބާރުލުން ނުދީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާކަށް ބޭނުމެއް ނޫން: އަދީބު
  3. ރައީސް ނަޝީދު އައިޑީކާޑް ހެއްދެވުމަށް އުކުޅަހު ކައުންސިލަށް ހުށަހަޅުއްވައިފި
  4. އާ ސަރުކާރުގެ މިނިސްޓްރީތައް މިއަދު އިއުލާންކުރަނީ
  5. ދަރިވަރުންނަށް ހިލޭ ނާސްތާ، ޑިގްރީއަށް ކިޔަވައި ދިނުން ވެސް ހިލޭ!
  6. މަހުލޫފު އެމްޑީޕީއަށް ސޮއި ކުރައްވައިފި
  7. ބޭރުގެ ފަރާތްތަކަށް ބިން މިލްކު ކުރެވޭ އިސްލާހު ބާތިލު ކުރަން ހުށަހަޅާނަން: ބޮޗޭ
  8. ރައީސް ޔާމީނާއި ވަޒީރުން ޖުމްޙޫރީ ދުވަހުގެ ޖަލްސާގައި ބައިވެރިވަޑައިނުގަތުމުން ރައީސް މައުމޫން ފާޑުވިދާޅުވެއްޖެ


ވިލާ ކޮލެޖު -- ރާއްޖެއެމްވީ

ވިލާ ކޮލެޖުގައި 2017 ވަނަ އަހަރު މެއި މަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ މުއްދަތު 16އޭޕްރިލް 2017 އަށް އިތުރުކޮށްފި އެވެ.  

 

ވިލާ ކޮލެޖުން ބުނީ މެއި މަހު ފަށާ ކޯސްތަކުގެ ތެރޭގައި އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ބިޒްނަސް މެނޭޖްމަންޓް، ޓީޗިން، އެޑިއުކޭޝަން، ޝަރީޢާ، ލޯ، ހިއުމަން ރިސޯސަސް, އެކައުންޓިންގ، ޕަބްލިކް ހެލްތް، ރިސާރޗް އަދި މެރިން ސްޓަޑީސްގެ ދާއިރާއިން ޖުމްލަ 54 ކޯހެއް ހިމެނޭ ކަމަށެވެ.  

 

އެ ކޯސްތަކުގެ ތެރޭގައި މާސްޓަރސް ފެންވަރުގެ 6 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 3 ކޯހަކާއި، ޑިގްރީ ފެންވަރުގެ 14 ކޯހަކާއި، އެޑްވާންސްޑް ޑިޕްލޮމާ ފެންވަރުގެ 2 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 6 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 9 ކޯހަކާއި އަދި ސެޓްފިކެޓް 3 ފެންވަރުގެ 8 ކޯސް ހިމެނެއެވެ.  

 

ވިލާ ކޮލެޖުން ހިންގާ ކޯސްތަކުގެ ތެރޭގައި ވިލާ ވިކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އެއް ކަމަށްވާ، ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލޭންޑްގެ މާސްޓަރސް އަދި ޑިގްރީ  ކޯސްތައް ހިމެނެއެވެ.

 

ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި ކެމްޕަހުގެ އިތުރުން ވިލާ ކޮލެޖު ހިތަދޫ ކެމްޕަސް، ވިލާ ކޮލެޖު ނައިފަރު ކެމްޕަސް، ވިލާ ކޮލެޖު އައްޑޫ ކެމްޕަސް، ވިލާ ކޮލެޖު ކުޅުދުއްފުށީ ކެމްޕަސް، ވިލާ ކޮލެޖު ލޭކް ސައިޑް ކެމްޕަސް (ށ.ފުނަދޫ) ވިލާ ކޮލެޖު މަހިބަދޫ ކެމްޕަސް އަދި ވިލާ ކޮލެޖު ފުވައްމުލަކު ކެމްޕަހުގައި ވެސް މީގެ ތެރެއިން ބައެއް ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.  

 

 1 އަހަރަށް ވުރެ ދިގު މުއްދަތެއްގެ ކޯހެއް ހަދާ ވިލާ ކޮލެޖުގެ ހުރިހާ ދަރިވަރުންނަށްވެސް  މޯލްޑިވްސް އިސްލާމިކް ބޭންކްގެ އެޑިއުކޭޝަން ފައިނޭންސިންގ ފެސިލިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ވަނީ ހުޅުވައިލާފައި ކަމަށް އެކޮލެޖުން ބުންޏެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް