20 ސެޕްޓެންބަރ 2018 | ބުރާސްފަތި | 14 އުތުރަ
10 މުޙައްރަމް 1439
ފަތިސް 04:43
އިރުއަރާ 05:54
މެންދުރު 12:04
އަސްރު 15:06
މަޣްރިބް 18:05
އިޝާ 19:16

ދިވެހި ސަރުކާރު

އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރު! ލަދުން ބޯހަލާކު!

  • ވެރިކަން ހިންގަނީ ހިތުހުރި ގޮތަކަށް
  • ޤާނޫނު ހަދާ މަޖިލިސް ވަނީ ޖޯކަކަށް ވެފަ
  • ޝަރީޢަތާއިމެދު ރައްޔިތުންގެ އިތުބާރު ގެއްލިފައި
އިސްމާއިލް ނާއިލް ނަޝީދު | @IxmaealNaail

| 11 އޭޕުރިލް 2017 | އަންގާރަ 22:51 | |

މަގުބޫލް

  1. ޕީޕީއެމްގެ ސައިޒު ދައްކަން ގެނައި މީހުންނަށް ފައިސާ ބެހިކަން ފަޅާ އަރައިފި
  2. ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ފަޅުރަށާއި ފަޅުތައް ދޫކުރުމުގައި ރައީސް ޔާމީންގެ ބައިވެރިވުން ސީދާ އޮތް ކަމަށް އޯސީސީއާރުޕީން ފަޅާއަރުވާލައިފި
  3. މަޤާމުގައި ހުރެގެން ޝަހީމް ކެމްޕޭނުގައި، މުވައްޒަފުންގެ ކަންބޮޑުވުންތަކުގެ ޕެޓިޝަނެއް ރައީސް އޮފީހަށް
  4. ތައުލީމީ ދާއިރާގެ ގިނަ ބަޔަކު އަނެއްކާ ވެސް އިބޫއާ ބައްދަލުކޮށްފި
  5. ސިޔާސީ ހަރަކާތް ހިންގުން މަނާ ޖުމްހޫރީ މައިދާނަށް ޕީޕީއެމްގެ ސަޕޯޓަރުން!
  6. ވައްކަން ކުރުމަށް ހިތްވަރުދޭ ފަދަ ގޮތަކަށް ރައީސް ޔާމީން އަނެއްކާ ވެސް ވާހަކަފުޅު ދައްކަވައިފި
  7. ސަރުކާރުން ޕްރޮމޯޓްކުރާ ޕްރޮޖެކްޓްތައް ހިންގާ ކުންފުނިތަކުން އިސްލާމް ދީނަށް ފުރައްސާރަކުރަނީ!
  8. މިނިސްޓަރު މުއިއްޒު ވެސް ހާޑިންގހަމްއާ އެކު!


ސަރުކާރާއި މެދު ރައްޔިތުން ވަނީ މާޔޫސްވެފަ -- ގޫގުލް

ދިވެހި ރާއްޖޭގެ ތާރީޚަކީ ވެރިކަމާއި ގުޅުންހުރި ކަޅު ގިނަ ޞަފްޙާތަކެއް ލިޔެފައިވާ ޤައުމެކެވެ. ރާއްޖޭގައި ވެރިކަންކުރި އެތައް ރަސްކަލުންނެއްގެ އަނިޔާވެރިކަމެވެ. އޭރު އުޅުނު ރައްޔިތުންގެ ނިކަމެތިކަމެވެ. ފަހުން، ވެރިކަމުގެ ނިޒާމު ބަދަލުވެ، ޖުމްހޫރިއްޔަތަކަށް ޤައުމު ބަދަލުވެގެން ދިޔަ ހިސާބުން ދެން އައި ރައީސުންގެ އަމަލުތައްވެސް ފެނިެގން ގޮސްފައިވާ ގޮތެވެ. ރައްޔިތުންގެ ފިކުރާއި ދެކޮޅަށް މުޙައްމަދު އަމީން ނިންމެވި ނިންމުންތަކެވެ. ހުވަދުއަތޮޅު ތިނަދޫގައި އިބްރާހިމް ނާސިރު ހިންގި ޖަރީމާއެވެ. ސިޔާސީ ވާދަވެރިން ހުރަގެއަށް ލައިގެން މައުމޫން އަބްދުލްޤައްޔޫމް ހިންގެވި 30 އަހަރުގެ ދިގު ވެރިކަމެވެ. ދިވެހިންގެ ސަޤާފަތާއި، ޒަމާންވީ ޤަބޫލުކުރުންތަކާއި ދެކޮޅަށް ގަދަބަސް ބުނެގެން މުޙައްމަދު ނަޝީދު ހިންގެވި 3 އަހަރުގެ ކުރު ވެރިކަމެވެ. ރަނިންމޭޓުކަން ދީގެން މީހުންގެ ކުރިމަތީ ތިމާ ސިޔާސީ ބުރަދަނެއް ހުރި މީހަކަށް ހަދައިދިން މީހާ ގައިގައި ކޮޅުފައިން ޖަހާފައި މުޙައްމަދު ވަޙީދު ޙަސަން މަނިކު އެ ހިންގެވި ވެރިކަމެވެ.

މި ދެންނެވުނު ދައުރުތަކުގައި ހިންގާފައިވާ ނޭއްގާނީ އެކިއެކި އަމަލުތަކުގެ ފުނަށް ޖެހިލައިފި ނަމަ، ދެތިން ހަތަރު ފޮތް ލިޔެގެން އަދި އެ ވާހަކަތަކެއް ނުނިމޭނެއެވެ. އެހެންކަމުން އެ ވާހަކަ ބާއްވާފައި މިއަދުގެ އޯގާތެރި، ކުޅަދާނަ، ޤާބިލް ސަރުކާރުގެ ވާހަކައަށް ޖެހިލާނަމެވެ. އޯގާތެރި، ކުޅަދާނަ، ޤާބިލް، މި ސަރުކާރު ސިފަކުރުމަށް އަޅުގަނޑު މި ތިން ބަސް މި ބޭނުންކުރީ ހަމަ ބުއްދީގައި ހުރެއެވެ. ސަބަބުތަކެއް ހުރީމައެވެ. ހަފަރާތުން، ދައުލަތުގެ ތިން ބާރަށް ބެލި ނަމަވެސް ދިވެހިން މިއަދު ދެކެމުން މިދަނީ މި ތިންބަހުން، ވަރަށް ފުރިހަމައަށް ސިފަކުރެވޭ ދުވަސްތަކެކެވެ.

އޯގާތެރީތޯއެވެ. ވަރަށްވެސް އޯގާތެރިއެވެ. ކުކުޅެއް ކަތިލުމުގެ ކުރިން އެ ކުކުޅަށް ފެންވެސް ދެއެވެ. ކިހާ އޯގާތެރިތޯއެވެ. މިއަދު މަންޒަރު ދާދި އެއްގޮތެވެ. ސަރުކާރާއި ޤަބޫލު މީހުންނަށް ސަރުކާރު އޯގާތެރީ އިންތިހާއަށެވެ. ބިޑަކާ ނުލާ އެހެރަގެން ރަށްރަށާއި ފަޅުފަޅާއި ގިރިގިރި އާއި ހާހާ ދީ ހުސްކުރަނީއެވެ. މީން އެއްޗެއް ލިބޭ މީހަކާއި ދިމާލަށް މީހަކު އެއްޗެކޭ ބުނެފިނަމަ އެމީހެއްގެ ދުވަސްވެސް ދުއްވާލަދެނިއެވެ. އިނގިލި ބުރިކޮށް، ހޫނުފެނަށް ލައި ފެނުކައްކައިލަނީއެވެ. ރައްޔިތުންނަށްވެސް އޯގާތެރި ވެވޭނީ މިހާކަންހާވަރަށެވެ. ސަރުކާރާއި، ވަލިއްޔުލް އަމްރުގެ ނާޤާބިލުކަމުގެ ވާހަކަ ދެއްކުމަކީ އެންމެ މަތީ ފަންތިން ކުށްވެރިވާ ކަމެއް ކަމުން، އެކަމުން ރައްްޔިތުން ދިފާޢުކޮށްދިނުމަށް، ޤާނޫނުތަކަށް ބަދަލުގެނެސް، އައު ޤާނޫނުތައް އުފައްދައި، ބަސްބުނުމާއި، ޚިޔާލު ފާޅުކުރުމުގެ ޙައްޤު ނިގުޅައިގެންފިއެވެ.

ދިވެހިރާއްޖެއަކީ ފޫހި ޤައުމަކަށް ވެފައި، ރައްޔިތުންގެ މަޖިލީހޭ ކިޔައިގެން ހިންގާ ތަނަކީ މިއަދު ކާނިވަލަކަށް ވެފައި ވުމުން، އެތަނަށް ކަމުދާ ޖޯކަރުން އެތަނަށް ވެއްދުމުގެ ޒިންމާ ރައްޔިތުންނާއި ވަނީ ހަވާލުކޮށްފައެވެ. ތަންދޮރު އޮޅުން ފިލައި، ދުނިޔޭގެ އާޖުފާޖު ދަންނަ މީހަކު މިވެރިން އެ މަޖިލީހަށް ނުވައްދާނެކަން އެނގޭތީ އާއި މީޑިއާއަކީ ރައްޔިތުންގެ މި ދެންނެވުނު ހޭލުންތެރިކަން އިތުރުކޮށްދޭ ވަޞީލަތްކަމުން، މިނިވަން ނޫސްވެރިކަން ކުރުން މިއަދު މިވަނީ ކުށަކަށް ހަދާފައެވެ. މަގުތަކަށް ނުކުމެ، ޝުޢޫރު ފާޅުކުރަން ދިމާކޮށްފިނަމަ، ރައްޔިތުންގެ ހިމާޔަތުގައި ތިބޭ ފުލުހުން ބައިގަނޑުގަނޑަށް ގޮސް ރައްޔިތުންގެ ލޮލަށް މިރުސްފެން އަޅާނޭތީ، އެކަމުން ރައްޔިތުން ހިމާޔަތް ކުރުމަށް، ހެޔޮފުޅު ސަރުކާރުން މިވަނީ އެއްވެ އުޅުންވެސް އެއީ ކުރަން ހެޔޮނުވާވަރު ޖަރީމާއަކަށް ހަދާފައެވެ.

ގާތުގައި ގެންގުޅުނު މީހުން ހެޔޮފުޅުކަން ދައްކާފައިވަނީވެސް ކުރިން ދެންނެވުނު ކުކުޅަށް ފެންދޭ އުޞޫލުންނެވެ. ތިމަން މަނިކުފާނު އިތުބާރު ކުރަމޭ ދަންނަވައި، ގާތުގައި ގެންގުޅުނު މީހަކު ވިއްޔާ އޭނާގެ ބޭނުން ފުދުމުން މި ފެންނަނީ ޖަލުގައި އޮންނާން ޖެހޭ މަންޒަރެވެ.

މިއީ ކުޅަދާާނަ ބައެކޭވެސް އަޅުގަނޑަށް ދެންނެވުނު ދެއްތޯއެވެ. ވަރަށްވެސް ކުޅަދާނައެވެ. ކުޅަދާނަ ކަމުން، އޭރަކު ހިތުހުރި ގޮތަކަށް ކަން ކޮށް ނިންމާލެވެއެވެ. ޤާނޫނެއް، ޤާވާއިދެއް، ހުރަހަކަށް ވިޔަކަ ނުމެދެއެވެ. ހިންގާން ބޭނުންވާ ޖަރީމާއަށް ހުރަސްއަޅާ ޤާނޫނެއް އޮތްނަމަހީ އެވީ އެ ޤާނޫނެއް ބަދަލުކުރާށެވެ. ކޮށާ މަށާ، އިރައި ބޭނުން ގޮތަކަށް ބަދަލުކުރާށެވެ. އެ ގެންނަ ބަދަލަކީ ހަމަބުއްދި ހުރި މީހަކު ނުކުރާނެ ފަދަ ކަމަކަށް ވިޔަސް އެއަކު ފަރުވާލެއް ނެތެވެ.  

މިސާލެއް ދަންނަވާލާނަމެވެ. މިހާރު މި ޤައުމުގައި ޤާނޫނާއި ޤަވާއިދަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާއަށްވުރެ ބާރުގަދަ، ވަރުގަދަ މަޤާމެއް ވެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައިސްގެ މަޤާމެވެ. ދާދިފަހުން އެ ގެނައި ބަދަލަކާއި ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ބޭނުންވާ ސޮއިގެ އަދަދު މިވަނީ ރައީސުލް ޖުމްޙޫރިއްޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަށް ބޭނުންވާ ސޮއިގެ އަދަދަށްވުރެ ބޮޑުތަނުން އިތުރުވެގެން ގޮސްފައެވެ.

މިއީ ޤާބިލްވެސް ސަރުކާރެކެވެ. ޤާބިލް ކަމުގެ އިންތިހާއެވެ. ކޮރަޕްޝަނާއި ފަސާދަ އާންމުކޮށް، ހިތުހުރި ގޮތަކަށް ކަންކަން ކުރަމުންދާއިރު އެކަމާ ޗުއްޕު ބުނެލާނެ ކަމާބެހޭ ފަރާތެއްވެސް ނެތެވެ.

ރާއްޖޭގެ ތާރީޚު ނުދެކޭ ވަރުގެ ކޮރަޕްޝަން ހިންގައި، ކޮރަޕްޝަނަކީ އިންސާނީ ޠަބިއްޔަތު ކަމުގައި ދެކިގެން ސަރުކާރެއް ބައްޓަންކޮށްގެން ހިންގާއިރު އޭސީސީ އޮތީ ނިދާފައެވެ. ޓީވީއަށް އަރާތިބެ، ހިތުހުރި ގޮތަކަށް ޤާނޫނު ބަދަލުކުރާނެ ކަމަށާ، ޤާނޫނުގެ ހުދޫދުގެ ބޭރުން ކަން ކުރާނެ ކަމަށް ޤާނޫނުހަދާ މަޖިލީހުގައި ތިބި މީހުން ބުނަމުންދާއިރު، ޤާނޫނުގެ ބެލެނިވެރި ފަރާތްކަމުގައި ހެދިގެން އުޅޭ ޝަރުޢި ދާއިރާއިން ކުރާހާވެސް ކަމަކީ އިދިކޮޅު ފިކުރުގެ މީހުން ހައްޔަރުކޮށް ބަލައި ފާސްކުރުމުގެ އަމުރު ނެރެދިނުމެވެ.

ފުލުހުންނަކީ ޤާނޫނު ހިންގައި، އެގެ ބާރު ހިފަހައްޓަން ތިބޭ ބަޔަކަށް ވާއިރު ފުލުހުން މިއަދު ފެނިެގންދަނީ ކަންމަތީ ގޭންގެއްގެ އުޞޫލަށެވެ. ނުފޫޒު ފޮރުވާ ފަރާތްތަކުން އަމުރު އައުމުން، ޤާނޫނާއި ޤަވާއިދުގައި އޮތް އެއްޗަކަށް ބެލުމެއް ނެތި އިމްތިޔާޒު ލިބިފައިވާ މެންބަރަކުވެސް ވަގަށް ނަގައިގެން ގެންގިސް ރަޙީނު ކުރަންވީއެވެ. ކޮމާންޑް ސެންޓަރުގައި އިނީ ލިޔަން ކިޔަން ނުދަންނަ ޑެޕިއުޓީ މިނިސްޓަރުތޯ، ނުވަތަ އެސްޓީއޯއިން ވައްކަން ކޮށްގެން އަރުވާލި މީހާތޯވެސް ބެލުމެއް ނެެތެވެ.

ސަރުކާރުގެ ވެރިންނޭވެ. ރައްޔިތުންގެ ތަނަކަށް ނުވި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނޭވެ. އިއްޒަތްތެރި ފަނޑިޔާރުންނޭވެ. މިނިވަން މުއައްސަސާތަކުގައި ތިބި ކޮމިޝަނަރުންނޭވެ. ތިބާމެންގެ ބުއްދީގައި ތެތްކަމެއް ހަމަ ނެތީހެއްޔެވެ. ލަދު ހަޔާތުގެ ކަންފުޅެއް ނެތީހެއްޔެވެ. މާދަމާ އަންނާނެ ކަމުގެ ބިރުވެތިކަންވެސް ހަމަ ނުމެ ނެތީހެއްޔެވެ. ލަދުން ބޯހަލާކުވާވަރުވެއެވެ!

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ރާއްޖެ އެމްވީ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް