21 އޭޕުރިލް 2019 | އާދީއްތަ | 14 އައްސިދަ
14 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:20
މެންދުރު 12:09
އިރުއަރާ 05:57
ފަތިސް 04:44

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕް: ޒީސްތްއާއި ރަފާ ކިރިގިސްތާން ޕެއާ ބަލިކޮށްފި

  • ރަފާ އަދި ޒީތް ކިރިކިސްތާންގެ ޕެއާ ބަލިކުރީ ތިން ސެޓުން
ލީވާން އަލީ | MrLeevaan

| 11 އޭޕުރިލް 2017 | އަންގާރަ 22:46 | |

އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގެ ތެރެއިން -- ޓީޓީ އެސޯސިއޭޝަން

މި މަހުގެ 9 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާގެ ވޫޝީގައި ކުރިޔަށްދާ އޭޝިއަން ޓީޓީ ޗެމްޕިއަންޝިޕްގައި ރާއްޖޭގެ މުހައްމަދު ޒީސްތު ނަސީމް އާއި އައިޝަތު ރަފާ ކިރިގިސްތާން ޕެއާއާ ވާދަކުރި މެޗުން މޮޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ކުޅުނު މިކްސް ޑަބަލްސް މެޗުން ޒީސްތްއާއި  ރަފާ މޮޅުވީ ސީދާ ތިން ސެޓުންނެވެ. 

އަންގާރަ ދުވަހު ކުޅުނު މިކްސްޑަބަލްސް ދެވަނަ މެޗުން ރާއްޖޭގެ މޫސާ މުންސިފްއާއި ފާތިމަތު ޖުމާނާ ވާދަކުރި މެޗުން އެ ދެކުޅުންތެރިން ވަނީ ބަލިވެފައެވެ. ސިންގަޕޫރު ޕެއާއާ ވާދަކޮށް މި ދެ ކުޅުންތެރިން ބަލިވެފައިވަނީ ތިން ސެޓް އެއް ސެޓުންނެވެ. 

މުބާރާތުގައި އިންޑިވިޖުއަލް އިވެންޓުތައް ފަށާނީ ބުރާސްފަތި ދުވަހުއެވެ. އެހެންނަމަވެސް މިކްސް ޑަބަލްސްގެ މެޗުތައް ބުދަ ދުވަހުވެސް ކުޅޭނެ އެވެ.

މި މުބާރާތުގައި ވާދަކުރި ރާއްޖޭގެ ފިރިހެން އަދި އަންހެން ޓީމު ވަނީ ޓީމު އިވެންޓުން ކަޓާފައެވެ. އެގޮތުން ފިރިހެން ޓީމު ބަލިވީ ކަޒަކިސްތާން، ޔޫއޭއީ، ބަންގްލަދޭޝް އަދި ލެބްނާން އަތުންނެވެ. މީގެ ތެރެއިން ޔޫއޭއީ، ބަންގްލަދޭޝް އަދި ލެބްނާން އަތުން

ފިރިހެން ޓީމު ބަލިވެފައިވަނީ ވާދަވެރި ކުޅުމަކަށް ފަހު ތިން ސެޓް ދެ ސެޓުންނެވެ. އެހެންނަމަވެސް ކަޒަކިސްތާން އަތުން ފިރިހެން ޓީމު ބަލިވީ ސީދާ ތިން ސެޓުންނެވެ.

މުބާރާތުގައި ވާދަކުރި ރާއްޖޭ އަންހެން ޓީމު ތިން މެޗު ކުޅެފައިވާއިރު، އެ ތިން މެޗުންވެސް އަންހެން ޓީމު ވަނީ ބަލިވެފައެވެ. އެގޮތުން މި ތިން މެޗުންވެސް އަންހެން ޓީމު ބަލިވީ ތިން ސެޓުންނެވެ. އަންހެން ޓީމު މުބާރާތުގައި ވާދަކޮށްފައިވަނީ ސްރީލަންކާ، އުޒްބަކިސްތާން އަދި އިންޑިއާއާ އެވެ.

މިފަހަރުގެ އޭޝިއަން ޗެމްޕިއަންޝިޕަކީ ރާއްޖެ އަށް ވަރަށް މުހިންމު މުބާރާތެކެވެ. އެގޮތުން މި މުބާރާތުގައި ރާއްޖޭގެ ކުޅުންތެރިންގެ ފެންވަރު ބެލުމަށްފަހު އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަޒުމޫން އަހުމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected]je.mv އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް