18 ފެބުރުއަރީ 2019 | ހޯމަ | 05 ހިޔަވިހާ
13 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:40
މެންދުރު 12:24
އިރުއަރާ 06:19
ފަތިސް 05:06

ސުނިލް ޗެތުރީ

ރާއްޖޭގައި ކުޅެން އަދި ހުށައެއްނާޅާ، ކޮންމެ ކުޅުންތެރިޔަކުވެސް މިތާ ކުޅޭ ހިތްވާނެ: ޗެތްރީ

  • ޗެތުރީ ވަނީ އެގައުމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައި
  • އިންޑިއަން ސުޕާލީގުގައި ކުޅެން އަޝްފާގު ކައިރީ އެދުނިން
  • ރާއްޖޭގެ ފުޓުބޯޅަ އަންނަނީ ކުރިއަރަމުން
ލީވާން އަލީ | MrLeevaan

| 11 އޭޕުރިލް 2017 | އަންގާރަ 20:29 | |

މަގުބޫލް

  1. ޒަހަމްތަކާއެކު މަރުވެފައި އޮތް މީހަކު ގއ. ވިލިނގިލިން ފެނިއްޖެ
  2. ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
  3. ޝާހުރުކްގެ ދަރިފުޅު ސުޚާނާ ޑޭޓް ކުރަން ބެނުންވާ ތަރިއަކީ މިއީ!
  4. މަނީ ލޯންޑްރިންގެ ބޮޑު ދައުވާ: ޝަރުއީ ދާއިރާއަށް އާ ކަމެއް!
  5. ވިލިނގިލީ މަރު: މަރާލި ކަމުގެ ތުހުމަތާއި ކަރަންޓް ޖެހުނު ކަމުގެ ވާހަކަތަކެއް!
  6. ކަމަދޫ ކައުންސިލްގެ ރައީސް ހައްޔަރުކޮށްފި
  7. ޕްރިޔަންކާ އިނީ ބަލިވެ؟
  8. އެސްއޯއެފްގެ އެކައުންޓް ސްޓޭޓްމަންޓަކީ ކެރެކްޓަރ ސެޓްފިކެޓެއް ނޫން!


އިންޑިއާގެ ކެޕްޓަން ސުނިލް ޗެތްރީ -- ރާއްޖެއެމްވީ

ރާއްޖޭގައި ކުޅެން މިވީތަނަށް އެއްވެސް ކްލަބަކުން ހުށައަޅާފައިނުވާ ކަމަށާއި، އެހެންނަމަވެސް ރާއްޖޭގައި ކުޅެން ކޮންމެ ކުޅުންތެރިޔަކު ބޭނުންވާނެ ކަމަށް އިންޑިއާ ގައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން ސުނިލް ޗެތްރީ ބުނެފިއެވެ.

 

ރާއްޖޭގެ އޮންލައިން ނޫހެއްކަމަށްވާ މޯލްޑިވްސޮކާ އަށް ދިން އިންޓަވިއުއެއްގައި ޗެތްރީ ބުނީ ރާއްޖެއަކީ ވަރަށް ރީތި ތަނެއް ކަމަށާއި، ރަނގަޅު ސަޕޯޓަރުންތަކެއްވެސް ތިބި ތަނެއް ކަމަށެވެ. އެގޮތުން ރާއްޖޭގައި ކުޅެން ކޮންމެ ކުޅުންތެރިޔަކުވެސް ބޭނުންވާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

ޗެތުރީ ބުނީ މިވީތަނަށް ރާއްޖެއިން އެއްވެސް ކްލަބަކުން އޭނާ އަށް ހުށަހަޅާފައިނުވާ ކަމަށާއި، އެހެންނަމަވެސް އިންޑިއަން ސުޕާލީގުގައި ކުޅެން ރާއްޖޭގެ ކެޕްޓަން އަލީ އަޝްފާގު ކައިރީ އޭނާ އެދިފައިވާނެ ކަމަށެވެ. އެގޮތުން ބައެއް ކްލަބްތަކުން އޭނާ އަށް ހުށަހަޅާފައިވާކަންވެސް އެނގޭ ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

މީގެއިތުރުން ޗެތުރީ ބުނީ ރާއްޖޭ ކުޅުންތެރިންނަށް އިންޑިއަން ސުޕާ ލީގުގައި ރަނގަޅަށް ވާދަކުރެވިދާނެ ކަމަށް ގަބޫލުކުރާ ކަމަށާއި، ރާއްޖޭގެ ފުޓުބޯޅަވެސް ކުރިއަރަމުން އަންނަ ކަމަށެވެ.

 

އަޝްފާގްއާ ބެހޭގޮތުން ޗެތުރީ ބުނީ އޭނާ އަކީ އިދިކޮޅަށް ކުޅުނު އެންމެ މޮޅު އެއް ކުޅުންތެރިޔާ ކަމަށާއި، މުޅި ރީޖަންގައިވެސް އޭނާ އަކީ ފާހަގަކޮށްލެވޭ ކުޅުންތެރިޔެއް ކަމަށެވެ. އެހެންނަމަވެސް އޭނާ ބުނީ ރާއްޖޭ ގައުމީ ޓީމުގެ ފަސް ނަމްބަރު އިބްރާހިމް ފަޒީލް އަކީ އޭނާގެ ފެވަރިޓް ކުޅުންތެރިޔާ ކަމަށާއި، އޭނާގެ ކުޅުން ވަރަށް ކަމުދާ ކަމަށެވެ.

 

އިންޑިއާގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ ޗެތުރީ ވަނީ އެގައުމާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ މިވީތަނަށް ގައުމީ ޓީމަށް ކުޅުނު 93 މެޗުގައި 53 ލަނޑު ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް