24 އޭޕުރިލް 2019 | ބުދަ | 04 ބުރުނު
17 ޝަޢުބާން 1440
ޢިޝާ 19:27
މަޣްރިބް 18:13
އަސްރު 15:21
މެންދުރު 12:08
އިރުއަރާ 05:56
ފަތިސް 04:42

މާލޭ ލީގު

ދަތިތަކާއެކު ނިކުންނަން މިޖެހެނީ މުހިންމު މެޗަކަށް: ސާންތި

  • ބިދޭސީ ކުޅުންތެރިންގެ މައްސަލަ އީގަލްސްއަށް ވަނީ ދިމާވެފަ: ސާންތި
  • ނައްޓޭ އަދި ރިޒޭ އަށް ވެލެންސިއާ މެޗުގައި ކުޅެވޭނެ: ސާންތި
  • ވެލެންސިއާ އަކީ އިދިކޮޅަށް ކުޅެން ފަސޭހަ ޓީމެއް: ސާންތި
ލީވާން އަލީ | MrLeevaan

| 11 އޭޕުރިލް 2017 | އަންގާރަ 18:19 | |

މަގުބޫލް

  1. އެންމެފަހުން ޢަބްދުއްރަޙީމް ވެސް ރައީސް ޔާމީނާ އިދިކޮޅަށް!؟
  2. ލަންކާއިން ގެއްލިގެން ހޯދަމުން ދިޔަ ދެ ދިވެހިން ފެނިއްޖެ
  3. ގޮވާތަކެތި ހުރި ލޮރީއަކާއި ވޭނެއް ކޮޅުނބަށް އެތެރެވެއްޖެ ކަމުގެ އިންޒާރާ އެކު ލަންކާ އެލާޓަށް!
  4. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  5. މަރުތަކުގެ މޯޓިވް ދެނެގަނެވިއްޖެ، އެކަމަކު ދައުވާ ކުރެވޭކަށް ނެތް: ސުއޫދު
  6. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  7. ގޮއްވުންތަކުގެ ކުރިން ތަކުރާރު ކޮށް ޖާސޫސީ އިދާރާތަކުން އިންޒާރު ދިން: ހެލްތް މިނިސްޓަރު
  8. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ


އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) -- ރާއްޖެއެމްވީ

މާލޭ ލީގުގައި ވެލެންސިއާއާ ދެކޮޅަށް އީގަލްސް ނިކުންނަންޖެހެނީ ދަތިތަކާއެކު، މުހިންމު މެޗަކަށް ކަމަށް އެޓީމުގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނެފި އެވެ.

މެޗުގެ ކުރިން އެފްއޭއެމް ހައުސްގައި އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސާންތި ބުނީ މާލޭ ލީގުގައި ކުޅޭ ކޮންމެ މެޗެއްވެސް މުހިންމުވާނެ ކަމަށާއި، އަދި އެއްވެސް މެޗަކީ ފަސޭހަ މެޗެއް ކަމަށްވެސް ބަލައިގެން ނުވާނެ ކަމަށެވެ.

ސާންތި ބުނީ ލީގުގައި އީގަލްސް ކުޅެން މިޖެހެނީ ބޮޑު ބްރޭކަކަށް ފަހު ކަމަށާއި، ބޮޑެތި ދަތިތަކެއް އެޓީމަށް ދިމާވާނެ ކަމަށެވެ. އެގޮތުން އޭނާ ބުނީ ހަވީރު ކުޅެން ޖެހުމަކީ ޓީމަށް ދިމާވާނެ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބިދޭސީ ކުޅުންތެރިންގެ މައްސަލަވެސް އެޓީމަށް ދިމާވެފައިވާ ކަމަށެވެ.

ބިދޭސީ ކުޅުންތެރިންނާ ބެހޭ ގޮތުން ސާންތި ބުނީ މި ސީޒަނުގައި އީގަލްސްއަށް ގެނައި އެއްވެސް ބިދޭސީ ކުޅުންތެރިޔެއްގެ ފަރާތުން މާ ތަފާތު ކުޅުމެއް ފެނިގެންނުދާ ކަމަށާއި، އެގޮތުން ވެލެންސިއާ މެޗުގައި ސުޖަން ފިޔަވާ އިތުރު ބިދޭސީ ކުޅުންތެރިޔަކު ފެނުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

އެހެންނަމަވެސް އަހުމަދު ނާޝިދު (ނައްޓޭ) އަދި ރިޒްވާން ވެލެންސިއާ މެޗުގައި ފެނިގެންދާނެ ކަމަށާއި، އެ ދެ ކުޅުންތެރިން ޓީމާ ގުޅުމަކީ ލިބޭނެ ހިތްހަމަޖެހުމެއް ކަމަށެވެ. އެހެންނަމަވެސް އެ ދެ ކުޅުންތެރިންނަށް 90 މިނެޓު ހަމަނުކުރެވިދާނެ ކަމަށް އޭނާ ވަނީ ބުނެފައެވެ.

މެޗާ ބެހޭ ގޮތުން ސާންތި ބުނީ ވެލެންސިއާއަކީ އިދިކޮޅަށް ކުޅެން ފަސޭހަ ޓީމެއް ކަމަށާއި، އެޓީމު ކުޅެނީ އީގަލްސް ކުޅޭ ސްޓައިލާ ވަރަށް އެއްގޮތް ގޮތަކަށް ކަމަށެވެ.

މާލޭ ލީގުގައި އީގަލްސް މިހާތަނަށް ތިން މެޗު ކުޅެފައިވާއިރު، އެޓީމަށް ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އެގޮތުން ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވިއިރު، އަނެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ. އަދި އެއް މެޗުން އެޓީމު ވަނީ ބަލިވެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަހުމަދު މުހުސިނު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް