22 ސެޕްޓެންބަރ 2018 | ހޮނިހިރު | 02 އަތަ
12 މުޙައްރަމް 1439
އިޝާ 19:15
މަޣްރިބް 18:04
އަސްރު 15:07
މެންދުރު 12:03
އިރުއަރާ 05:54
ފަތިސް 04:43

ޑިކްޓޭޓަރ ފިލްމު

ރާއްޖޭގެ ހާލަތު އެޑްމިރަލް ޖެނެރަލް އަލަދީންގެ ފޮތުން!

  • ދަ ޑިކްޓޭޓަރ ފިލްމުގެ ބައެއް މަންޒަރުތައް މާބޮޑަށް ވެސް ރާއްޖެއާ އެއްގޮތް
  • އަލަދީން ބޭއްވި އޭނާގެ އަމިއްލަ އޮލިމްޕިކްސް ގޭމްސް ފާހަގަކޮށްލެވޭ
  • ރޭސް ކާމިޔާބު ކުރީ އެންމެ 24 ސިކުންތުގެ ތެރޭގަ ބަޑި ޖަހައިގެން
އަޒުމޫން އަހުމަދު | azmoon_ahmed

| 11 އޭޕުރިލް 2017 | އަންގާރަ 18:14 | |

މަގުބޫލް

  1. މުލީއާގެއަށް ބޮޑު ޕިކަޕެއްގައި ގިނަ ފޮށިތަކެއް ދަންވަރު ވައްދައިފި
  2. ޕީޕީއެމްގެ ޖަގަހައެއްގައި އީސީގެ ބައެއް ޑޮކިއުމެންޓްތަކާއި ޓެބްލެޓް ހަވާލުކުރާ ކަމަށް ބުނާ ފޮޓޯތަކެއް އާންމުވެއްޖެ
  3. ހިޔާ ފްލެޓަށް ކުރިމަތިލުމުގެ މުއްދަތު ހަމަނުވަނީސް ފްލެޓް ލިބުނުކަމުގެ ލިޔުން ދޫކުރަން ފަށައިފި!
  4. ބޭރުގެ ނޫސްވެރިންް އަދި އޮބްޒަރވަރުންނަށް ވިސާ ނުދިން!
  5. ބައެއް ފަހަރު އަމިއްލަ ނަފްސު ދެކެ ވެސް ރުޅިއާދޭ: ރައީސް ޔާމީން
  6. ކުޅުދުއްފުއްޓަށް ޓެސްޓް ފްލައިޓް ޖެއްސިއިރު ހަދާ ނިމުނީ ހަމައެކަނި ރަންވޭ
  7. އަލިދީގެ ތާއީދު އިބޫއަށް!
  8. ހަޔާތުގައި އިލްޔާސް އިބޫއާ ބައްދަލުވި ފުރަތަމަ ފަހަރު: އިބޫ އިހްތިޔާރު ކުރެވުނީ ހިކުމަތަކަށް!


ޕްރެޒިޑެންޓް ޕްރައިމް މިނިސްޓަރު އެޑްމިރަލް ޖެނެރަލް ހަފާޒް އަލަދީން -- ގޫގުލް

ހަނދާނަށް އަންނަނީ 2012 ވަނަ އަހަރު ނެރުނު "ދަ ޑިކްޓޭޓަރ" ފިލްމުގެ މަތިންނެވެ. މި ފިލްމުގައި ދައްކުވައިދެނީ "ރިޕަބްލިކް އޮފް ވަދީޔާ" ގައި ވެރިކަން ކުރާ ޕްރެޒިޑެންޓް ޕްރައިމް މިނިސްޓަރު އެޑްމިރަލް ޖެނެރަލް ހަފާޒް އަލަދީންގެ ޚުދުމުޚުތާރު ވެރިކަމެވެ. ދުނިޔޭގެ އެކިކަންކޮޅުތަކުން ބޮޑު މަގުބޫލުކަމެއް ހޯދި މި ކޮމެޑީ ފިލްމުގެ ބައެއް މަންޒަރުތަކުން ރާއްޖޭގެ ޚުދުމުޚުތާރުކަން ސިފަވެގެންދާ ކަހަލަ އެވެ.

 

އެގޮތުން އެޑްމިރަލް ޖެނެރަލް ހަފާޒް އަލަދީން ބޭއްވި އޭނާގެ އަމިއްލަ އޮލިމްޕިކްސް ގޭމްސްއަކީ މި ގޮތުން ފާހަގަކޮށްލެވުނު ބައެކެވެ. ދަ ވިދީޔަން ގޭމްސްގެ ނަމުގައި ބޭއްވި މުބާރާތުގެ 100 މީޓަރުގެ ދުވުން އޭނާ ކާމިޔާބު ކުރީ އެންމެ 57 މީޓަރު ދުވެގެންނެވެ. ފިސްތޯލައެއް ހިފައިގެން ހުރެ، އޭނާއަށް ވުރެ ކުރިއަރައިގެންދާ ކޮންމެ ދުވުންތެރިއެއްގެ ގަޔަށް ބަޑި ޖަހައިގެން، އަދި އެވަރުން ނުވެގެން ރޭސް ނިންމާ ރިބަން ފަށް ވެސް އޭނާއާ ކައިރިއަށް ގެނެސްގެން ރޭސް ކާމިޔާބު ކުރީ އެންމެ 24 ސިކުންތުގެ ތެރޭގަ އެވެ.

މި ފިލްމުގެ މަންޒަރުތައް ފެނިފައި، ރިޕަބްލިކް އޮފް ވަދީޔާއަކީ ހާދަހާ ރާއްޖެއާ އެއްގޮތް ކަންތައްތަކެއްވާ "ޚިޔާލީ ގައުމެކޭ" ހިތަށް އަރަ އެވެ. ފިލްމީ ދުނިޔެއިން ނިކުމެގެން ގޮސް ރާއްޖެއަށް ޖެހިލާނަމެވެ. ރައީސް އަބްދުﷲ ޔާމީނާ ވާދަކޮށްފާނެހެން ކިރިޔާ ހީވާ މީހަކު ހުރިނަމަ އެ މީހަކު ޖަލުގަ އެވެ. ނޫނީ ލިބުނު ހަނި ފުރުސަތެއް ބޭނުންކޮށްގެން ގައުމުން ބޭރަށް ގޮސް އަމިއްލައަށް އަރުވާލެވިގެންނެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖަލުގަ އެވެ. ރައީސް މުހައްމަދު ނަޝީދު ޖަލު ހުކުމެއްގައި އަމިއްލައަށް އަރުވާލެވިގެންނެވެ. ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ޖަލުގަ އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ޖަލުގަ އެވެ. ލިސްޓު އަދި އޮތީ އެވެ.

 

ރައީސް ޔާމީނާއި އެމަނިކުފާނުގެ މަޖިލިސް މެންބަރުން އާންމުކޮށް ވިދާޅުވާ އެއް ވާހަކަފުޅަކީ ކުޅެގެން މޮޅުވާ ވާހަކަ އެވެ. ރައީސް ޔާމީނަކީ މެސީ ކަމަށެވެ. އެމަނިކުފާނު މޮޅުވަނީ ވާދަވެރިން ކައިރިން މޮޅަށް ނައްޓައިގެން، ބާރަށް ދުވެވަޑައިގަންނަވާތީ ކަމަށެވެ. ނަމަވެސް، މިއަދު ފެންނަ މަންޒަރު ބަލާބަލާށެވެ. އިދިކޮޅު ފަރާތްތަކުން ބޯޅަ ހިފައިގެން ދުއްވައިގަތީމާ ދަނޑުގެ ލައިޓްތައް ނިއްވާލަނީ އެވެ. ގޯލް ހިފައިގެން ފިލަނީ އެވެ. އިންތިހާއަށް ޓެކްލްކޮށް، އެވަރުން ނުވެގެން ރެފްރީއަށް މަޖުބޫރު ކުރުވައިގެން ރަތް ކާޑު ވެސް ދައްކުވަނީ އެވެ. ހަމަ ހީވަނީ ޑިކްޓޭޓަރ ފިލްމުގެ މަންޒަރެއް ހެނެވެ. 

 

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އިތުބާރުގެ މައްސަލަ ހުށަހަޅާފައިވަނިކޮށް ފެނިގެން މިދިޔައީ ކުޅިވަރުގެ ގަވާއިދުތައް ބަދަލުކޮށްލި މަންޒަރެވެ. ދަނޑު ބޭރުގައި މެސީ އިނދެގެން، ދަނޑަށް ކުދިންތަކެއް ވައްދައިގެން ވިނަކޮޅު ވެސް ނޮޅާލީ އެވެ. ދަނޑުގެ ލައިޓްތައް ކިހިލި ޖަހާލައިގެން އެއް ބަޔަކު ހަޅޭލަވަލަވާފައި ދިޔައީ އެވެ. އަނެއް ބަޔަކު ކުޅި ބަލަން ތިބި މީހުންގެ ގައިގައި ވެސް ތަޅައިގަނެފި އެވެ. މެޗް ނުކުޅެ ގަވާއިދު ބަދަލުކޮށްލައިގެން މެޗުން މޮޅުވާން މަގުތައް ކޮށައިފި އެވެ.

ގަވާއިދު ބަދަލުކޮށްގެން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު ހިމާޔަތްކޮށްދީފި އެވެ. ބައިއަތު ހިފައިގެން ހުންނެވި ނައިބު ރައީސް ރީކޯ މޫސާ މަނިކު ވެސް ހިމާޔަތް ކޮށްދީފި އެވެ. "ނެތި ހިނގައިދާނެ ކަމަށް ބިރުހީވެފައިވާ ޖަނަވާރުތައް" ހިމާޔަތްކުރާ ފަދައިން  މަޖިލީހުގެ ގަވާއިދަށް ބަދަލު ގެނެސް، ރިޔާސަތުގެ މަގާމު ހިމާޔަތްކޮށްފި އެވެ. 

 

މިދާ ވަރުން ދާނަމަ 2018 ގައި އިންތިޚާބެއް އޮވެދާނެތޯ ވެސް ސުވާލު އުފެދެ އެވެ. އެހެން ނޫނީ އިންތިޚާބެއް ބާއްވައިފިއްޔާ ވޯޓް ލާނީ ރޯލް ކޯލް އުސޫލުން ނޫން ބާވަ އެވެ. ކޮންެމެ ގެއެއްގެ ދޮރުގައި ޓަކި ޖަހާލުމަށް ފަހު ސަރުކާރާއި ސަރުކާރު ކުންފުނިތަކުގެ ވަޒީފާތަކުގައި އުޅޭ އެގެއްގެ މީހުންގެ ނަންތައް ކިޔާލުމަށް ފަހު ވޯޓް ދޭނީ ރައީސް ޔާމީނަށް ދޯއޭ އަހާލާ ގޮތަށް ބަދަލުކޮށް ނުލާނެބާވަ އެވެ.

 

ދަ ޑިކްޓޭޓަރ ފިލްމުގެ ބައެއް މަންޒަރުތައް މާބޮޑަށް ވެސް ރާއްޖެއާ އެއްގޮތެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ:

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް

މޮހޮނު

1 އަހަރު ކުރި

Hajam kobbala. Burijeh vx netlhyyne neyo Dhn dhuvaskolhakun bunee buriju elhumakwe thaggee eh nooneyy. Dhn airport vx hama e gothah. Airport elhumakee vz tharahgee eh nooneko. HurihAA KAMEH VX HAMA EHN HAMA BUNELAA IRAH ISTHIUFAA

0
1