22 ފެބުރުއަރީ 2019 | ހުކުރު | 09 ހިޔަވިހާ
16 ޖުމާދަލްއާޚިރާ 1440
އިޝާ 19:34
މަޣްރިބް 18:22
އަސްރު 15:39
މެންދުރު 12:24
އިރުއަރާ 06:18
ފަތިސް 05:06

ސީރިޔާ ހަނގުރާމަ

ސީރިޔާ ހަނގުރާމައިގެ މިސްރާބު ބަދަލުވަނީތަ؟

  • ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށިފައިވަނީ 2011 ވަނަ އަހަރުގެ މާޗް މަހު
  • އެމެރިކާއިންވަނީ އޭޕްރީލް ހަވަނަ ދުވަހުގެ ފަތިހުން ފެށިގެން ސީރިޔާއަށް މިސައިލް ހަމަލާ ދީފަ
އަބުދުﷲ މުހައްމަދު | 8Abbo

| 11 އޭޕުރިލް 2017 | އަންގާރަ 15:29 | |

މަގުބޫލް

  1. ނިހާން ފުލުހުންގެ ވެހިކަލަކަށް ހުރަސްއަޅާ ވީޑީއޯއެއް އާންމުވެއްޖެ
  2. ރައީސް ޔާމީނުގެ ހާލަތު ޅެން ބައިތަކުން
  3. ޝަމީމާ ބޭގަމް އޭނާގެ ގައުމަށް އެނބުރި ދިއުމަށް އާއިލާއިން ދެކޮޅު ހަދައިފި
  4. ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
  5. ފާއިތުވި މުއްދަތުގެ މުސާރައާއެކު ސިމާދަށް އަލުން ވަޒިފާ ދޭން ހުކުމް ކޮށްފި
  6. ޔާމިން ދޫކޮށްލަން ގޮވާލި މުޒާހަރާ: ފާޑުކިޔުން ރައީސާއި އެމްޑީޕީއަށް
  7. ބޮލަށާއި މެޔަށް ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފި
  8. ޔާމީން އެޑްމިޓް ކުރީ 24 ގަޑިއިރަށް، ފަރުވާ ދެނީ ހިތުގެ ޑިޕާޓްމަންޓުން: އައިޖީއެމްއެޗް


އެމެރިކާއިންވަނީ އޭޕްރީލް ހަވަނަ ދުވަހުގެ ފަތިހުން ފެށިގެން ސީރިޔާއަށް މިސައިލް ހަމަލާދީފަ -- ގޫގުލް

އަރަބި ރަބީއުގެ ކޮޅިގަނޑުގެ ތެރެއިން ސީރިޔާގެ ދާޚިލީ ހަނގުރާމަ ފެށިފައިވަނީ 2011 ވަނަ އަހަރުގެ މާޗް މަހުގެ 15 ވަނަ ދުވަހުއެވެ. މިއަހަރުގެ މާޗް މަހުގެ 15 އަށް ހަ އަހަރު ފުރިގެން ގޮސްފައިވާއިރު ހަނގުރާމަ ނިމިދާނެ ކަމުގެ ކުޑަވެސް ކޮޅުމައްޗެއް ފެންނަމުންނެއް ނުދެއެވެ. ހަނގުރާމަ ދިގުލައިގެން ދިއުމުން އެންމެ ބޮޑު ވޭނެއް ތަހައްމަލް ކުރަން ޖެހިފައިވަނީ ކުށެއްނެތް ޢާއްމުންނަށެވެ. އދ ން އަންދާޒާ ކުރާ ގޮތުގައި ސީރިއާގެ ހަނގުރާމަ ފެށުނު ފަހުން ހަ އަހަރު ތެރޭ އެ ގައުމުގެ ހަތަރު ލައްކައަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ.

އަރަބި ލީގާއި ޔޫރަޕިއަން ޔޫނިއަންއާއި އެމެރިކާއާއި ބޮޑެތި ބާރުތަކާއި އަދި އދއަށްވެސް ކުރެވުނު ކަމަކީ ފިނިކޮޓަރީގައި ތިބެގެން ހަމަލާތައް ކުށްވެރިކުރުމެވެ.

ކެމިކަލް ހަމަލާއަށްފަހު އެމެރިކާ

ސީރިޔާގެ ރައްޔިތުންނަށް 2011 ވަނަ އަހަރުން ފެށިގެން ކޮންމެ ދުވަހަކީވެސް ހަނގުރާމައިގެ ބިރުވެރި ދުވަހެކެވެ.

އދން މަނާކޮށްފައިވާ ކެމިކަލް ހަތިޔާރު ބޭނުންކޮށްގެން ދެވުނު އެތައް ހަމަލާތަކެއްގެ ޝިކާރައަކަށްވެސް އެގައުމުގެ ރައްޔިތުން ވެގެން ގޮސްފައިވެއެވެ. ސީރިޔާގެ ހަނގުރާމައިގެ ތެރޭގައި ހަތިޔާރު ގެންގުޅެމުންދާ އެތައް ޕާޓީތަކެއް އޮތްއިރު ބައެއް ހަމަލާތައް ދެނީ ކޮންބައެއްކަން ނޭނގިވެސް އެތައް ހަމަލާތަކެއް ދެވިފައި އެބަހުއްޓެވެ. އެންމެފަހުން ދެވުނު ހަމަލާއަކީ ކެމިކަލް ހަމަލާއެއްކަން ހާމަވެފައިވާއިރު އެ ހަމަލާ ދިނީ ކޮންބައެއްކަން އަދިވެސް ވަނީ ނޭނގިއެވެ.

އިނގިރޭސިވިލާތުގައި ގާއިމްވެފައިވާ ސީރިއަން އޮބްޒަވޭޓްރީ ފޮރ ހިއުމަން ރައިޓްސްއިން ބުނީ ޙަލަބްގެ ޚާން ޝެއިޚޫންގައި އޭޕްރީލް 4 ވަނަ ދުވަހު ދުވަހު ދިން ކެމިކަލް ހަމަލާގައި 20 ކުޑަކުދިންނާއި، 52 މީހުން މަރުވި ކަމަށެވެ. ސޯޝަލް މީޑިއާގައި ހާމަވެފައިވާ ވީޑިއޯތަކުން ފެންނަނީ އެތައް ބަޔަކު ނޭވާ ހާސްވެގެން މަރަށް ތެޅެމުންދާ މަންޒަރެވެ. ކުޑަކުދިން ތަކެއް ހާމަ މަގުމަތީގައި ހާސްވެގެން މަރުވާތަނެވެ.

މި ހަމަލާއަށްފަހު އަނެއްކާވެސް ދުނިޔޭގެ ސަމާލުކަން ސީރިޔާއަށް އަމާޒުވި ކަމުގެ ނިޝާނެއް ފެނިގެންދިޔަ އެވެ. އދ ގެ ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް ހަމަލާ ދިން ދުވަހުގެ އަނެއް ދުވަހަށް ތާވަލު ކުރެވުނުއެވެ. ހަމަލާދިން ޕައިލެޓުން ހޯދުމަށް އެމެރިކާއާއި ފްރާންސާއި އިނިގިރޭސި ވިލާތުން ގޮވާލިއެވެ. އެކަމަކީ އެ ގައުމުތަކުން އދގެ ސަލާމަތީ މަޖިލީހަށް ހުށަހެޅި ގަރާރުގައިވެސް ހިމަނާފައިވާ ކަންކަމެވެ. ސީރިޔާގެ އެންމެ ބޮޑު މަދަދުގާރު، ރަޝިއާއިން ދެކޮޅު ހަދައިގެން ގަރާރު ފާސްވިޔަސް ނުވިޔަސް އެމެރިކާއިން އޮތީ މިފަހަރު ދޫދޭން ނޫންކަމަށް އެގައުމުން ބުނެއެވެ. އެކަމުގެ ކޮންމެވެސް ވަރެއްގެ ހެއްކެއްވެސް ދައްކައިފިއެވެ. ކެމިކަލް ހަމަލާދިނުމަށް ބޭނުންކުރި ސީރިޔާގެ އަސްކަރީ ބޭސްއަށް އެމެރިކާއިންވަނީ 72 ގަޑިއިރު ނުވަނީސް މިސައިލް ހަމަލާތައް ދީފައެވެ.

ރައީސް ޓްރަމްޕް ވިދާޅުވަނީ ސީރިޔާގެ ހަނގުރާމަ ހުއްޓުވުމަށް އެގައުމުން އަޅާ ފިޔަވަޅުގައި އެހެން ގައުމުތައް ބައިވެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. 

ޓްރަމްޕްވަނީ ހަނގުރާމަ ހުއްޓުވުމުގައި އދ އަށްވެސް ކަމެއް ނުކުރެވުނުކަމަށް ވިދާޅުވެފައެވެ. އަދި އެކަމުގައި ދެން ފިޔަވަޅު އަޅާނީ އެގައުމުންކަމަށް ވިދާޅުވެފައެވެ. މީގެ އިތުރުން ސީރިޔާގެ މައްސަލައިގައި އެމެރިކާގެ ސިޔާސަތު ބަދަލުވެއްޖެ ކަމަށް އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް ރެކް ޓިލާސަން ވިދާޅުވެފައިވާއިރު އެމެރިކާއިން އަސްކަރީ އޮޕަރޭޝަނެއް ހިންގައިގެންވެސް މި ހަނގުރާމަ ހުއްޓުވުމަށް އެތައް ބަޔަކު އެދެ އެވެ. މި ހަނގުރާމަ ހުއްޓުވައިފި ނަމަ ރައީސް ޓްރަމްޕްގެ އެންމެ ބޮޑު އެއް ބޮލުގަ ރިހުމަކަށް ވެފައިވާ ރެފިއުޖީންގެ މައްސަލައަށްވެސް ނިސްބަތުން ބޮޑު ހައްލެއް ލިބިގެންދާނެކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަމުންދާއިރު މިހާރު ސުވާލު އުފެދިފައިވަނީ ސީރިޔާގެ ހަނގުރާމަ ހުއްޓުވޭފަދަ އޮޕަރޭޝަނެއް އެމެރިކާއިން ކުރިއަށް ގެންގޮސްފާނެ ކަމާމެދު އުފެދިފައިވާ ސުވާލެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަޒުމޫން އަހުމަދު

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް