25 އޭޕުރިލް 2019 | ބުރާސްފަތި | 04 ބުރުނު
18 ޝަޢުބާން 1440
ފަތިސް 04:42
އިރުއަރާ 05:55
މެންދުރު 12:08
އަސްރު 15:21
މަޣްރިބް 18:13
ޢިޝާ 19:27

ޕްރިމިއާ ލީގު

ޕްރިމިއާ ލީގު: ކްރިސްޓަލް ޕެލަސް އަތުން ބޮޑު ތަފާތަކުން ބަލިވެ އާސެނަލްގެ އުންމީދުތައް ފެނަށް

  • އާސެނަލް އޮތީ 54 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައި
  • ޕެލަސް އޮތީ 34 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައި
  • މިއީ ޕްރިމިއާ ލީގުގައި ޕެލަސް އަތުން އާސެނަލް ބަލިވި ފުރަތަމަ ފަހަރު
ލީވާން އަލީ | MrLeevaan

| 11 އޭޕުރިލް 2017 | އަންގާރަ 13:20 | |

މަގުބޫލް

  1. ލަންކާ މީހަކު ރިސޯޓެއްގައި ދަންޖެހިގެން މަރުވެއްޖެ
  2. ދުލެއް ނުކުރާނަން- ރައީސް ވެސް ބައިވެރިވެވަޑައިގަންނަވާ!
  3. ލަންކާގެ ބޮމުގެ ހަމަލާތައް: ހަމަލާ ދިން މީހުން އައިސިސްއަށް ބައްޔަތު ހިފާ ވީޑިއޯއެއް އާންމުވެއްޖެ
  4. ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
  5. ކުރީގެ އުއްތަމަ ފަނޑިޔާރު މުހައްމަދު ރަޝީދަށް އިނާޔަތް ދޭން ބިލެއް ހުށަހަޅައިފި
  6. ހަމަލާދިން ނުވަ މީހުންގެ ތެރެއިން އަށް މީހުން ދެނެގަނެވިއްޖެ: ލަންކާ ފުލުހުން
  7. ޖަޕާނުގެ އަސްކަރީ މަނަވަރު ސަމިދާރޭ ރާއްޖޭގައި
  8. މަޖިލީހުގައި ހޫނު ބަހުސެއް: އިލްހާމާއި ލަތީފުގެ ބަހުގެ ހަމަލާ ރައީސަށް


އާސެނަލް ކޮޅަށް ލަނޑު ޖެހުމަށް ފަހު ޕެލަސްއިން އުފާފާޅުކުރަނީ -- ޓްވިޓަރ

ޕްރިމިއާ ލީގުގައި ކްރިސްޓަލް ޕެލަސް އަތުން ބަލިވެ އާސެނަލް އިން ޔުއެފާ ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ކުރަމުން އަންނަ އުންމީދުތަށް ފެނަށް ހިނގައްޖެ އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުން ކްރިސްޓަލް ޕެލަސްއާ ވާދަކޮށް އާސެނަލް ބަލިވީ 0-3 ގެ ނަތީޖާއަކުންނެވެ.

ކްރިސްޓަލް ޕަލަސް ދަނޑުގައި ކުޅުނު މި މެޗުގައި އާސެނަލްގެ ފަރާތުން ބޯޅަ ކޮންޓްރޯލްކޮށްގެން ރީތި ފުޓުބޯޅައެއް ކުޅުނު ނަމަވެސް އެޓީމަށް މެޗުގައި ލީޑު ނެގޭ ގޮތް ވަނީ ނުވެފައެވެ. އެގޮތުން 17 ވަނަ މިނެޓުގައި ކްރިސްޓަލް ޕެލަސްއިން ވަނީ ޓައުންސެންޑްގެ ލަނޑުން މެޗުގެ ލީޑު ނަގާފައެވެ.

މި ލަނޑަށް ފަހު އާސެނަލް އިން އެޓީމުގެ ކުޅުން އިތުރަށް ރަނގަޅު ކުރިތަން ވަނީ ފެނިގެންގޮސްފައެވެ. އެގޮތުން މެސުޓް އޮޒިލް އަދި އެލެކްސަސް ސަންޗޭޒް ވަނީ ޕެލަސްގެ ގޯލަށް ނުރައްކާކޮށްފައެވެ.

މީގެ އިތުރުން ޕެލަސްގެ ޓައުންސެންޑް އަދި ޒާހާ ވަނީ އާސެނަލްގެ ހާފަށް ބާރުބޮޑުކޮށް ހަމަލާތަކެއް އުފައްދަން ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. ފުރަތަމަ ހާފް ނިމުނީ 0-1 ގެ ނަތީޖާއިން އާސެނަލްގެ މައްޗަށް ޕެލަސް ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން އާސެނަލް އިން މޮޅު ކުޅުމެއް ދައްކާފައިވާއިރު، ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ވެސް އެޓީމަށް ވަނީ ލިބިފައެވެ. އެހެންނަމަވެސް އާސެނަލް އިން ރަނގަޅަށް ކުޅެމުންދަނިކޮށް ޕެލަސްގެ ކަބާޔޭ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

ޕެލަސް އިން މެޗުގެ ތިން ވަނަ ލަނޑު ކާމިޔާބުކުރީ 68 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން މިލިވޮޖެވިކް އެވެ.

މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 30 މެޗުން ލިބުނު 54 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ. މެޗުން ބަލިވި ޕެލަސް އޮތީ ކުޅުނު 31 މެޗުން ލިބުނު 34 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 16 ވަނައިގައެވެ. މީގެ އިތުރުން މިއީ ޕްރިމިއާ ލީގުގައި ޕެލަސް އަތުން އާސެނަލް ބަލިވި ފުރަތަމަ ފަހަރުކަން ވެސް ފާހަގަކޮށްލަންޖެހެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2042 އަހަރު ކުރިން | ރިވިއު ކުރީ: އަލީ ޔޫސުފް

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected].mv އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް