25 ސެޕްޓެންބަރ 2018 | އަންގާރަ | 05 އަތަ
15 މުޙައްރަމް 1439
އިޝާ 19:14
މަޣްރިބް 18:03
އަސްރު 15:07
މެންދުރު 12:02
އިރުއަރާ 05:53
ފަތިސް 04:42

ގެލެކްސީ އެސް8

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

  • މި ފޯނު ބާޒާރަށް ނެރޭނީ އަންނަ މަހުގެ 21 ވަނަ ދުވަހު
ރިޒުނާ ޒަރީރު | RiznaZareer

| 11 އޭޕުރިލް 2017 | އަންގާރަ 04:49 | |

މަގުބޫލް

  1. ބްރިޖް އެޅުމުން ވެސް ޔޫތު ސިޓީއިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  2. އެއާޕޯޓް ހުޅުވުމުން ވެސް ކުޅުދުއްފުށިން ރައީސް ޔާމީނަށް ބުނީ ނޫނެކޭ!
  3. ޖަލުގައި ބަންދުގައި ތިބި ފަރާތްތައް ދޫކޮށްލެއްވުމުގެ މަސައްކަތް އިންތިޚާބީ ރައީސް ފައްޓަވައިފި
  4. ބަލި ގަބޫލު ކުރައްވާ ޔާމީން އިބޫއާ ބައްދަލުކުރައްވަނީ
  5. ޝައިޚް އިމްރާންގެ އަނބިކަބަލުންގެ ފޯނު ނަންބަރުން ދައުރުވާ މެސެޖަކީ ގޮތް ނޭނގޭ ބަޔަކު ހިންގާ ޖަރީމާއެއް!
  6. ޝަހީމްގެ އަމިއްލަފުޅު ރަށުން ވެސް ބޮޑު ބައްޔެއް!
  7. އިބޫއަކީ ކޮން ބޭފުޅެއްކަން އެނގޭތަ؟
  8. ޖެނެރަލް ޝިޔާމްގެ ސާބަސް ސިފައިންނަށް!


ސެމްސޮން ގެލެކްސީ އެސް8 ޕްލަސް -- ޓްވިޓަރ

ސްމާޓް ފޯނަށް ލޯބިކުރާ ގިނަ ފަރާތްތަކުގެ މެދުގައި އެންމެ މަޤްބޫލު އެއް ފޯނު ކަމަށްވާ ސެމްސޮން ބްރޭޑްގެ އެންމެ ފަހުގެ އުފެއްދުން، ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ ވެއްޖެއެވެ.

ރިޕޯޓްތައް ބުނާގޮތުން މިފޯނުގެ ޕްރީ އޯޑަރ ވަނީ މިދިޔަ އަހަރު ނެރުނު ގެލެކްސީ އެސް7 އަށްވުރެ ވެސް ރަނގަޅުކޮށްފައެވެ. އަލަށް ތަޢާރަފްކުރާ ދެ މޮޑެލް ކަމަށްވާ އެސް8 އަދި އެސް8 ޕްލަސްގެ ތެރެއިން ގިނަ ބައެއްގެ ޝައުގުވެރިކަން ދަމައިގެންފައިވަނީ އެސް8 ޕްލަސްއަށެވެ.

ސެމްސޮންއިން އެންމެ ފަހުން ބާޒާރަށް ނެރުނު ނޯޓް 7ގެ ބެޓަރި މައްސަލަތަކާއި ކުރިމަތިލާން ޖެހުމުގެ ސަބަބުން ސެމްސޮންގެ ވިޔަފާރި ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.

ކަސްޓަމަރުންގެ އެންމެ ޑިމާންޑް ބޮޑު އެއް ފޯނަކަށް ވެގެންދާނީ ގެލެކްސީ އެސް8 ކަމަށް މިހާރުވެސް ދަނީ ވާހަކަ ދެކެވެމުންނެ އެވެ. ފޯނުގެ ރީތިކަމާއި އެއްވަރަށް ފޯނުގެ ސްކްރީން ބޮޑުވުމަކީ ކަސްޓަމަރުންގެ އެއް ޑިމާންޑެއެވެ. ސެމްސަންގްއާއި ވާދަވެރި އެޕަލް ކުންފުނިން މިއަހަރުގެ ތެރޭގައި ބާޒާރަށް ނެރުމަށް ތައްޔާރުވަމުންދާ އައި 8 ގައި ވެސް ހުންނާނީ އެއް ފީޗާސް ތަކެއް ކަމަށާއި އެސް8 އާއި އައިފޯން 8ގައި މާބޮޑު ތަފާތެއް ނުހުންނާނެ ކަމަށް ވަނީ އަޑު ފެތުރިފައެވެ.

އެސް 8 އާއި އެސް 8 ޕްލަސްގެ ފުރިހަމަ ކަމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނުއިރު ހޯމް ބަޓަން ފޯނުގެ ކުރިމަތިން އުނިކޮށް މި ފޯނުގައި ވަނީ "ހުސްވުމެއް ނެތް" ޑިސްޕްލޭ އެކުލަވާލާފައެވެ.

މި ދެފޯނުވެސް ވަނީ އަރިމަތިން ކާވްކޮށްފައެވެ. އެންމެ ފަހަކަށް ނެރުނު އެސް ސީރީސްގެ އެސް7 އަށްވުރެ އެސް 8 ކުޑައެވެ. ސެމްސަންގ އިން ވަނީ އެސް8 ގައި އެޕަލް އިން ތައާރަފްކުރި ވާޗުއަލް އެސިސްޓެންޓު "ސިރީ" އާއި ވައްތަރު ވާޗުއަލް އެސިސްޓެންޓެއް "ބިކްސްބީ" ގެ ނަމުގައި ތައާރަފްކޮށްފައެވެ.

"ބިކްސްބީ" އިން ފޯނު ބޭނުންކުރާ ފަރާތް ފޯނު ބޭނުންކުރާ ގޮތުން އޭނާގެ ގޮތް ދަނެގަނެއެވެ. އެގޮތުން އޭނާ އަށް ކަމުދާ މިއުސިކާއި އޭނާ ވާހަކަ ދައްކާ ގޮތް ކުޑަދުވަސްކޮޅެއްގެ ތެރޭގައި ދަނެގަނެއެވެ.

ކެމެރާއަށް ބަލާއިރު ސެމްސަންގ އިން ބުނަނީ މިފަހަރުގެ ކެމެރާ އެސް 7 އަށް ވުރެ މޮޅުވާނެ ކަމަށެވެ. 12 މެގަޕިކްސަލް މިފަހަރުގެ ކެމެރާގައިވެސް ހުންނައިރު ރޭގަނޑުގެ ވަގުތުގައި ނަގާ ފޮޓޯ ތަކާއި "މޯޝަން" ފޮޓޯތައް މާރީއްޗަށް ނެގޭނެ ކަމަށް ސެމްސަންގް އިން ބުނެއެވެއެސް8 އާއި އެއްކޮށް ސެމްސަންގުން ވަނީ 360 ކެމެރާއަކާއި ވީއާރް ސެޓަކާއި ރައުޓާއެއް ވެސް ތައާރަފްކޮށްފަ އެވެ.

މީގެ އިތުރުން އެސް8 ކޮމްޕިއުޓަރެއްގެ ގޮތުގައިވެސް ބޭނުން ކުރެވޭނެއެވެ. ސެމްސަންގް ޑެސްކްޓޮޕް އެކްސޕީރިއަންސް (ޑެކްސް) ޑޮކްގައި ފޯނު ބޭއްވުމުން ފޯނު މޮނިޓަރާ ގުޅާލެވި ޑެކްސްޓޮޕް ޕީސީއެއްގެ ގޮތުގައި ބޭނުންކުރެވޭނެ އެވެއެ ޑޮކަށް ޔޫއެސްބީ ކީބޯޑާއި މައުސް ގުޅޭނެ އެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު ބާޒާރަށް ނެރޭ އެސް8 ވިއްކަނީ 720 ޑޮލަރަށެވެ. އެސް8 ޕްލަސްގެ ފެށޭ އަގަކީ 840 ޑޮލަރެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2041 އަހަރު ކުރިން | ރިވިއު ކުރީ: ހުސައިން ފިޔާޒު މޫސާ

ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.


އެންމެ ފަހުގެ


މި ލިޔުން ކިޔާލުމުން


އަންތަރީސް ވެއްޖެ

އުފާ ވެއްޖެ

ދެރަ ވެއްޖެ

ރުޅި ގަދަ ވެއްޖެ

މޮޔަވެއްޖެ

ދެން އަތްޖަހާ


ކޮމެންޓް